އޮނަރަރީ ކޮންސުލްގެ މަގާމަށް ރަޝިޔާއިން ރާއްޖެއަށް ކަނޑައެޅި ދިވެހި ވިޔަފާރިވެރިޔާ ޢަލީ ފައުޒީ އަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މަގާމުގެ ލިޔުން ހަވާލު ކުރައްވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
18 ޖުލައި 2023 - 12:46
ރަޝިޔާ އިން ރާއްޖެ އަށް ކަނޑައެޅި އޮނަރަރީ ކޮންސުލްގެ މަގާމަށް، ދިވެހި ވިޔަފާރިވެރިއެއް ކަމަށްވާ އަލީ ފައުޒީ ހަމަޖައްސައިފި އެވެ.
ފައުޒީއަކީ ކޮންސްޓްރަކްޝަން ދާއިރާގެ ވިޔަފާރި ކުރާ ސްޓީލް ހާރޑްވެއާގެ މެނޭޖިން ޑިރެކްޓަރެވެ.
ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އަލީ ފައުޒީ އަށް މަގާމު ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
އެ ރަސްމިއްޔާތުގައި ޝާހިދު ވަނީ ފައުޒީ އަށް މަރުޙަބާ ވިދާޅުވެފަ އެވެ. ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ މަޝްވަރާތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
I am delighted to present the exequatur to Mr. Ali Fauzy (@fauzy3693) newly appointed Honorary Consul of Russia to the Maldives today.
— Abdulla Shahid (@abdulla_shahid) July 17, 2023
I am confident that his appointment will contribute to strengthen economic, cultural and commercial ties between the Maldives and Russia. 🇲🇻 🤝… pic.twitter.com/xsvniP1xtV
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮޒްކޯ
18 July 2023
އަހަރެން ހީކުރީ ތިޔަ މަޤާމަށް އައްޔަންކުރާނީ ގއ.ދެއްވަދޫ އަބުގަސްދޮށުގޭ އަޝްޙަދު ސައީދުކަމަށް..ސަބަބަކީ އޭނާޔާ ރަޝިޔާ ސަރުކާރާ ދިވެހި ފޮރިން ސާވިސްއާއި ވާހަކަދެއްކި ކަމަށް އޭނާ ބުނާތީވެ.އަދި އިރުމަތީ ޔޫރަޕުން ޑިޕޮލޮމަސީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށްވާތީއާއި ވިޔާފާރީގަ ރަނގަޅު ހިސާބެއްގައި ފައިތިލަ ސާބިތުކޮށްފައިވާ ފަރާތަކަށްވާތީއާއި ރަޝިޔާގެ ވ ގިނަ ރައްޔިތުންނަށް މިހާރުވެސް މިގައުމުގައި ކަންކަން ފަހިކޮށް ފަސޭހަކޮށްދެމުން ދާތީވެ.
އަބުދުބެއްޔާ
18 July 2023
ހުނ ތަނެއްދޮރެއް ނޭގުނަސް ކޮމެންޓެއްކޮށް ލެވޭތޯ ބަލާތި، ބަލަގަ އެއީ ޕުޓިން ދީގެން އުޅޭ އެއްޗެކޭ.
ވަޖީ
18 July 2023
ކ މާލޭ ބޭޅެއް ދެއްތޮ އަނެްކާވެސް؟
2023ަ
18 July 2023
2023 ގެ ދިވަަހިރާއްޖޭގެ ނައިބުރައީސް 'މިއަދުގެ ފޮރިން މިސްޓަރ
ލުލު
18 July 2023
ހުސްމާލޭމީހުން ދޯ
ޙުޅުދޫ ޒުހުރީ
18 July 2023
ސ.ހުޅުދޫ ބޭފުޅަށް
ދުނިޔޭގެ ވެރި ޝާހިދު
18 July 2023
ހުރިހާ ޤައުމަކަށް އެމްބެސެޑަރުންނަށް މުޤައްދަސް ރަށްކޮޅުގެ މީހުން ކަޑައަޅާފައި ރާއްޖެތެރޭ މީހަކަށްވީމާ މިދެނީ ދެވަނަ ދަރަޖައިގެ މަޤާމެއްދޯ
ގަމާރުޒް
18 July 2023
މިއީ ދިވެހި ސަރުކާރުން ހަވާލުކުރާ އެެމްބެސެޑަރު ކަމެއް ނޫނޭ! މިއީ ދިވެއްސަކަށް ރަޝިޔާއިން ހަވާލުކުރާ ކޮންސަލްއޭ! ޝާހިދުހަމަ އެކަނި ފަތްކޮޅު އަރުވަނީ!