އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ޔާމީނަށް އަރުވަން މިދިޔަ އޮގަސްޓް މަހު ބޭއްވި ޖަލްސާގައި، އެ މަނިކުފާނު ހަވާލުކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު
19 ޖުލައި 2023 - 16:23
ރިޔާސީ އިންތިހާބަށް އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެ ފުރުސަތު ދެއްވުމަށް ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނެރުމަށް ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން ވަނީ އެއްބަސްވެފަ އެވެ.
އެ މަޝްވަރާތަކަށް ފަހު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެ ތިން ޕާޓީން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެފައިވާ ކަމަށެވެ. ދެން އޮތީ އެ މަޝްވަރާ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމްގެ އިތުރުން އެމްއާރުއެމްއާ ކުރުން ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ.
އޭގެ ފަހުން، ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނުގައި ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަދަލުކުރުމަށް ޕާޓީތަކުން ގުޅިގެން ކުރާ މަސައްކަތަށް އެ ޕާޓީން މަރުހަބާ ކިޔައި ޝުކުރު އަދާކުރުމަށެވެ. ނަމަވެސް، އެކަން ހާސިލްކުރުމަށް އިދިކޮޅުގެ ކޮމަން ކެންޑިޑޭޓަކީ ޔާމީން ކަމަށް ހަމަޖައްސައިދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް އެއް ކެނޑިޑޭޓަކު ނެރެން ޖޭޕީ އާއި ޑިމޮކްރެޓްސް އަދި އެމްއެންޕީން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު ނަޝީދު (ވ)، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހިމް (މ) އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް (ކ).-- ފޮޓޯ: ނިޝާން އަލީ | މިހާރު
"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ނިންމާފައިވަނީ ޖުލައި 31، 2022 ވަނަ ދުވަހު ޕީޕީއެމް އަދި ޕީއެންސީ ސެނެޓްގެ އިއްތިފާގުންނެވެ. އަދި އެ މަނިކުފާނަަށް މި ކޯލިޝަންގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ އޮގަސްޓް 19، 2022 ވީ ހުކުރު ދުވަހުގެ ރޭ ކާނިވަލްގައި ބޭއްވި ޖަލްސާއެއްގަ އެވެ." އެ ކޯލިޝަންގެ ބަޔާނުގައި ބުންޏެވެ.
ޕީޕީއެމްގެ ކެންޑިޑޭޓަކީ ޔާމީން ކަމަށް ހަމަޖެއްސިއަސް، އެ މަނިކުފާނަށް އިއްވާފައިވާނީ މަނީ ލޯންޑަރިންނާއި ރިޝްވަތު ހިފުމުގެ ހުކުމާއި ގުޅިގެން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ފަސް ވަނަ ދުވަހަށް ހަމަވާއިރު، އޭގެ ކުރިން ޔާމީންގެ އިސްތިއުނާފު މައްސަލަ ނިންމޭނެ ކަމާ މެދު ވަނީ ވަރަށް ބޮޑަށް ސުވާލު އުފެދިފަ އެވެ. އެހެންވެއްޖެ ނަމަ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތެއް އުނިވެ ޔާމީނަށް އިންތިހާބުން ފުރުސަތު ގެއްލޭނެ އެވެ.
އެ ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އެ ކޯލިޝަނުން މާލެ އާއި ރަށްރަށުގައި ބާރަށް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްޕޕއމ
20 July 2023
#ނަރީޝް އަދުރޭ 2023 #ނަރީޝް އަދުރޭ 2023 #ނަރީޝް އަދުރޭ 2023
ކަރާސީނު
20 July 2023
ނިންމާނެ ގޮތަކާއި، ކަނޑައަޅާނެ ކެންޑިޑޭޓެއް އެނގޭނީ ތިޔަ "ރައީސުންނަށް". ޔާމީނުގެ ދައުރުގައި ޖަލުގައި ތާށިނުވާ ސިޔާސީ ލީޑަރެއް (އާއިލާގެ މެންބަރުންވެސް ހިމެނޭގޮތަށް) މި ރާއްޖޭގައި ނޫޅޭނެ. މި 3 ވެރިންވެސް ހިމެނޭ ލިސްޓެއް މި ދެންނެވީ.
ޓިކެޓު
20 July 2023
ޔާމީނު ނޫން މީހެއް ނެތީތަ؟ ޙުކުމެއް ތަންފީޛުކުރާ މީހެއް. ސަލާމަތްވާނެ އިރެއްވެސް ނޭނގެ. ޔާމީނު ޖަލުގަ އޮތުމަކީ އެތައް ބައެއްގެ ދުޢާ. އެއަނިޔާވެރިޔާ އެހެން މީހުންނަށް ދިން އަނިޔާގެ ބަދަލު ދުނިޔެމަތިންވެސް ދައްކަވާށި.
އަދުރެެ
20 July 2023
އާމީން
މޫސާކުއްދާ
20 July 2023
ތިނޫން ލަވައެއްޖަހައިގެން މެނުވީ ނަށާލާނެ ބަޔަކު ވާނެހެނެއް ހިއެއްނުވޭ! ތިލަވަ މަތިން ޕީޕީ ކުދިން މުޅިން ފޫހިވެއްޖެ.
ޚަދީޖާ އަޙްމަދު
20 July 2023
ޕީޕީއެމްގެ އިސް ބައެއް މީހުން ބޭނުން ވަނީ އިބޫ ވެރިކަމަަށް ގެނެސް ޔާމީނު ޖަލުގައި ބާއްވައިގެން ލިބޭ ސިންޕަތީ ވޯޓުން 2024 ގައި މަޖްލިހަށް ވަންނަން . ސަރުކާރުގެ މިނިސްޓަރު ކަން ލިބުމަށް ވުރެ މަޖްލިސް މެމްބަރުކަން މާ ރަނގަޅު ކަމަަށް ޕީޕީ އެމް ގެ އިސް ބައެއް މީހުން ދެކޭ. އެ ވިސްނުމާ ތަފާތު މީހަކަަށް ހުރީ މުއިއްޒު އެކަނި. މުއިއްޒުގެ ވިސްނުން ހުރީ ޕީޕީއެމްގެ ސަރުކާރެއް ގެނެސް ސަރުކާރު ހިންގުމުގެ ތެރެއަށް އައުމަށް.
އަސްލު މަގުސަދު އޮލިއްޖޭ
20 July 2023
އެކަމަކުވާ. މިހާރު އެބަ ހިތަށް އަރާ އަސްލު ޕީޕީއެމްގެ އިސް ސަފުން ޔާމީނު މިނިވާން ކުރަން ބޭނުން އަސްލު ނުވަނީބާއޭ. އެބަ އިފޭ ސޯލިހު ހަމަ ހިލާ ޔާމިނު މިނިވަން ވިޔަކަ ނުދޭނެކަން. ދެން ކޮބާ ޓައިމް ވޭސްޓު ކުރުމުގެ ބޭނުމަކީ؟ ސޯލިހު ބަލިކުރެވުނު ގޮތަކަށް ވޯޓުން ބަލިކޮއްގެން ޔާމިނު މިނިވަން ކުރެވޭނީ. އެހެންނޫނި އަނެއް 5 އަހަރު ވެސް ޖަލުގައި
މިއޮތީ
20 July 2023
ރައްޔިތު އެންމެންގެ ފައިސާ އަމިއްލަ އެކައުންޓަށް ކަހާލި މީހަކު ދެވަނަ ފަހަރަށްވެސް ވެރިކަމަށް ގެނެސް އެ ފުރުޞަތު އަލުން އޭނާއަށް ދިނުން ބުއްދިވެރިހެއްޔެވެ؟؟ އަލުން ހަމަ އެ އަނިޔާވެރި ވެރިކަމަށް ޖާގަ ދޭންވީހެއްޔެވެ؟؟ ވޯޓުލުމުގެ ކުރިން މިކަންކަމާމެދު ވިސްނާލުން ރަނގަޅެވެ
ފުޅު ބޭ
19 July 2023
އެބަ ވިސްނޭހެން ހީވޭ! އެއީ މުނާފިގު ޓީވީ ކުލަ އަމިއްލަ ކުލަ ހަޑިވެގެން އޯރެންޖު ކުލަ ބޭނުން ކުރަން ފެށުމަކީ ޤައިދީ އަށް އެ އޮންނަ ލޯއްބާއި ދުރުވުން ކަމަށް މުޖައްރިބު
ކަމަނ
19 July 2023
ޔާމީނު އޮތީ ޖަލުގައި އިރާދަކުރެއްވިއްޔާ މިނިވަން ނުވާނެ ޔާމީންކުރި ވައްކަންތަކާއި މީހުންނަށް ނުޙައްޤުންދިން އަނިޔާތަކުގެ ޙައްޤު ޖަޒާ އޭނަޔަށް ލިބެންޖެހޭނެ.
އިއްޒަތު
19 July 2023
ޤާސިމް ނަޝީދު ނާޒިމް މިތާގަނެތް މިހާރު ވިކޭނެ އެކަކުވެސް ރައްޔިތުން އެދޭބަދަލް ރައްޔިތުންގެންނާނީ ވިސްނުންތެރިކަމާއިއެކު. ގޮތްނިންމާނީ ރައްޔިރުން. ޔާމީނަށް ކުރިމަތި ލެވުނަސް ޔާމީން މިޤައުމުގެ ވެރިކަމަކަށް ގެންނަން ތާއީދެއް ނުލިބޭނެ.