19 ޖުލައި 2023 - 21:47
ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހަފީޒްގެ އެކްސިޑެންޓާ ގުޅިގެން ހައްޔަރު ކުރި މީހާ އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހަފީޒް އެކްސިޑެންޓުވީ އޭނާ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގު ހުރަސް ކުރައްވަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އެވެ.
ސައިކަލު ދުއްވަން އިނީ އުމުރުން 22 އަހަރުގެ ޝަމްއާން އަބްދުއްޝަކޫރެވެ. ހަފީޒްގެ ހާލު ސީރިޔަސްވެ ފުރާނަ އަށް ނުރައްކާވެފައިވާ އިރު އޭނާ ހައްޔަރު ނުކޮށް ދޫކޮށްލާފައި ހުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރު ކުރުމަށް ފަހު މައްސަލަ ތަހުގީގު ކުރަން ފަށައިފަ އެވެ.
އޭނާ ފުރަތަމަ ފަހަރަށް ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ކޯޓުގައި ބުނީ ސައިކަލު އަންނަ ތަން ފެނިގެން ހަފީޒް "ޕެނިކް ވެގެން ސައިކަލާ ދިމާލަށް ދުއްވައިގަތީ" ކަމަށެވެ.
އެހެން ނަމަވެސް ކޯޓުން އެފަހަރު ވެސް ނިންމާފައި ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށެވެ.
ހަފީޒަށް މިހާރު އަންނަނީ އިންޑިއާގައި ފަރުވާ ދެމުންނެވެ. އެންމެ ފަހުން އޭނާގެ އާއިލާ އިން މައުލޫމާތު ދިން ގޮތުގައި އޭނާގެ ދެ ސާޖަރީ އަކަށް ފަހު މިހާރު ވެންޓިލޭޓަރުން ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖެރީ2
20 July 2023
ތީ އާދައިގެ މީހެއްނަމަ އެ ފަކީރު ބަންދު ނުވެސް ކުރާނެ. ތަހުގީގެއްވެސް ނުކުރާނެ. އެކްސިޑެންޓް ވޭ އެނޫންވެސް. ދުވަހަކުވެސް މީހަކު ހައްޔަރެއް ނުކުރޭ
ބަބba
19 July 2023
ދެން ދޫކޮށް. ތިޔަ ނިމުނީ ތިކަން
ގެދާށޯމޮސް
19 July 2023
ވޯޓްލަންދެން ބައްދުޖަހާ ސަރުކާރު ތަޙްގީގު ބާއްވާފަ މިފަހަރު އޮތީ ޗުއްޓީ ގައި ކެމްޕެއިނުގައެވެ.
48343
19 July 2023
15 ދުވަސްފަހުން ދެން ތިސޮރުގެ ހަބަރެއްނުވާނެ. އެއަށްފަހު ދެން ހަބަރެއްވާނީ ތަނަކަށް އުރިގެން ނޫނީ އަނެއްކާ މީހަކު ބިންތިރިކޮށްލައިގެން.