އަލިފާނުގެ ހާދިސާގައި ހިތަދޫގެ ގެއަކަށް ގެއްލުން ލިބިފައި.-- ފޮޓޯ: އެމްއެންޑީއެފް
24 ޖުލައި 2023 - 09:19
ސ. ހިތަދޫގެ ގެއެއްގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އެ ހާދިސާގައި އަނިޔާވީ އެ ގޭގައި ދިރިއުޅުނު ފިރިހެނަކަށް ކަމަށެވެ. އެ މީހާގެ އަތާއި ފައި ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށް ސިފައިން ބުންޏެވެ.
އެ އަލިފާނުގެ ހާދިސާ ހިނގީ، ހިތަދޫ ކުޅިބަލާބޭގޭގަ އެވެ. އެ ހާދިސާގައި ގެ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ގޭތެރޭގައި ހިފައި ގެންގުޅޭ ވަރަށް ގިނަ އެއްޗެހި ވަނީ އަނދައިގެން ގޮސްފަ އެވެ.
އަލިފާނުގެ ހާދިސާގައި ހިތަދޫގެ ގެއަކަށް ގެއްލުން ލިބިފައި.-- ފޮޓޯ: އެމްއެންޑީއެފް
ސިފައިން ބުނީ އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވާލީ ހިތަދޫ ފަޔަ ސްޓޭޝަންގެ ފަޔާމަނުން ކުރި މަސައްކަތުން ދޮޅު ގަޑިއިރެއްހާއިރުގެ ތެރޭގައި ކަމަށެވެ.
އެ ގޭގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސްޕިސް
24 July 2023
ދޮޅު ގަޑިއިރުން ތިވަރުގެ ކުޑަ ތަންކޮޅެއް ތިޔަ ނިއްވާލެވުނީ ސާބަސް