ސަލާހުއްދީން ސްކޫލު.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
24 ޖުލައި 2023 - 11:08
ހުޅުމާލެ 2 ގައި އިމާރާތްކުރާ ބޮޑު ސްކޫލް، ސޮލާހުއްދީން ދިރާސީ އާ އަހަރާ އެކު އަންނަ މަހު ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރޭ ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި އިމާރާތްކުރާ ތިން ސްކޫލް ހުޅުވޭނީ އަންނަ މަހުގެ ހައެއްގައި ފަށާ ދިރާސީ އާ އަހަރުގެ ފުރަތަމަ ޓާމްގެ ތެރޭގައި ކަމަށެވެ.
ނަމަވެސް، ސޮލާހުއްދީން ސްކޫލުން ޖާގަ ދިން ކުދިންގެ ބެލެނިވެރިންނާ އެކު ރެހެންދި ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދިރާސީ އާ އަހަރު ފަށާ ފުރަތަމަ ދުވަހު ސްކޫލް ހުޅުވައި 44 ކްލާސް ރޫމުގައި އެއް ދަންފަޅި އަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ.
ޞަލާޙުއްދީން ސްކޫލުން ޖާގަ ދެވިފައިވާ ދަރިވަރުންގެ ބެލެނިވެރީންނާ މިނިސްޓަރ @aisthly ބައްދަލުކުރެއްވުން. މި ބައްދަލުކުރެއްވުމުގައި އެ ސްކޫލް ހުޅުވުމަށް ވަމުން ގެންދާ ތައްޔާރީތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެއްވި. (1/2) pic.twitter.com/33vCViwsCp
— Ministry of Education (@MoEdumv) July 23, 2023
އެކަމަކު، ސްކޫލު ހުޅުވާއިރު ވެސް ފިނިޝިންގެ މަސައްކަތް ކުރަން ހުއްޓަސް، އެ ބައި ކުރިއަށް ގެންދާނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ކުދިންގެ ކިޔެވުން ނިންމުމުން، މެންދުރު ދަންފަޅީގަ އެވެ.
ސޮލާހުއްދީނުން ޖާގަ ހޯދަން 1،600 ދަރިވަރުން އެދުނެވެ. އެކަމަކު، އެ ތަނުން ޖާގަ ދީފައިވަނީ 1،200 ކުދިންނަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ފަސޭހަކަމާއެކު އެ ސްކޫލްގައި ކިޔެވޭނެ އެވެ. އެހެން ހުރިހާ ސްކޫލަކުން ލިބެން ހުންނަ ހިދުމަތްތައް ވެސް ސޮލާހުއްދީނުން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލާހުއްދީން ސްކޫލް އިމާރާތް ކުރަން 2021 ވަނަ އަހަރު އަމިން ކޮންސްޓްރަކްޝަނާ ހަވާލުކުރީ، މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ނިންމާ ގޮތަށް 118 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، އެކި ސަބަބުތަކާ ހެދި މަސައްކަތް ނުނިމި ލަސްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
25 July 2023
2 ހަފްތާއިން ތިތަން ނިމޭނެކަމަކަށް ނުބެލެވޭ، 5 އަހަރުން ސްކޫލެއް ނޭޅުނު، މަގެއް ނެހެދުނު، ބްރިޖެއް ނުނިންމުނު، މިހާ ސްލޯ ބަޔަކު އިތުުރު ދައުރަކަށް ކުރިމަތިލާތީވެސް ލަދުގަނޭ
ބެލެނިވެރި
24 July 2023
ދެން ތިތަންވެސް ނަގާ ކޮޅަށް ޖަހަންވީ ބެލެނިވެރިން ފެލައިގެން
ކައުންސެލަރު
24 July 2023
ޓިނު އިސްކޫލުއަޅަން މިލިއަނުން ހަރަދުކުރި. މިފަހަރު ކިހާވަރެއްބާ؟
މާލެ-ހުޅުމާލެ އަށް އިތުރު ބްރިޖެއް ބޭނުންވާނެ
24 July 2023
ބެލެވޭ ގޮތުގައި ވަރަށް އަވަހަށް ހުޅުމާލެ ވެސް ތޮއްޖެހޭނެ އެވެ. އެހެންކަމުން މާލެ- ހުޅުމާލެ އަށް އަދި އިތުރު ބްރިޖެއް އަޅަންޖެހޭނެ އެވެ.
ޝާމިން ޢަލީ
24 July 2023
ވަރަށް ރަނގަޅު ތަނެއްގަ ސްކޫލް އަޅާފަ ތިޔަހުރީ އިނގޭތޯ.
ޛާން
24 July 2023
ފޭސް 2 ގައި ކުރިޔަށްގެންދަން ހަވާލުކޮށްފައިވާ އެއްވެސް ޕްރެޖެކްޓެއް ކަނޑައެޅިފައިވާ މުއްދަރުގައި ނުނިންމޭ. ކާކު މިކަމުގެ ޒިންމާ ނަގަނީ؟ ޢާބަންކޯ އަށް ޒިންމާ އަދާ ނުކުރެވޭ. ފޭސް 2 ގައި އަޅަން އެސްޖޭ ކުންފުންޏަށް ދިން މިސްކުތް އެއްވެސް މަސައްކަތެއް ނުކޮށް އޮންނަތާ އެތައްމަހެއްވެއްޖެ. 1 އަހަރުވެއްޖެ ހަވާލުކުރުތާ އަދި 10 % ވެސް ނުނިމޭ. ޢާބަންކޯއިން ކޮން ފިޔަވަޅުެއްބާ އަޅަނީ؟
މަނިކު
24 July 2023
ކޮވިޑްގެ ޕެންޑެމިކް އާއި ގުޅިގެން 2020 އަދި 2021 ވަނަ އަހަރުގެ ހުރިހާ ޕްރޮޖެކްޓެއް ގެ މަސައްކަތް ލަސްވާން ދިމާވި އެނމެ ބޮޑު ސަބަބަކީ ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން. ނަމަވެސް މި ދަތިތަކާއެކުވެސް ރާއްޖޭގެ ކުންފުނިތަކުން ޕްރޮޖެކްޓްތައް ނިންމަން ކުރަމުންގެންދާ މަސައްކަތަށް އަޅުގަނޑުމެން ޝުކުރުވެރި ވާންވާނެ.
ތެޅިފޮޅޭ
24 July 2023
އޮފީސް އިމާރާތެއްހެން ވަށައިގެން ތިރިންމައްޗަށް ބިއްލޫރިޖަހާފަތިޔަހުރީ އަނެއްކާ މިޒަމާނުގައި މިއުޅޭ ހަލަނި މިޒާޖުގެ ދަރިވަރުންނަށް ރައްކާތެރިގޮތެއްބާ؟
ޢައިޝާ5
24 July 2023
މަވެސްހަމަ ތިހެން ހިތައް އެރި
ބޮޅު
24 July 2023
2 ހަފްތާތެރޭތިޔަސްކޫލްނިމޭނެގޮތެއްނެތް މަގުމަތިންދަމުން ބަލާލިއަސްމިނިސްޓަރަށްވެސްރަގަޅަށްްއެނގޭނެއެވަރު
އެޑަމް ބެ
24 July 2023
ކޮބާ އާ ސްކޫކް އައް ބާސްކެޓް އެކެޑެމީ ތަކުން ނުވަދޭތޯ ވިޔަފާރި ފަސަން