ވިޔަފާރި / އެމްޓީސީސީ

ފެރީ ސަބްސިޑީ ކަނޑާލުމުން އެމްޓީސީސީގެ ފައިދާ ދަށްވެއްޖެ

ހުޅުމާލެ ފެރީ ޓާމިނަލް: އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށް.--މިހާރު ފޮޓޯ

ސަރުކާރުން އެމްޓީސީސީ އަށް ދެމުން އައި ފެރީ ސަބްސިޑީ މާޗް މަހުން ފެށިގެން ކަނޑާލުމުން އެ ކުންފުނީގެ މިދިޔަ އަހަރުގެ ސާފު ފައިދާ ދަށްވެއްޖެ އެވެ.

މާލެ ސަރަހައްދުގައި ފެރީގެ ހިދުމަތް ދެމުން އަންނަ ކުންފުނިން ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން މިިދިޔަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް 32 މިލިއަން ރުފިޔާ ވަނީ ގެއްލުންވެފަ ކަމަށެވެ. އެ ކުންފުންޏަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ ގާތްގަނޑަކަށް 104 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީއަށް 2015 ވަނަ އަހަރު ލިބިފައި ވަނީ 156.3 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ 30 ޕަސެންޓް އިތުރުވެ ސާފު ފައިދާ އޭގެ ކުރީ ކުއާޓަރަށް ވުރެ 114 ޕަސެންޓް ވަނީ އިތުރުވެފަ ކަމަށެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސާފު ފައިދާގެ ގޮތުގައި 31.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ކުރީ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 12.2 މިލިއަން ރުފިޔާ އެވެ.

5 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 14%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބްރާހީމް

01 February 2017

ގެއްލުންވެގެން އުޅެނީ ސަބްސިޑީ ކަނޑާލައިގެނެއްނޫން. ގެއްލުންވަނީ ކުނުފުނި ސިޔާސީވެ ނުކަތާވަރަށް މުވައްޒަފުންލައްވައި ޚަރަދުބޮޑުވީމަ. ކުންފުނި ސިޔާސީވުމުން ދުރުހެލިވި ވަރަކަށް ފައިދާ ބޮޑުވާނެ.

The name is already taken The name is available. Register?

ކޮންޒަރވޭޓިވްސް

31 January 2017

އެމްޓީސީސީ އަށް މިއަހަރު ފެރީގެ ޓިކެޓްގެ ސަބްސިޑީ ސަރުކާރުން ކަނޑާލުމުން މިއަހަރު 32 މިލިއަން ރުފިޔާ ގެއްލުން ވިނަމަވެސް ދެން މިއަދަދު ދާނީ ދުވަހުން ދުވަހަށް މަތިވަމުންނެވެ. ކަން މިހެން ހުރުމުން ސަރުކާރުން ޖެހޭނެ މިކަމަށް ޓަކައި ވަކި ސްޓްރެޓެޖީއެއް އެކުލަވާލާ ސަރުކާރުގެ ބޮޑެތި ކޮންޓްރެކްޓްސް ތަކުގެ ތެރޭގައި ހިމެނޭ ކޮންސްޓްރަކްޝަން ހުރިހާ ކޮންޓްރެކްޓްސް ތަކާއި އަދި ބަނދަރު ހެދުމާއި ތޮށި ލުމާއި އަދި ބިން ހިއްކުމުގެ މަސައްކަތް ތަކާއި އަދި ޑޮމެސްޓިކް އެއާރޕޯރޓްސް ތައް ހެދުމުގެ މަސައްކަތް ދޭން ޖެހޭނީ އެމްޓީސީސި އަށް ކަމަށް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމާ އެފަދަ ލައިސަންސް އެއް އެމްޓީސީސީ އާއި ހަވާލު ކުރަން. އެއިރުން އެލައިސަންސް ބޭނުން ކޮށްގެން ބޭންކްސް ތަކުން އެމްޓީސީސީ އަށް ލޯން ވެސް ލިބޭނެއެވެ. މިކަން ކުރަންވީ ކެރިގެން ސަރުކާރުން ނިކުމެ،

The name is already taken The name is available. Register?

ވަލީމާ

01 February 2017

ސަރުކާރަށް ލަފާދެއްވާ ކޮންސަލްޓެންޓެއްތަ؟ ކުންފުނިވއުވާލަންވީނު؟ އުވާލާފަ ސަރުކާރުން ވިޔަފާރި ނުކުރަންވީނު؟ މަމެންގެ ސިންގަޕޫރުގާ އޮންނަނީ އެހެން.

The name is already taken The name is available. Register?

ކޮށްދީދެން

31 January 2017

ފެރީ ސަބްސިޑީ ކަނޑާލުމުން އެމްޓީސީސީގެ ފައިދާ ދަށްވާ ކަމުގައި ވަނީ ނަމަ ސަރުކާރުން ޖެހޭނެ މިކަން ވަރަށް ރަނގަޅަށް ޕްރޮއެކްޓިވް ކޮށް ކުރަން ދޯ. އެގޮތުން ސަރުކާރުގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް ތަކުގެ އަގު 5 މިލިއަން ރުފިޔާ އަށް ވުރެން މަތިވާނަމަ އެފަދަ ޕްރޮޖެކްޓްސް ތައް ސަރުކާރުން ވެސް އަދި ސަރުކާރުގެ ކުންފުނި ތަކުން ވެސް ދޭން ޖެހޭނީ އެމްޓީސީސީ އަށެވެ. އަދި މިއަހަރު ސަރުކާރުގެ ބަޖެޓުން ހެދުމަށް ހަމަޖެހިފައިވާ ހުރިހާ ޑޮމެސްޓިކް އެއާރޕޯރޓްސް ތައް ވެސް ދޭން ޖެހޭނީ އެމްޓީސީސީ އަށެވެ. އެއިރުން މިގެއްލުންވި ބައި އެމްޓީސީސީ އަށް ފޫބެދޭނެ ނޫންތޯއެވެ.

The name is already taken The name is available. Register?

ލޮލާ

31 January 2017

ހޫ އާޔޫ؟ ސީރިއަސްލީ. ވަޒީފާއެއް އަދާ ނުކޮށް 24 ގަޑިއިރު ކޮމެންޓު ކުރުމުގަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454