02 އޯގަސްޓް 2023 - 10:22
ސިންގަޕޫރު (އޯގަސްޓް 2) - ސައުދީ އަރަބިއާގެ ޕްރޯ ލީގުގެ ޓްރާންސްފާ ޕީރިއަޑް ނިމޭ ވަގުތާ މެދު ފިޔަވަޅު އަޅަން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ފީފާ އާއި ޔޫއެފާ އަށް ގޮވާލައިފި އެވެ.
ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގައި ހޫނު މޫސުމުގެ ޓްރާންސްފާ ވިންޑޯގެ އެންމެ ފަހު ދުވަހަކީ ސެޕްޓެމްބަރު 1 އެވެ. އެކަމަކު މިހާރު ވެސް މަޝްހޫރު ތަރިން ސޮއި ކުރަމުން އަންނަ ސައުދީ ލީގުގައި ޓްރާންސްފާ ޕީރިއަޑްގެ އެންމެ ފަހު މުއްދަތަކީ ސެޕްޓެމްބަރު 20 އެވެ.
ލިވަޕޫލް ދޫކޮށް ރޮބާޓޯ ފިރްމީނޯ އާއި ޖޯޑަން ހެންޑަސަން އަދި ފަބިއޯނާ ވެސް ވަނީ އަންނަ ސީޒަނުގައި ސައުދީ ލީގުގެ ކްލަބްތަކުގައި ކުޅެން ސޮއި ކޮށްފަ އެވެ.
ސިންގަޕޫރުގައި މިހާރު ޕްރީ ސީޒަނަށް ކޭމްޕްކޮށްގެ ތިބެ މިއަދު ބެޔާން މިޔުނިކާ ދެކޮޅަށް ކުޅޭ އެކުވެރި ކަމުގެ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ކްލޮޕް ބުނީ ސައުދީގެ ލީގުގެ ނުފޫޒު މި ވަގުތު ވަރަށް ބޮޑު ކަމަށެވެ.
"އަހަންނަށް ހީވާ ގޮތުގައި އެންމެ ގޯސް ކަމަކީ ސައޫދީ އަރަބިއާގެ ޓްރާންސްފާ ވިންޑޯ ތިން ހަފުތާ އަށް ވުރެ އިތުރަށް ހުޅުވިފައި އޮތުން. އެހެންވީމާ، އަހަންނަށް ލިބުނު މައުލޫމާތު ތެދު ކަމަށްވަންޏާ- އަހަންނަށް މިކަހަލަ ވާހަކައެއް އަޑު އިވިއްޖެ. އެންމެ ކުޑަމިނުން ޔޫރަޕްގައި ވެސް އެއީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން،" ސައުދީގެ ލީގުގެ ނުފޫޒާ ބެހޭގޮތުން ސުވާލު ކުރުމުން ކްލޮޕް ބުންޏެވެ.
"ޔުއެފާ ނުވަތަ ފީފާއިން އެކަމަށް ހައްލެއް ހޯދަން ޖެހޭ. އެކަމަކު އެންމެ ފަހުން މިވަގުތު އަހަންނަކަށް ނޭނގެ ވާނެ ގޮތެއް."
މެންޗެސްޓާ ސިޓީ އަށް ކުޅުނު ރިޔާދް މަހްރޭޒް ސައުދީގެ އަލް އަހްލީ އަށް ބަދަލުވުމުން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ސައުދީގެ ލީގުގެގެ ސަބަބުން ޓްރާންސްފާގެ އަގުތައް ބޮޑުވެގެން ހިނގައްޖެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޭނާ
03 August 2023
ކޮންމެ ވިންޑޯއެއް ބަންދު ކުރިއަސް ފެން އޮތްތަނަކަށް މަސް ދާނީ!
އެމީހ
02 August 2023
މިހާތަނަން ނިސްބަތުން ބޮޑު އަގުގައި ދެކުނު އެމެރިކާ ލީގުން ކުޅުންތެރިން ގެންނަނީ ތިމާމީހުން. ބަޔަކު އެއްޗެކޭ ކިތަ..
ކްރިސްޓީނާ
02 August 2023
ޔޫރަޕްމީހުން ބޭނުންވާނީ އެމީހުން ހުރިހާކަމެއްގެ ކުރީ އުޅެން. އެމީހުންނަށް ނޭނގޭ އެލީގުތައް ބަލަނީ އޭޝިޔާ ގެ ބޮޑު އާބާދީކަމެއް. އޭޝިޔާ މީހުން ޔޯރަޕް ލީގުތައް ބެލުން ހުއްޓާލީމަ ތިލީގުތައް ދެކޮޅުނުޖެހޭނެ. ޔޫރަޕްލީގުތަކުން މިހާތަނަށް ކުޅުންތެރިންނަށް ބޮޑުއަގު ދީގެން ކުޅުންއިރު ރަނގަޅު ކަމެއް ސައުދީއިން ކުރާތީ ގޯސްވަނީ ކީއްވެ؟؟ ޑަބަލް ސްޓޭންޑަޑް
ގަމާރުދިވެހިން
02 August 2023
ކަލޭ!