ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް، ޔާމީނަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އަރުވަނީ.
02 އޯގަސްޓް 2023 - 15:27
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވެއްޖެ ހާލަތެއްގައި އެ މަނިކުފާނު ދައްކަވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ގޮތެއް ނިންމުން ޕީޕީއެމް/ޕީއެންސީގެ ސެނެޓަށް ދޫކޮށްލަން އެ ދެ ޕާޓީގެ ލީޑަޝިޕުން ޔާމީނަށް ހުށަހަޅަން މިއަދު ފާސްކޮށްފި އެވެ.
އެ ދެ ޕާޓީގެ ރައީސުންނާއި ނައިބު ރައީސުންގެ އިތުރުން ރައްޔިތުންގެ މަޖިހުގައި ތިއްބަވާ އެ ކޯލިޝަންގެ 8 މެމްބަރުން ހިމެނޭ ލީޑަޝިޕުން އެގޮތަށް ނިންމީ މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ޖޮއިންޓް ސެނެޓުން ގޮތެއް ނިންމަން ޔާމީނަށް ހުށަހަޅަން ލީޑަޝިޕުން ފާސްކުރިއިރު، ޕީއެންސީން ބޭނުންވާ ގޮތެއް އެ ޕާޓީން އަމިއްލަ އަށް ނިންމަން އެ މަނިކުފާނު ދެ ފަހަރަށް ދޫކޮށްލެއްވި ކަމަށް ވެ އެވެ.
ފުރަތަމަ ވެސް ޔާމީން ބޭނުންފުޅުވީ، ޕީއެމް/ޕީއެންސީން ބޭނުންވާ ކެންޑިޑޭޓާއި ރަނިންމޭޓް އެ ޕާޓީގެ ލީޑަޝިޕުން އަމިއްލަ އަށް ކަނޑައެޅުމަށެވެ. ނަމަވެސް ޕާޓީން ނިންމީ ކެންޑިޑޭޓާއި ރަނިންމޭޓް ކަނޑައެޅުން ޔާމީނަށް ދޫކޮށްލާށެވެ. އެކަމަކު، އެ ނިންމުން ގަބޫލުފުޅު ނުކުރައްވައި ދެން ޔާމީން އެދިވަޑައިގަތީ ޕީއެންސީގެ ސެނެޓުން ގޮތެއް ނިންމާށެވެ.
އެހެންވެ، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން މިއަދު ބައްދަލުކޮށް އަނެއްކާ ވެސް ނިންމީ، އެމަނިކުފާނަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕީއެންސީން ނުކުންނަވާނެ ކެންޑިޑޭޓަކާއި ރަނިންމޭޓާ މެދު ޔާމީން އަމިއްލަފުޅަށް ފުރަތަމަ ގޮތެއް ނިންމެވުމަށެވެ. އެކަމަކު، މި ފަހަރު ލީޑަޝިޕުން ޔާމީނަށް ހުށަހަޅަން އިތުރަށް ފާސްކުރީ ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ގޮތެއް ނިންމުން ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓަށް ގެންގޮސް ގޮތެއް ކަނޑައެޅުމަށެވެ.
"ރައީސް ޔާމީން ބޭނުންފުޅުވާ ކެންޑިޑޭޓާއި ރަނިންމޭޓާ މެދު ޖޮއިންޓް ސެނެޓްގައި ބަހުސްކޮށްފައި ގޮތެއް ނިންމަން ރައީސް ޔާމީނަށް ހުށަހަޅަން ލީޑަޝިޕަށް އެއްބަސްވީ. ރައީސް ޔާމީން އެ ގޮތަށް އެއްބަސްވެވަޑައިގަންނަވާ ނަމަ އެ ގޮތަށް ދާނީ،" މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ގާނޫނީ ޝަރުތެއް އުނިވުމުން ޔާމީންގެ ނަން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަނެ ބޭރުކޮށްލި މައްސަލަ ޕީޕީއެމުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޝައުގުވެރިވާ މީހުންގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ފަހު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ. އޭގެ ކުރިން ގޮތެއް ނިންމުމުގެ ހައްސާސްކަން ބޮޑުވެފައިވާއިރު ޕީޕީއެމްގެ ސެނެޓްގައި އެ މައްސަލާގައި މަޝްވަރާ ނުކުރާތީ ވެސް ސެނެޓްގެ ބައެއް މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑެވެ. އޭގެ ޒުވާބެއް ސެނެޓްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ވެސް ރޭ ވަރަށް ހޫނުކޮށް ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަރުތަ
03 August 2023
ޑޮިމޮކްރަސީ ވެގެން ފަޅައިގެން ދަނީ ދެއްތޮ.
ކެޔޮޅުބެ111
02 August 2023
ޤައުމުގެ ވެރިކަން ހަވާލް ކުރަންވާނީ ސާލިހް މީހަކާ..!
ސާނިމް މުހައްމަދު
02 August 2023
މުއިއްޒް އަށް ވަރަށް ގިނަ ދީނީމީހުންވެސް ތާއިދު ކުރޭ. އަދި އެހެން މީހުންވެސް. ފަސްބައި ކިލަބު ބޭފުޅެއް. ރަނގަޅު ވާނެ
ސަމާހް އަހްމަދު
02 August 2023
ކޮންހާ ވިސްނުމެއް ތި ވިސްނަނީ. ވެރިކަން ބޭނުމިއްޔާ ތި ޓިކެޓް ދީ މޭޔަރަށް.
އަފީފް.
02 August 2023
އިބޫގެ ކެމްޕެއިން ގަ ވަރަށް އިސްކޮށް އުޅޭ މީހަކު ބުނި، މުއިއްޒް ނޫން މީހަކު ޕީޕީއެމްއިން ނެރެފިނަމަ އިންތިހާބް ޔަގީންކަމާއި އެކު އިބޫ ނަގާނެ ކަމަށް.
ހާމިދު އަފޫރު
02 August 2023
އެކި ގޮތްގޮތަށް ހިސާބް ޖަހައިފިން. ޕީޕީއެމްގެ އަށް ފަސޭހަކަމާއިއެކު މުއިއްްޒް ނެރެފި ނަމަ މިއިންތިޚާބު ބޮޑުތަނުން ނަގާނެ
ޢަރުތަ
03 August 2023
އިންތިޚާބުގަ ވޯޓުލަނީ ހަމަ އެކަނި މާލޭ ސިޓީން ކަމަށްތަ ހީކުރީ.
އިފާގެ
02 August 2023
އިބޫ ވެސް އުޅެނީ ޕީޕީއެމްއިން މުއިޒް ނެރެފާނެތީ ބިރުން. ޕީޕީއެމްއިން ލަސްކުރާ ސަބަބެއް ނޭނގޭ.
އަދުހާމް
02 August 2023
މަށަކަށް ނުފެނޭ އިންތިހާބް ކާމިޔާބް ކުރެވޭނެ ވަރުގެ މީހެއް މުއިއްޒް ނޫނީ. ޔާމީން ނަގާފަ.
ޢަރުތަ
03 August 2023
އެކި މީހުންގެ ޚިޔާލު ތަފާތުވާނެ، އަޅުގަނޑަށް ފެންނަ ގޮތުގަ އަދުރޭއަށްވުރެ ޤާބިލު މީހަކު ތިތާގަ ނެތް، އަތޮޅުތެރޭންވެސް އަދުރޭއަށް ބޮޑުތާއީދެއް އޮންނާނެ މުއިއްޒުއަށްވުރެ، ހަމަ އެކަނި މާލޭ ސަރަހައްދުން މުއިއްޒުއަށް ބޮޑު ތާއީދެއް އޮންނާނީ.
ސިފަތުއްލާ
02 August 2023
ޔާމީން ބޮލެއް ހުރިއްޔާ މުއިއްޒް ނޫން މީހަކަށް ނުދޭނެ ޓިކެޓް.
ޒިދާން.
02 August 2023
ޕީޕީއެމް އިން ކަމެއް ކުރަންޔާ މުއިޒް ނެރެލާ. މަގޭ ވޯޓްވެސް ލިބޭނެ. އާއިލާގެ ވޯޓްވެސް ލިބޭނެ. އިތުރު މީހަކަށް ނެޔް