އަމީނީ މަގުގައި ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި ނިންމާލައިފައި.-- ފޮޓޯ: އާރުޑީސީ
02 އޯގަސްޓް 2023 - 13:55
އަމީނީމަގުގައި ބިލަބޮންގް ސްކޫލާ ހިސާބުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި މިއަދު ނިންމާލައިފި އެވެ.
އެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނީ އަމީނީމަގު ސެގްމެންޓް 8 އަދި 9 ގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ތާރު އަޅާފައިވާ އޮތް ބައި އާންމުންނަށް ހުޅުވާލުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
"ތާރު އެޅުމުގެ މަސައްކަތް ފެށިފައި ވަނީ ރޭގެ ވަގުތެއްގައި އަދި މަސައްކަތް ނިންމާލެވިފައި ވަނީ މިއަދު،" އެ ކުންފުނިން ބުންޏެވެ.
އަމީނީ މަގުގައި ޣިޔާސުއްދީން ސްކޫލާ ހަމައަށް ތާރު އަޅައި ނިންމާލައިފައި.-- ފޮޓޯ: އާރުޑީސީ
އެ ސަރަަހައްދު ހުޅުވާލުމުން، އަމީނީ މަގުގެ އެންމެ ބާރުބޮޑު ހިސާބާއި ބޮޑު ބައެއްގައި ތާރު އަޅައި ނިންމައިލެވުނީ އެވެ. އޭރުން ބާކީ އޮންނާނީ އިސްކަންދަރު ކޮށިން ފެށިގެން ދިރާގު ހެޑް އޮފީހާ ހިސާބަށް ތާރު އެޅުމެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދީ
02 August 2023
ނަސީބަކުން ސްކޫލްތަކުގެ ކިޔެވުން ފެށެންވާއިރަށް ތިހިސާބަށް ނިންމާލެވިއްޖެ. ކޮލެޖާއި ގިނަ ސުކޫލު ހުރިސަރަހައްދެއް ނުނިމުނުނަމަ ރައްޔިތުންނަށް ވަރަށް ތަކުލީފް ބޮޑުވީސް.
1828
02 August 2023
05 އަހަރުގެ ދައުރެއްގައި މާލޭގެ މަގެއްގެ އެއްކޮޅުން އަނެއްކޮޅަށް ތާރުނޭޅުނު. ޖަލުގައި އޮތްމީހާ އެއޮއްތީ 05 އަހަރުގެ ދައުރެއްގައި މާލޭ ވަށައިގެން ތާރުއަޅާފައި. މާލެއާއި ހުޅެލެ ގުޅާލާފައި. ހުޅުމާލެ ފޭސް 2 ހިއްކާ، އެތާގައި ރައްޔިތުންތަކަށް ދިރިއުޅޭނެ 'ކޮތަރު' ޓަވަރު ތަކެއް އަޅާފައި. މާފަންނު ކޮޅު 25 ބުރީގެ ހޮސްޕިޓަލެއް އަޅާފައި. އައު ރަންވޭ އެެއް އަޅާފައި. ތާފަތު ފެނޭ ދެއްތޯ؟ މެކުނު ފުމުނުކަސް ގާހަކައަށް ނުފުމެވޭނެއޭ ބުނަނީ މީހެންވެ.
1828
02 August 2023
އަދި އެބަ ޑިސްލައިކްދެއޭ. ކިތައްމެ ޑިސްލައިކެއް ދިނަސް ކުރިން ބުނި ހަޤީޤަތް ދެން ބަދަލެއް ނުވާނެ އަދި ނުވެސް ކުރެވޭނެ. ދެން ލޮލް. ދެން ލަލަލަލަ
ރާގޮނޑި ރާޖާ
03 August 2023
ކޮންމެހެން ނުޖެހޭ މާލެ އަށް ހުރިހާ ކަމެއް ކޮށްދޭކަށް ! ފޭސް 2 އާއި ދަރުމަވަންތަ އާ ބްރިޖުން މަގޭ ރަށުގަ އިންނަ ނިކަމެތި މަންމަޔަށް ވާ މޮޅެއް އެބަ އޮތްތަ !
ބޮޑުމީހާ
02 August 2023
މާލެ ސަރަހައްދުގައި މި ސަރުކާރަށް ދެއްކެން އޮތް ހަމައެކަނި މަސައްކަތް. އަމީނީ މަގުން 8 ސެގްމެންޓް ނިންމުން
ސަލޮ
04 August 2023
އަދި ނުނިމޭ. ނިމުނީ ނިންމުން ލިޔާނީ 5 އަހަރު 8 ސެގްމެންޓް. ލޮލް
ބޮޑުމީހާ
02 August 2023
އަމީނީ މަގާއި ގުޅިގެން މިދައުރުގެ ލިޔެފައިވާ ހަބަރުތައް ގިނަ އެހެން ހުރިހާ ދާއިރާތަކަށް ވުރެ. ކޮންމެ ސެގްމެންޓެއް ނިންމުމަކީ ބްރޭޭކިންގ ނިއުސް އެއް.
6
02 August 2023
ނިމެނީ ނިމެނީ.
އާދަން
02 August 2023
މާދަން ވާނެ ކާރާއި ޕިކަޕާ ސައިކަލް ޕާކުކޮށްގެން މަގު ފުރާލަން . ޔޭ
ހުސްނުހީނާ
02 August 2023
ޝުކުރަން ރައީސް އިބޫ. 23 ޔަގީން.
1828
02 August 2023
ޕަކާސް
ދަ ޑިމޮކްރެޓްސް
02 August 2023
މާލޭގެ 11 މަގެއް ފިޔަވާ އެހެން ހުރިހާ މަގެއްގައި ތާރު އަޅައިދޭނަމޭ މީގެ 5 އަހަރުކުރިން ވަޢުދުވީ ހަނދާން އަދިވެސް އެބަހުރި. އެކަމަކު 5 އަހަރު ނިމިގެންދާއިރު 11 ގެ ތެރެއިން އެއް 1 އުނިކޮށްލީމާ ފެންނަން އޮތް އަދަދުވެސް ފުރިހަމަނުވެގެން އެ އުޅެނީ. މި ކަމަށް ޖަހައިގެން އުޅެނީ ކޮންކަހަލަ ސްޕްރޭއެއް ކަމެއް މަށަކަށް ހަމަ އެއގޮތަކަށްވެސް ނޭނގުނު.
ހިދާޔާ މިސް
02 August 2023
ހާދަސުލޯއޭ
ގުދުބެއްޔާ
02 August 2023
ވަރަށް ބޮޑުވަރު. ދެންމިތާ ކޮމެންޓްކުރަން އުޅޭސޮރު ބުނާނެ އިންސާނުން ވަރުބަލިވެސްވާނޭ.