އައިޖީއެމްއެޗްގެ މައި ކައުންޓަރު: ހޮޑުލައި ބޭރަށް ހިންގާ ރޯގާގެ ކޭސްތައް މިދިޔަ މަހު ވަރަށް ބޮޑަށް އިތުރުވި.-- ފޮޓޯ: މިހާރު
02 އޯގަސްޓް 2023 - 17:13
މިހާރު ރާއްޖޭގައި ވަރަށް ބާރަށް ފެތުރެމުންދާ ހޮޑުލައި ބޭރަށް ހިންގާ ރޯގާގެ ކޭސްތައް މިދިޔަ މަހު 7،000 އިން މައްޗަށް ދިޔަކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ އެޖެންސީން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހު، ހޮޑުލައި ބޭރަށް ހިންގާ ރޯގާގެ 3،328 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. ނަމަވެސް، މިދިޔަ މަހު އެ އަދަދު ވަރަށް ބޮޑަށް އިތުރުވި އެވެ. މިދިޔަ މަހު އެ ރޯގާގެ 7،384 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
މިނިވަން ދުވަހާ ގުޅިގެން މާލޭގައި މިދިޔަ ހަފުތާގައި ބޭއްވި ޕެރޭޑާއި ފުޅަނދުބުރު ބަލަން އެތައް ހާސް ބަޔަކު އެއްވި ފަހުން، އައިސް ހޮޑުލާތީ ހޮސްޕިޓަލްތަކަށް ކުޑަކުދިން ދެއްކި ވަރު ވަރަށް ބޮޑަށް އިތުރުވެ، ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމްތައް ފުރުނެވެ.
އެޗްޕީއޭ އިން ބުނެފައި ވަނީ މާލެ ސަރަހައްދުގައި ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ވަރަށް ފަސޭހައިން ހަލުވިކަމާއެކު ފެތުރޭ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ.
މާލެ އާއި ރަށްރަށުގައި ވެސް މި ރޯގާ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ނޯރޯވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ގިނައިން ހޮޑު ލެވުމާއި ހުން އައުމާއި ބަނޑުގައި ރިއްސުމާއި ވަރުދެރަވުން ފަދަ ކަންކަމެވެ. މި ބައްޔަށް "ސްޓަމަކް ފްލޫ" އޭ ވެސް ކިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭސް
03 August 2023
ރޯގާ ކޭހެއް ވިއްކަނީ ކިހާވަރަކަށްތަ! 7000 ކޭސް އޮތިއްޔާ ކޮންމެވެސް އެއްބައި ވިއްކާލަންވީނު.
ސުމާފަ
02 August 2023
ސިޔާސީ މާ ބޮޑަށް ވެފަ މި އޮތީ
އައިސް
02 August 2023
7000 އަށް ވުރެ މަތި ނަމަވެސް އެކަމާ މާބޮޑު ސަމާލު ކަމެއް ދެވޭހެނެއް ހިޔެއް ނުވޭ. ގޭގޭ އެންމެން މިރޯގާ ޖެހިގެން ވަރަށް ހާލުގަ އުޅޭ ކިތަންމެ އާއިލާއެއް. ސްކޫލްތައްނޫނަސް މީހުން އެއްކޮށް ޖަމާވެ އުޅޭ ހުރިހާތަނެއް ބަންދުކޮށް ޚާއްސަ މަސައްކަތް ތަކެއް ކުރެވިގެން ނޫނީ މިކަމުންސަލާމަތް ވެވޭނެ ހެނެއް ހިޔެއްނުވޭ.
ބޮޑުމީހާ
02 August 2023
ތި މާލޭގަ ތޮއްޖެހިގެން އުޅޭހާ ހިނދަކު ތިހުރިހާ ކަމެއް ދިމާވާނެ. މިގައުމުގެ ހިކިފަސްތަނަކަށް ފެންނަނީ މާލެ އެކަނި. މިހެން ބުނީމަ މިގައުމުގެ ވެރިމީހާ އެބަދޭ 200 މީހުން ހަމަނުވާ ރަށްރަށުގަވެސް އެއާޕޯޓާއި ހޮސްޕިޓަލް އަޅަމުން. ކޮންމެ ރަށެއް ތަރައްގީކުރާނަމޭ ކިޔައިގެން.
މަމެން1
02 August 2023
ބޭރަށް ހިންގުމުގެ ރޯގާ އެއް ފެތުރޭކަން އެނގުނީ ވެސް 28 ޖުލައި ވަނަ ދުވަހު ހޭލައިގެން ހަބަރުތައް ކިޔާލީމާ، ސާޖްއެއް އައިސް ހޮސްޕިޓަލުތައް ފުރި ޑޮކްޓަރުން ޓްވީޓުކޮށްގެން ނޫސްތަކަށް އެ ޚަބަރު އެރީމާ. އޭގެކުރިން އެޗް.ޕީ.އޭއަކުން އާންމުންގެ ސަމާލުކަމަށް މިކަން ގެނެސްފައެއް ނުވޭ، އެކަމަކު ޖޫން މަހުވެސް 3000 އަށް ވުރެ ގިނަ ކޭސްކަމަށް މި ހަބަރުގައި މި އޮތީ. ވައިރަސްގެ ބާވަތް ޓެސްޓު ކުރީ ވެސް ސާޖުއެއް އައިސް ހޮސްޕިޓަލުތައް ފުރުނީމަ.
ފަތިސް ނަމާދުގައި ޤުނޫތު ކިޔައްޗޭ
02 August 2023
ކޮންމެ ބޭފުޅަކުވެސް ފަތިސްނަމާދުގައި ޤުނޫތު ކިއްޗޭ! ކޮވިޑްގައި ވެސް ކިޔެއްނު!
ކަޑަ
02 August 2023
ތީނުދަކާ ވާހަކަ
ސައުދީ
02 August 2023
ސްކޫލްތަކުގެ ކިޔެވުން ފެށުން 1 ހަފްތާއަށް ދަސްކޮށްދިނުން ކިހިނެއްތޯ ވަނީ.
ދަސްކޮށްދިނުން
03 August 2023
ދަސްކޮށްދީފަ ބަހައްޓާ