އެމްއެންޑީއެފުން ބޭނުން ކުރާ ހެލިކޮޕްޓަރު: ސިފައިންގެ އަށް ޕައިލެޓުން ހޯދުމަށް ވަނީ އިއުލާންކޮށްފައި.-- ފައިލް ފޮޓޯ: އެމްއެންޑީއެފް
31 ޖެނުއަރީ 2017 - 21:08
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ތިން ޕައިލެޓުންނާއި ހަތަރު އެއާކްރާފްޓް އިންޖިނިއަރުން ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
އެމްއެންޑީއެފުން ކޮށްފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ޕައިލެޓުން ފުރަތަމަ ވަޒީފާ އަށް ވައްދާނީ ޕްރައިވެޓްގެ ރޭންކުގަ އެވެ. އެކަމަކު، އަސާސީ ތަމްރީނު ފުރިހަމަކޮށް، ސިފައިންގެ ޕައިލެޓަކަށް ވުމަށް ހަދަން ޖެހޭ ތަމްރީނުތައް ހެދުމުން، އޮފިސަރު ކޯގެ ލެފްޓިނަންޓް ރޭންކަށް ބަދަލު ކުރާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ޕައިލެޓުންގެ ވަޒީފާ އަށް ކުރިމަތިލުމަށް، ކޮމާޝަލް ޕައިލެޓް ލައިސަންސާއި ކްލާސް 1 ކެޓަގަރީގެ މެޑިކަލް ސެޓްފިކެޓް އޮތުމުގެ އިތުރުން، އޯލެވެލްގެ ސައިންސް ސްޓްރީމުން މަދުވެގެން ތިން މާއްދާ އިން ފާސް ވާން ޖެހެ އެވެ. އަދި އުމުރުން 18 އަހަރާއި 30 އަހަރުގެ މީހަކަށް ވުމާއި ފެނުމާއި އިވުމުގެ ހިއްސު އެންމެ ފުރިހަމަ އަށް ހުންނަން ޖެހެ އެވެ.
މި ކަންތައްތަކުގެ އިތުރުން، އެއާކްރާފްޓް އިންޖިނިއަރުންގެ މަގާމަށް ކުރިމަތިލާ މީހުންގެ އަތުގައި ބޭސިކް އެއާކްރާފްޓް އިންޖިނިއަރިންގެ ދާއިރާ އިން ޑިގްރީއެއް އޮންނަން ޖެހެ އެވެ.
އެއާކްރާފްޓް އިންޖިނިއަރުން ވެސް ފުރަތަމަ ވަޒީފާ އަށް ވައްދާނީ، އެމްއެންޑީއެފުން ކުރި އިއުލާނުގައިވާ ގޮތުން، ޕްރައިވެޓްގެ ރޭންކުގަ އެވެ. އެކަމަކު، އެ މީހުން ވެސް ހަދަން ޖެހޭ ތަމްރީނުތައް ފުރިހަމަ ކުރުމުން، ވޮރަންޓް އޮފިސަރު ގްރޭޑް އެކެއްގެ މަގާމަށް ބަދަލު ކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި އޮތް ނަމަވެސް ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18 އިން ފެށިގެންނެވެ. އެމްއެންޑީއެފުން ބުނީ މި ވަޒީފާތަކަށް އެދޭ ފޯމު އަންނަ މަހުގެ 28 އާ ހަމަ އަށް ޑިފެންސް މިނިސްޓްރީން ލިބޭނެ ކަމަށެވެ.
އެމްއެންޑީއެފަށް ޕައިލެޓުން ހޯދަން އިއުލާނު ކުރިއިރު، ސިފައިންގެ އެއާ ވިންގުގައި ބޭނުންކުރާ އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގެ ޕައިލެޓުންގެ ގޮތުގައި އަދިވެސް ހަރަކާތްތެރި ވަނީ އިންޑިއާގެ ސިފައިންނެވެ. ހެލިކޮޕްޓަރުގެ ކްރޫންގެ ގޮތުގައި ދިވެހި ސިފައިން ތަމްރީނުކޮށް ދޭން އިންޑިއާގެ ސިފައިންނަށް ޖެހުނަސް، އެ މަސައްކަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއަކަށް ނުދެ އެވެ.
މީގެ އިތުރުން، އެމްއެންޑީއެފް އިން ވަނީ އަސްކަރީ މަތިންދާބޯޓުތަކެއް ގެންނަން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮފިސަރު ކޯރ
02 February 2017
ސިފައިންގެއަށް އާންމު އުސޫލުން ރެކްރޫޓް ކުރެވޭނީ ރެކްރޫޓެއްގޮތުގައި. ކުރީގެ ރައީސް ނަޝީދު ދިވެހި ލަށުކަރު ޒަމާނީކޮށް ރުކުރުވާލި އިރު އޮފިސަރު ކޯރއަށް އޮފިސަރު ކެޑޭޓެއްގެ ރޭނކުގައިވެސް ވެއްދޭ. މި ގޮތަކީ މާ ހަމަ ޖެހޭ އަދި ރަނގަޅުގޮތެއް. ދެން އޮތް ގޮތަކީ ށަރުތު ހަމަވާ ބައެއް ރެކްރޫޓްކޮށް ބޭރު ޤައުމަކާ ގުޅިގެން އަސްކަރީ ޕައިލެޓް އަދި އެއާކްރާފްޓް އިންޖިނިއަރިންގް ކޯސް ހެދުމަށް ފޮނުވުން. ދުރާލާ ވިސްނާ ރާވައިގެން ކުރަންވާ ކަންތައް!
ޖައްބު
01 February 2017
ކޮން އެއަރ ކްރާފްޓް އިންޖިނިއަރެއް ބައިލާރިއަށް އަދި ވޯރަންޓް އޮފިސަރ ގަންޑަކަށް ތިތަނަށް ވަންނާނީ. ތިތަނުން ދެތިންކުދިން ބޮންޑު އަޅުވާފާ ކިޔަވަން ފޮނުވުން ނޫން ގޮތެއް ނެތް!
އަލިފުއަލިފު
01 February 2017
ސިފައިންގެ އަށް ޕައިލެޓުން ގެއްލުނީތާ؟ މީ ހާދަ ހިތާމވެރި ޚަބަރެކޭ. އެމީހުންނަށް އަނެއްކާ ކިހިނެއްވީބާ. ކޮންތާކުން ގެއްލުނީ. އެމީހުން ހޯދަން ވެސް ދާނެ ބަެއްނެތިގެން ތަ ތި އިއުލާނު ކުރީ.
ކުވާލާ
01 February 2017
ތިސިފައިންނަކީ މިހާރު ރައްޔިތުންނަށް ޖެހިފައިވާ ބޮޑު ތަކުލީފަކަށް ވެއްޖެ، އެއްވެސް ކަމެއްކުރާ ބައެއްނޫން މިހާރުވެސް 3000 މިހުން އުޅޭކަންނޭގެ ތިތާ ހަމަރައްޔިތުންގެ ބައިތުލްމާލުން މުސާރަ ނަގައިގެން ސޮކި ދުއްވާ ފިލްމުކުޅެ ޑްރާމާކުޅުން ނޫންކަމެއް ތިމީހުން ނުކުރޭ
ލާހި ފުތު
01 February 2017
ސިފައިންނަކީ ގައުމު ހިމާޔަތްކުރުމަށް ތިބޭ ބައެއް. ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ސަރުކާރާއި ރައްޔިތުންނަށްދޭ އެހީތެރިކަން ވަރަށްބޮޑު. އިޖްތިމާޢި ކަންކަން އަދި ކާރިސާތަކުގައި ސިފައިންނަކީ ލާމަސީލު ބައެއް. މިފަދަ މުހިއްމު ބަކާމެދު ސިޔާސީ ހަސަދައެއް ފިލުވުމުގެ ގޮތުން ކޮމެންޓް ކުރުމަކީ ޖާހިލް ސިކުޑިއަކުން ނޫނީ ނުކުރާނެ ކަމެއް.
ޕ ލެޓް
01 February 2017
އެހެން ކުންފުނިތަކުގައުޅޭ ޕައިލެޓުންނަކައް އިތުރުކަމެއްނޯވެ ހަމައެކަނި އުދުހުން ސިފައިންގެ ޕައިލެޓުން އުދުހިނިމިގެން ޕީ ތީ ޕެރޭޑް ނުވިތާކައް ސިޔާސީމަސްރަހުމިއޮންނަގޮތުން އެންމެންއެތެރެއައް ޖަލްސާއައް ދެން އަބަދު އެކަމުގަ މުސާރަ ވ ކުޑަ
އަހުމަދު
31 January 2017
މިހާރުވެސް ޕްރޮމޯޝަން ދެމުން ގެންދަނީ އިންސާފަކުންނޫން، މެރިން އަކީ ކައިކައިގެން ގުއިބާލަން ކަމެއްނުކޮށް ތިބޭބައެއް އެކަމަކު އެވެރިންނަސް ޕްރޮމޯޝަން ބަހާލަނީ، އިންޖިނިއަރުންނަކީ ސިފައިންގެ މައިސޯބޭ ބުނާނެ، އެކަމު އިންޖިނިއަރިންގ ހަދައިގެން ސިފައިނެގެ ކެރިއަރއެއްނެތް
އަލް ޕައިލެޓް ވަލް އިންޖިނޭރު
31 January 2017
ބޭސިކް ޓްރޭނިންގ ހެދީމާ ޕައިލެޓަކަށް ލެފްޓިނެނެްޓެއްގެ ރޭންކް. އެކަމަކު އިންޖިނޭރަށް ވޮރަންޓް އޮފިސަރ ގްރޭޑް 1 ގެ ރޭންކް. ޕައިލެޓެއް އަތުގައި އޯ ލެވެލް 3 ފާސް. އިންޖިނޭރު އަތުގައި ޑިގްރީ. ޕައިލެޓްކަމަކީ މާމަތީ ތައުލީމީ ސެޓްފިކެޓެއް ނެތަސް ކޮންމެވެސް ފްލައިންގ ސްކޫލްއަކަށް ގޮސް ޓްރޭނިންގ ހަދާލައިގެން ލިބޭ ލައިސަންސްއެއް. ވީމާ، ޑިގްރީ އޮތް އިންޖިނޭރަށް ދަށް މަޤާމެއްދިނުމަކީ އިންސާފެއްކަމުގައި ބަލަން ދަތި.
GAN Island
31 January 2017
އިކޮނޮމިސްޓް ވެރިއެއްކަމަށް ދައުވާ ކުރައްވާ މީހަކު ވެރިކަމާއި ހަވާލުވުމުން އަހަރުމެން ހީކުރީ މުޅި ޤައުމަށް އިޤްތިސޯދު ފަތުރާލައްވާނެ ކަމަށް. . . އެހެން ނަމަވެސް ''މޮޅު އިކޮނޮމިސްޓް'' ކަންތައްކުރައްވަނީ އެންމެ ޖާހިލުމީހާވެސް ކަންކުރާނެ ގޮތަށް. ރާއްޖޭގެ އެތަންމިތަނުގައި ދިރިއުޅެމުން އައިމީހުން މާލެ ކިޔާ ތަނަކަށް ޖަމާކުރުމަށް މަޖުބޫރުކޮށް އެތަނުގައި ދިރިއުޅެން ދަތިވާވަރަށް އަގުތަށް އުފުލައިފި. . . . ވެރިކަމާއި ހަވާލުވެ ތިމަން މަނިކުފާނުގެ ''ސަރުކާރުގެ މިސްރާބު ހުރީ އިރުމައްޗަށް'' ކަމަށް ވިދާޅުވެ ސިފަކުރެއްވެވި ޗައިނާ އެކޭ އެއްގޮތަށް ޤައުމުގެ ހަޒާނާގެ ބޮޑުބައި ހޭދަކުރައްމަވުން ގެންދަވަނީ ހަތިޔާރު ގަތުމަށާއި ސިފައިންގެ ކަންކަމަށް. . . . ހޮސްޕިޓަލް ތަކުގައި ޑޮކްޓަރުން ހަމަވިތޯ ބެލުމެއްނެތް. ސުކޫލް ތަކުގެ ޓީޗަރުންނަށް ވުރެން ''ހަތިޔާރުގުދަން ފުރާލުން'' މިސަރުކާރަށް މުހިންމުކަމަކަށް ވެއްޖެ.
ފޭކުއިކޮނޮމިސްޓް
01 February 2017
އެމްބީއޭ ހެދިއިރު އިކޮނޮމިކްސް މޮޑިއުލެއް ހެދުން ފިޔަވާ އިތުރު ތައުލީމެއްނެތް އިކޮނޮމިކްސްގެ ދާއިރާއިން. އެންމެ މޮޑިއުލެއްހަދައިގެން އިކޮނޮމިސްޓަކަށް ވަންޏާ އޯލެވެލް އިކޮނޮމިކްސް މާއްދާއިން ފާސްވާ ހުރިހާ ކުދިންނަކީވެސް އިކޮނޮމިސްޓުން!
ރޯނުަައެދުރު
31 January 2017
ވަރަށް ވެސް ދެކޭ ދުވަހެއް މީ ވައިގެ އަސްކަރިއްޔާއަށް މިފެންނަ އުޅަނދުފަހަރު ދުއްވަން ދިވެހި ޕައިލެޓުން ތިބޭނެ ދުވަސް...އިސާހިތަކު މިކަން ހަގީގަތަކަށް ވެގެން ދާތަން ދެކެން ބޭނުން...ދިވެހި ޕައިލެޓުން ތަމްރީނުވުމުން އިނޑިޔާގެ ޕައިލެޓުން ހެލިކޮޕްޓާރ އަދި ވައިގެ އަސްކަރިއްޔާ އުފެއްދުމަށް ދެން މިގެންނަ އުޅަނދުތަށް ދުއްވަން ނުތިބޭނެ ތާ
އުދުހޭ
31 January 2017
މުސާރަ ނޫފުލޭހާ ބޮޑީ