ހުޅުމާލެ ފޭސް ދޭއްގައި ފުރަތަމަ ހުޅުވި، ސަލާހުއްދީން ސްކޫލުގެ ދަރިވަރުން އެސެމްބްލީގައި.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
06 އޯގަސްޓް 2023 - 08:49
ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު، ހުރިހާ ސްކޫލަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ސްކޫލްތަކުގެ ކިޔެވުން ފަށާ ދުވަހަށް ޓީޗަރުން ހަމަނުވާ ކަމުގެ ޝަކުވާ ވަރަށް ގިނައިން ބެލެނިވެރިން ކުރެ އެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ ދިރާސީ އާ އަހަރަށް ތައްޔާރުވުމުގެ ގޮތުން އެ މިނިސްޓްރީ އާއި ސްކޫލްތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކީ އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ސްކޫލްތަކަށް ބޭނުންވާ އަދަދަށް ޓީޗަރުން ހަމަކޮށްދިނުމެވެ. އެހެންވެ، 6،516 ދިވެހި ޓީޗަރުންނާއި 1،843 ބިދޭސީ ޓީޗަރުން ސްކޫލްތަކުގައި މިހާރު މަސައްކަތް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ކުދިންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ވެސް ސްކޫލްތައް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ނިންމާލާފައިވާ ކަަމަށް ބުންޏެވެ.
މި ދިރާސީ އާ އަހަރު ފެށީ 84،000 އަށް ވުރެ ގިނަ ކުދިންނާ އެވެ. ސަރުކާރުގެ 216 ސްކޫލްގައި 73,000 އެއްހާ ކުދިން ކިޔަވާނެ އެވެ. މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގައި 25,000 އަށް ވުރެ ގިނަ ކުދިން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޒާމްހަމްދާން
06 August 2023
ރާއްޖެ މިއަދު ޕްރޮގްރާމް ގަ ކޮންދޮގެއް ހަދާކަށް! ޓީޗަރުން ހަމަޔެއް ނުވޭ! ކިޔަވައިދޭނެ ޓީޗަރެއް ނެތް! މިނިސްޓްރީއިން އިހުމާލް ވެއްޖެ! ވަރަށް ދެރަ!
ދެރަދެރަ
06 August 2023
މާލޭ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންތައް އެންމެ ފަހު ވަގުތު ސަލާހުއްދީން ސްކޫލަށް ބަދަލު ކުރީ ކަމަށް ޓީޗަރު ބުނަނީ ... މާލޭގެ ގިނަ ސްކޫލްތަކުގައި މިއަދު ކިޔަވައިދޭނެ ކްލާސްޓީޗަރެއް ނެތް، ސަބްޖެކްޓް ޓީޗަރެއް ނެތް... މިނިސްޓްރީއިން ހުއްދަ ނުދީގެން އިތުރު ޓީޗަރުން ސްކޫލަށް ނުނެރެވޭ ކަމަށް ލީޑިންގ ޓީޗަރު ވެސް ބުނަނީ..
ވަރަބިންދާލި
06 August 2023
މަށަށް ކެރޭނެ ތެދުބަހުން ލިޔަން ކަލޭމެނަށަ ނުކުރޭނެ ޕަބްލިސްކުރާކަށް ސީދާސާފު ހެކިބަހާއެކު ލިޔާނީ . ސިޔާސީމީހުންނާގުޅިގެންޓީޗަރުކަން ހޯދާ ވަޒީފާދީފަތިބި ބައެއްގެ ވަޒީފާދާއިމީ ކޮއްގެން ނުވާނެ . އޭގެއަސަރު މިދަނީ ފެންނަމުން ގުރޭޑް 1 ކުންފަށާއިރު ކައްޗަށް އަޅާބިންގާ ކެއްޗާހަމައަށް ނިކުތަސް ނިކުންނާނީ ކައްޗަށް. ސަރުކާރު ސުކޫލުތަކާބެހޭގޮތް ސުވާލު ކޮއްލާއިރަށް ބުނާނެ މިއަދު މިވެނި މާއްދާއެއްގެޓީޗަރ ނެތް . ހަފަތް 2 ވާއިރުވެސް އެޖަވާބު އަންނާނީ .
ވަރަބިންދާލި
06 August 2023
ކޮންމެ އަހަރަކުވެސް އެފޮންޏެއްކަޑާނެ . ޓީޗަރުން ހަމަވެއްޖެއޭ ،ސިޔާސީކަންކަމުގަ ލިސްޓް ބަލަހައްޓައިދޭން ތިބޭޓީޗަރުންނަކީ ޣިޔާސުއްދީން ސުކޫލު ފްރައިވެޓްވުމުންވަޒީފާއިން، ފެންވަރުދަށްވެގެންކަޑާލި ޓީޗަރުން ސުކޫލުގެ ކޮލިޓީހިފަހައްޓަން ގުރޭޑް7 ކާހަމައަށްކިޔަވައި ޓީޗަރުކަން ހޯދައިފަ ދެންތިބީ ހަރުގެ ތަކަށް ވަދެ ނުކިޔަވާތިބެ ފްރައިވެޓް ގުރުއާން ކުލާސްތަކުން ކިޔަވިކަމަށް ބުނާ ހުރހާ ފާހިސް ކަންކަމުގަ އުޅެފަ ތިބި ވަގުތީޓީޗަރުން ދާއިމީ ކޮއްފަތިބީ
ކަށީނާ
06 August 2023
ނަޝީދުގެ ފިކުރީ އަދި މެންޓަލީ ގުޅުން އޮންނަ ތައުލީމީ ވަޒީރު ކީއްވެތޯ ތިޔަހާ ބޮޑެތި ދޮގު އަދި އޮޅުވާލުން ތިޔަ ހަދަނީ؟ މުޅި ތައުލީމީ ނިޒާމްވަނީ ކަމަނާގެ ނާގާބިލް ކަމުން ފުޑުފުޑު ކޮށްފަ
ހުވޭ
06 August 2023
ދެން ގެޒެޓްގައި ކޮންހާ އިއުލާނެކޯ މިކުރަނީ ސްކޫލްތަކުން ޓީޗަރުން ހޯދާށޭކިޔާފައި. އަހަރު ނިމެންދެންވެސް އެކަމެއް ނުހުއްޓެ.
ޣަނިއަ
06 August 2023
ކޮންދުވަހަކުން ހަމަވާ ވާހަކަބާ އެބުނަނި ހަފުތާވާއިރުވެސް ހުރިހާ މާއްދާއެއް ކިޔަވާދޭން ނުފަށާނެ.
ދޮގުމައްޗަށް ދޮގު
06 August 2023
ދޮގުހެދިޔަސް ފުކެއް ބޮޑުވަރުމީ. މިއަހަރަށްވުރެ ޓީޗަރުން ދަތި އަހަރެއް ނާދެ. ޓީޗަރުން ބޭނުންވާ މަގާމްތަކަށް ހުއްދައެއް ނުދެ.
ހީލަތު
06 August 2023
މޫނުބުރުގާ އެޅި ޓީޗަރުން ވޯޓު ނިމެންދެން އަދި ބޭތިއްބީ ދޯ ނިމުނީމަ ގޮތެއް ހަދަން
ފައިބާ
06 August 2023
4 ޢަހަރުން ޓީޗިން ހަދާނީ ކާކު. ސެޓްފިކެޓް ގަނެ އެންމެންއަތުގަ އެހުރެ އެކައްޗެއްވެސް ނޭގޭމީހުންގިނަ ތަނަކަށް މިތަންވެސް ވާނެ
ނުފައިބާނަން
06 August 2023
ރަނގަޅު އުސޫލެއް އެއީ. 4 އަހަރުން ސެޓްފިކެޓް ނަހަދަންޏާ ޓީޗިންގ ލައިސަންސް ނުދޭނަން!
ގަނެވިއްކާ
06 August 2023
ކީއްކުރަން އުމުރުދުވަހުން ޓީޗިން ހަދަންވީ ދޯ. އެވަރުންނަމަ މެޑިސިން ހަދާނީ. އާ އިންސާނުންނަށް އޯލެވެލް ޕޭޕަރެއް ހަދަން ދަސްކޮށްދޭން 4 އަހަރު؟؟؟؟