ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެންޑިޑެސީ ފޯމު، އެމަނިކުފާނުގެ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒް އީސީގެ ރައީސް ފުއާދު ތައުފީގާ ހަވާލުކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
06 އޯގަސްޓް 2023 - 09:57
ވެރިކަމުގެ ދެ ވަނަ ދައުރަކަށް ވާދަކުރައްވަން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފި އެވެ.
ރައީސްގެ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނުގެ މައި މަރުކަޒަށް ވަޑައިގަތީ އިންތިހާބީ އެޖެންޓް، މުހައްމަދު ނާޝިޒް އާއި ކެމްޕޭން މެނޭޖަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ. ރަނިންމޭޓަކަށް ހަމަޖައްސާފައި ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ.
ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރެއްވީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވަ އެވެ.
އެމްޑީޕީގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. ރައީސް 24،566 ވޯޓު ހޯއްދެވި އިރު ނަޝީދަށް ލިބިވަޑައިގަތީ 15،641 އެވެ.
ކެމްޕޭން ޖަލްސާއެއްގައި ރައީސް ވާހަކަ ދައްކަވަނީ: އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު މިއަދު ވަނީ އީސީއަށް ހުށަހަޅުއްވާފައި.
ދެ ވަނަ ދައުރަކަށް ރައީސް ވާދަކުރައްވާއިރު އެމަނިކުފާނަކީ ރާއްޖޭގައި މިވަގުތު ސިޔާސީ މަސައްކަތުގައި އެންމެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅާ އެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި، މަޖިލިސް މެމްބަަރަކަށް ހުންނަވައި ވާދަކުރެއްވިއިރު، ޅ. އަތޮޅު މެމްބަރުގެ ގޮތުގައި 1994 ގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ދައުރު އެމަނިކުފާނު ފުރުއްވި އެވެ.
ވެރިކަމުގެ ފުރަތަމަ ދައުރަށް ވާދަކުރެއްވީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. އެމްޑީޕީ އިސްވެ ސަރުކާރު އެކުލަވާލީ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި އެމްއާރުއެމް އިއްތިހާދުވެގެންނެވެ.
އެ ކޯލިޝަން ދަމަހައްޓަން ރައީސް ދައުވަތު ދެއްވި ނަމަވެސް ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމް އިން މި އިންތިހާބުގައި ވާދަކުރަނީ ވަކިންނެވެ. އަދާލަތު އަދިވެސް އެމްޑީޕީއާ އެކު ދެމިއޮތްއިރު، އަލަށް ކޯލިޝަނާ ގުޅުނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އެވެ.
ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއް ބުރުން އެމްޑީޕީއަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ އެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް ވާދަކުރައްވަނީ، މި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެސްދެއްވި ހަމަޖެހުމާއި އަމާންކަމާ އެކު ތަރައްގީގެ މަޝްރޫއުތައް ހުއްޓުނަ ނުދީ ކުރިއަށް ގެންދަން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕިއާ ވާދަވެރި ޕާޓީ، ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހަމަޖައްސާފައިވިޔަސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމާ ހެދި އީސީން ނިންމީ ކެންޑިޑެސީ ބަލައިނުގަތުމަށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ހިނގާއިރު، ޔާމީނަށް ވާދަކުރެއްވޭނެތޯ ކަށަވަރު ވާނީ މިއަދެވެ.
ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި އެމްއެންޕީން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އެމްއާރުއެމްގެ ރައީސް ފާރިސް މައުމުނާއި ޑިމޮކްރެޓްސްގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިސްތު ފަރިޑާ
06 August 2023
ޤައުމު އޮތް ޙާލަތަށް ބަލާފަ ބުނެވެން އޮތީ ސޮރީއޭ.
ފިކުރޭ.....
06 August 2023
الحمدلله އިރާދަފުޅުން މިދިޔަ ރިޔާސީ އިންތިޚާބުގައި ވޯޓުދިންގޮތަށް މުޅިއާއިލާ އެއްކޮށް ވޯޓުދޭނަން، އަދި އެފަހަރަކޭ އެއްގޮތަށް ހޮވޭތޯ ﷲ އަށް ދުޢާދަންނަވަން އާމީން އާމީން އާމީން
ފޫހި
06 August 2023
މީނާ 3 ވަނަ ދައުރަކަށް ގާނޫނު އަސާސީވެސް ބަދަލުކުރާނެ. މިއޮތީވާ ކަމެއް. އިންޑިޔާގެ ޕަޕެޓް
ޙަބީބު.
06 August 2023
ހަމަގައިމުވެސް މިހާރު ގައުމު ބޭނުންވަނީ އިބޫނޫންގޮތެއް ސަބަބު މަޖިލީހާ ކޯޓުތައް މިނިވަން ނުވުން މަރާލާލާ ގެއްލުވާލާފާވާ މީހުންގެ ހަގީގަތްހޯދާ ރައްޔިތުންނައް އެކަންސާފުނުކޮއްދިނުން ދިރިއުޅުމުގެއަގު އަތްނުފޯރާހަމަޔައް ދިޔުން ކާބޯތަކެތި އިންތިހާ އަގުބޮޑުވުން މަސްތުވާތަކެތި އިތުރުވުން އިންޑިޔާގެ އަޅުވެތިކަމައް ގައުމުވައްޓާލުން 3 ޓާޝެރީ ހޮސްޕިޓާ ވީނުވީނޭނގި އޮތުން ކޮޗިންފެރީ ލިބޭކާބޯތަކެތި އަގުބޮޑުވުން ގޮދަންފުއްފެކްޓަރީ ގެއްލުން ހދ އަތޮޅުބިކާރީ ކޮއ
ކަސްލާ
06 August 2023
މަރުހަބާ ރައީސް ސޯލިހު! މައިގަނޑު ގޮތެއްގައި ރައީސް ސޯލިހުގެ މަސައްކަތް އަދި ކަންކަން ކުރުމުގެ ވައްޓަފާޅި ބަލައިގަންނަން! އެހެނަސް ރީކޯ މޫސަ، އަނދުން ހުސޭނު، މާރިޔާ ކަހަލަ ކަރައްޕްޓު އަދި ޖިނާއީ ކުށް ކުރުމުގައި (ވިލާތު ސަރުބަތު) ދެމިތިބޭ މީހުން އަރިހު އަދި ކުރީ ސަފުގައި އުޅުމަކީ ރައީސް އިބޫގެ ވެރިކަން ނަޝީދުގެ ވެރިކަން ފަދައިން ފަސާދަ ވާނެ ކަމެއް! މިއީ ހެޔޮ ނަސޭހަތެއް ބޭބެ އިބޫއަށް ދޭ!
ޖުއްލާބު
06 August 2023
ތިޔެއްނޫނޭ.. ކޮބާހޭ ފްލެޓްލިސްޓު..މިހާރުދެން ވަގުތު ފާއިތުވަނީ!!!!!
ފައްޔާޒު
06 August 2023
އަންނަނީ އަންނަނީ
މަ ބުނީ
06 August 2023
މަ ބުނީ 300،000 މީހުންގެ ސޮ ޔާ އި އެކު ކޮތަޅަކަށް ފޯމު ލާފަ ހަވާލު ކޮށްފި އުފާވެރި ޙަބަރެ އް މަރުޙަބާ 3 ދައުރަކަށް.
ސައިޚް
06 August 2023
ފޯމުލިއަސް ނުހޮވޭނެ، ފެއިލްކޮއްލާނަން ،އިންޝާﷲ.
ހުސެންކުރުސީ
06 August 2023
ﷲ އަބަދުވެސް އިރާދަކުރައްވާނީ އެންމެ ހެޔޮކޮށެވެ. 2023 ގެ އިންތިހާބު އިބޫއަށް ފަހިކުރައްވާންދޭވެ!!!!!!
ކާމިޔާބު 1
06 August 2023
ފަސޭހަކަމާ އެކު ފުރަތަމަ ބުރުން ކާމިޔާބީ މިންވަރު ކުރައްވާށި. އާމިން.
އަޝްރަ
06 August 2023
މަށެއް ގައިމުވެސް މީނަޔަކަށް ވޯޓެއް ނުދޭނަން. މަގޭ އާއިލާ މީހަކުވެސް މީނަޔަކަށް ވޯޓެއް ނުދޭނެ. ވަރަށް ސަލާން.
ޙަބީބު.
06 August 2023
ވަރައްލަދުވެތި ނަތީޖާޔަކުން ގެޔައް ފޮނުވާލާފަ ވައްކަމުގެ ހުރިހާ މައްސަލައެއް ބަލާނަން
ފަހުދު.
06 August 2023
ތި ފޯމު ޑަސްބިނައް ލާ