ފޮއްތެޔޮ ފަޅު: އެތަން ކުއްޔަށް ދިނުން މަޑުޖައްސާލުމުގެ އަމުރެއް ނުދޭން ވަނީ ނިންމާފައި
07 އޯގަސްޓް 2023 - 13:27
ވ. ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން މަޑުޖައްސާލަން އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ރާއްޖޭގެ އޮތް އެންމެ ބޮޑު ފަޅު ކަމަށްވާ ފޮއްތެޔޮ ފަޅު ކުއްޔަށް ދޭން ސަރުކާރުން ނިންމުމުން ވ. އަތޮޅު ކައުންސިލުން ދައުވާކުރީ އެ ފަޅު ކުއްޔަށް ދެވޭނީ ކައުންސިލްގެ ނިންމުމާ އެއްގޮތަށް ކަމަށް ބުނެ އެވެ. އަދި ކައުންސިލުން ގޮތެއް ނިމެންދެން އެތަން ކުއްޔަށް ދިނުން މަޑުޖައްސާލުމުގެ އަމުރަކަށް ކައުންސިލުން އެދުނެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ދައުވާލިބޭ ފަރާތުގެ ޣައިރު ހާޒިރުގައި އެފަދަ އަމުރެއް ނެރެވޭނީ ވަކި ހާލަތްތަކެއްގައި ކަމަށް ވާއިރު، އެ މައްސަލާގައި އެފަދަ ހާލަތެއް އޮތްކަން ވ. އަތޮޅު ކައުންސިލަށް ބުނެދެވިފައިނުވާ ކަމަށެވެ.
އެހެންވެ، ޓޫރިޒަމް މިނިސްޓްރީގެ މައްޗަށް އެފަދަ އަމުރެއް ނެރެވޭނެ ތަނެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.
ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އެކަމުގެ އަޑުތައް ފެތުރެން ފެށުމުން ސަރުކާރުން ވަނީ އެއްވެސް ތަނެއް ނު އަގުގައި ނުވިއްކާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިލްޔާސް ވަހީދު
09 August 2023
ވ. ފޮއްތެޔޮ ފަޅު ކުއްޔަށް ދިނުން މަޑުޖައްސާލަން އަމުރު ނެރެދެވެން ނެތް އެކަމަކު އަޅުގަނޑުމެން ވ. އަތޮޅުރައްތަކުގެ ވޯޓް ސަރުކާރައް ދެވެންނެއިވާހަކަ ވެސްހަދާން ކޮއްދެން
އެމީހުން
07 August 2023
އަސްލު ކައުންސިލް އޮންނަނީ ނަމެއްގަ ސަރުކާރުން ބޭނުން އެއްޗެއް ހަދާނީ
ކުލައިޓް
07 August 2023
ފައިސާ އަކީ ބާރު ގަދަ އެއްޗެއް