ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެލެއްވި އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަން އަދި އެއާލައިން އޮޕަރޭޓަ ކޮމެޓީގެ އިސް ބޭފުޅުން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ނިޝާން އަލީ/މިހާރު
10 އޯގަސްޓް 2023 - 12:29
އެމްއޭސީއެލް އިން މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަކަށް 25،000ރ. ދޭން ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ނެރުނު ސާކިއުލާގައި ބުނީ ބޯނަސްގެ ގޮތުގައި 25،000ރ. ލިބޭނީ މިދިޔަ އަހަރު އެއްކޮށް މަސައްކަތްކުރި މުވައްޒަފުންނަށް ކަމަށެވެ.
މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން ކަމަށް އެ ސާކިއުލާގައިވެ އެވެ.
އެކަމަކު، ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަސްއެއް ނުލިބޭނެ އެވެ.
މިދިޔަ އަހަރުގެ ބޯނަސް ފައިސާ، އެންމެ ލަސްވެގެން އަންނަ އާދިއްތަ ދުވަހުގެ ކުރިން މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާކުރާނެ ކަމަށް ސާކިއުލާގައި ބުނެފައިވެ އެވެ.
އެމްއޭސީއެލްއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މުވައްޒަފުން އެންމެ ގިނަ ތަނެވެ. ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިދިޔަ އަހަރު އަހަރީ ބޯނަސްގެ ގޮތުގައި ވެސް ކޮންމެ މުވައްޒަކަށް 25،000ރ. ދީފައިވެ އެވެ.
އެ ފަހަރު ބޯނަސްގެ ގޮތުގައި ދިނީ 7،870.79ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުތަޤާލް
11 August 2023
ކޮބާ ބާކީ 15،000 ފަނަރަހާސް. ބޮލަކަށް ޖެހެންޖެހޭނެ 40،000 ސާޅީސްހާސް. ސަރުކާރަށް މިދަނޑިވަޅުގަ ވަރަށް ފައިސާބޭނުންވާނެ ވޯޓު ކައިރިވާތި. ??
އަހޫ1
10 August 2023
ކިތަންމެ ވަރަކަށް މިތާ ހަޅޭލަވާ ކޮމެންޓް ކުރިއަސް ގޭގައި މަސަތްކަތެއް ނުކޮށް ތިބޭ މީހުންނަކަށް ބޯނަހެއް ނުލިބޭނެއެވެ. އެހަކަށް ދުވަހު އުރީދޫ އިން ކުނިކަހާ މީހާއަށް ވެސް -/100000 އެއްލައްކަ ރުފިޔާ ބޯނަހުގެ ގޮތުގައި ދިނެވެ. މީ ސަރުކާރަށް އަހަރަކު އެއް ބިލިއަން ޑޮލަރު ދޭ ތަނެކެވެ. މީ އަސްލު ގާނޫގައި ބުނާ 1% ބޯނަސް އަދަދައްވުރެ މާ މަދު އަދަދެކެވެ.
އުދުޜާނީ
10 August 2023
ޑޮމެސްޓިކް ފްލައިޓްތަކުގެ އަގު އިންތިހާއަށް ބޮޑުކޮށް ރައްޔިތުން ފެލައިގެން ބޯނަސްދިނުން ރީއްޗެއްނޫން...ދައުރެއް ނިމިގެން މިދަނީ ވެރިކަންހޯދަން ބުނި ޑޮމެސްޓިކް ޓިކެޓް އަގުހެޔޮކުރަންބުނެ އެކަން ނުވެ...ނަމަވެސް ވައުދު ފުދިއްޖެޔޯ
މެންޓަލް
10 August 2023
ކޮއްކޯ އެމްއޭސީއެލް އާއި މޯލްޑިވިއަން އެއީ ދެ ކުންފުޏެއް
މައުމޫނ
11 August 2023
ނޭނގުމަށް ވުރެ ވަކިން ދެރަކަމެއް ހަމަ ނެތޭ! އޭގެ ގެއްލުމުގެ ހައްދެއް ހިސާބެއް ނެތޭ!
ނަޝީދާ
10 August 2023
އަހަރެންގެ ފިރިމީހާ އުޅެނީ ޓީއެމްއޭގަ ފަތިހު ދާގޮތަށް މުޅިދުވަހު ދޭހާ އަތްވެއްގަ ވެހޭހާ ވާރެއެެއްގަ އެކަމަކު މިދިޔަ އަހަރު ދިނީ 12000 ރުފިޔާ. ދެންހުރީ މަންތާ، ކޮއްކޮއަކީ އެތާގަ އުޅޭ ކެބިން ކުރޫއެއް، މާ ޑާކޫ ބައެއް އުޅޭތަނެއް . ﷲ އާއި ވަކީލް.
ކޮރަލް
10 August 2023
މިކަން ހުއްޓުވަން ކޯޓަށް ދާން ވީ އެވެ. ނޫނީ މަޖްލިސް ކުއްލި މައްސަލަ އެއް ހުށަހަޅަން ވީ އެވެ. އެމްއޭސީއެލް އެއީ ސަރުކާރު ކުންފުންޔެކެވެ. އެހެން ކުންފުނި ތަކާ ސަރުކާރު މުވައްޒަފުންނަށް ވެވޭ ވ ބޮޑު އިހްމާލް އެކެވެ. ދަރަނި އަޮތީ 100 ބިލިއަނުން މަތީގަ އެވެ. އެންމެ މުސާރަ ބޮޑު އެއް ކުންފުނިން ފައިސާ ބަހަނީ އެވެ.
ޟިން
10 August 2023
ސަރުކާރު ހިންގަނީ އެމް އޭ ސީ އެލް އިން. އެމް އޭސީ އެލް އިން ސަރުކާރު ހިންގން ފައިސާ ނުދޭނަމަ އެމް އޭ ސީ އެލް ގެ ފައިދާ ވަރައް މަތިވާނެ. ބޯނަސް ބޭނުން ވިއްޔާ އަވަހަ އެމް އޭ ސީ އެލްގެ ވަޒީފާއަކަ ވަދޭ.
ގާދިރު ސޭޓު
10 August 2023
ބޯނަސް ދޭން ކޮން ކަމެއްބާ ކުރީ؟ ތަނަށް ނުކަތާވަރަށް މުއައްޒަފުންލާފަ އެހާ ބޮޑު މުސާރައެއް ދީފަ، އަބަދު ސައިގަ ކޮފީގަ އުޅެފަ، ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ނުދީ ކީއްކުރަންދޭ ބޯނަހެއް
އިސްމާލި
10 August 2023
ބައްލަވާ މޯލްޑިވިއަން ގެ މުވައްޒަފުންނަށް ބޯނަސް ނުލިބޭތޯ. އެތަނަށް ލާފައި އެ ހުރި ހިންގުންތެރިއެއްގެ ސަބަބުން މޯލްޑިވިއަން ވަނީ މި ދުނިޔެ ފަހަނައަޅައި އުދުހިގެން ގޮސްފައި ނޫންތޯ؟
އުދުހޭ
10 August 2023
ރިޔާސީ ބޯނަސްތަ މީ؟
ރާއްޖެ
10 August 2023
ހެލޯ ބޭކާރު ސިވިލް ސާވިސް ކޮމިޝަން. ކޮންމެ އަހަރަކު މުވައްޒަފުންގެ އެޕްރެއިޒަލް ފުރަނީ ކޮން ބޭނުމަކުތޯ؟