އެޗްޑީސީގެ ބައެއް މުވައްޒަފުން އެ ކުންފުނީގެ ރަސްމިއްޔާތެއްގައި ބައިވެރިވަނީ: މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ބޯނަސް އިތުރު.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު
15 ޑިސެމްބަރ 2025 - 11:43
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ މި އަހަރުގެ ބޯނަސްގެ ގޮތުގައި ދޭނެ އެންމެ ބޮޑު އަދަދަކީ 18،600ރ. ކަމަށް ކަނޑައަޅައިފި އެވެ.
އެ ކުންފުނީގެ އިސްވެރިއަކު މިއަދު ވިދާޅުވީ، ބޯނަސް ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު ކަމަށެވެ.
އެޗްޑީސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި، އަހަރީ ބޯނަސް ދޫކުރަނީ މި އަހަރުގެ ތެރޭގައި އެ މުވައްޒަފަކު ހިދުމަތްކުރި މުއްދަތަކަށް ރިއާޔަތްކޮށްފަ އެވެ. އެހެންވެ، 18،600ރ. އަކީ އެންމެ ގިނައިން ލިބޭނެ މުވައްޒަފުންނަށް ޖެހޭނެ އަދަދެވެ.
"އެހެންވީމާ ހުރިހާ މުވައްޒަފުންނަކަށް 18،600ރ. އެއް ނުލިބޭނެ. ސާވިސް ޕީރިއަޑަށް ބަލާފައި ބޯނަސް ދޭނީ. އެކި ވަރަށް އެކި މުވައްޒަފުންނަށް ލިބޭނީ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރު އެޗްޑީސީގެ މުވައްޒަފުންގެ އަހަރީ ބޯނަސްގެ ގޮތުގައި ކަނޑައެޅީ 10،000ރ. އެވެ.
ދައުލަތުގެ ކުންފުނިތަކުން އެ ކުންފުންޏެއްގެ މާލީ ހާލަތަށް ރިއާޔަތްކޮށް ކޮންމެ އަހަރަކު ވެސް އަހަރީ ބޯސް އާންމުކޮށް ދޫކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިމީ ކޭޓަރުޖީ
16 December 2025
ބޯނަހާ، ރައްޔިތުންގެ ލާރިން ހިއްކައިދިން ބިމަކުން ހެޔޮއަގުގައި ފުލެޓު ގަންނަން ލިބުމާ، ބޮޑު މުސާރަޔާ... މި ހުންނަނީ އާދަޔާ ޚިލާފަށް ނަހަމަ ކަންކަން، ދައުލަތުގެ ކުންފުންޏެއް ކަމުގައި ވާއިރު
ރަށްއިތުމީހާ
15 December 2025
ވަކި ބަޔަކަށް ދޭށް ފަރުމާކޮށްފައިވާ ބޯނަސް އެއްތަ ތީ. މުއަށްޒަފުންގެ މެދުގަ ހަމަހަމަ ވާންޖެހޭނެ. މި ނޫނަސް ދުވަހެއް އެބައޮތް. އެއްބަޔަކަށް ދީފަ އެނެއްބަޔަކަށް ނުދީ ކޮބާ އިންސާފް
ދަރާ
15 December 2025
ޢެއްތަ މިލިޔަން ރުފިޔާއިން ދަރާ އަޅިބޯކާފަ އދިވެސް ބޯނަސް
ދަގަތްފާނު
15 December 2025
ޒާތެއްގެ ކުންފުންޏެއްގެ ނަމުގަ ރަށްހިންގައިގެން ރަށުއޮފީހު މުވައްޒަފުންނަށް ތިގޮތަށް ބޯނަސްދެވެންޏާ ރާއްޖޭ ހުރިހާ ރަށެއްގެ ރަށުއޮފިސް ކުންފުނިތަކަށް ނަން ބަދަލުކުރުން އަވަސްކުރަންޖެހޭ.
އައްބާސް
15 December 2025
މީ އެންމެ ކަންޖޫސް މުވައްޒަފުން ތިބޭ އެއްތަން. ހެދުނު ސައިން އިން ކުރާ ގޮތަށް ކެފޭ ތަކުގަ, ތަނަށް ފައިސާ ވަންނަނީ ބިމުގެ ކުލިތަކާ އަގުތައް ބޮޑު ކަމުން ކޮންމެހެން މުވައްޒަފުން ކުރާ މާބޮޑު ކަމަކުން ނޫން. ޑިޕާޓްމަންޓް ބޭފުޅަކާ ދިމާނުވެގެން ހަފްތާއެއް ވެގެން އެބަދޭ
ބުރަތޭރީ
15 December 2025
ސަރުކާރުގެ ކުންފުނިތަކާ، އޮފީސްތަކާ، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޯނަސް ދިނުން ހުއްޓާލަންޖެހޭ..އިތުރުގަޑީގައި ކުރާ މަސައްކަތަށް ފައިސާދިނުން މައްސަލައެއްނޫން.
ކަންލެނި
15 December 2025
މިއީ ކިހިނެއް ވީ ކަމެއް؟
ބޯނަސް
15 December 2025
ގިނާން ބޯނަސް ދީފަ ބަހައްޓާ، މިހާރުވެސް އެޗްޑީސީން ހިންގާ އެއްވެސް މަސްރޫޢެއް ނުނިމޭ. ގާޑަންސް އެޕާޓްމަންޓް 3 މަސްތެރޭ ނިންމަން ހަވާލުވިތާ 1 އަހަރުވަނީ އަދި ނުނިމޭ.
ގުލްޒާރު
15 December 2025
ހާދަ މުއްސަނދި ކުންފުންޏެކޭ. ދެން ހުރިހާ ކުންފުނިތަކުންވެސްވީ ބޯނަސްބަހަން ވެރިންގެ ހެޔޮފުޅުކަން ދައްކާން.
މުހައްމަދު25
15 December 2025
ކުންފުނިތަކައް ލިބޭ ވަރު އަދިވެސް ގިނައީ ، ފައިދާއެއްނުވާ ކަމައް ބުނަނީ ނާމަކު …