އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރަކަށް ހަމަޖެއްސި މުހައްމަދު އަސްބާހު އަލީ ނަސީރު.
03 އޯގަސްޓް 2025 - 13:55
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީ ނަސީރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފި އެވެ.
އެޗްޑީސީން މިއަދު ވަނީ އެ ކުންފުނީގެ ފަރާތުން އަސްބާހުއަށް މަރުހަބާ ކިޔާ ޕޯސްޓެއް ކޮށްފަ އެވެ. އާރުޑީސީގެ ޑީއެމްޑީގެ މަގާމަށް ޑިސެމްބަރު، 2023 ގައި އައްޔަން ކުރެއްވި އަސްބާހު އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އަސްބާހު އެޗްޑީސީއަށް މިއަދު ބަދަލު ކުރިއިރު، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރިން ހުންނެވި އަލީ ޒުހައިރު މިދިޔަ ބުދަ ދުވަހު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފަ އެވެ. ނޮވެމްބަރު، 2023 ގައި އާރުޑީސީއަށް އައްޔަންކުރި ޒުހައިރުއަކީ ސިފައިންގޭގައި ބްރިގޭޑިއާ ޖެނެރަލްގެ ރޭންކްގައި ހުންނެވުމަށްފަހު ރިޓަޔާ ކުރައްވާފައި ބޭފުޅެކެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު މިދިޔަ ބުދަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ރިޓަޔާ ކުރައްވަން ނިންމަވާފައި ވަނިކޮށް، މައުރޫފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ޕްރައިވެޓައިޒޭޝަން ބޯޑުން އެންގުމުން ކަމަށް އެނގިފައިވެ އެވެ.
ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ މަހުގެ 18 ވަނަ ދުވަހެވެ. އަދި އެކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މިދިޔަ މަހުގެ ކުރީކޮޅު އަންގަވައިފަ އެވެ.
ޒުހައިރުގެ ބަދަލުގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރަަށް ހަމަޖެއްސީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ނަޒީމެވެ. އޭނާ ވަނީީ ކުރިން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފަ އެވެ. އަދި މަގުތައް ހެދުމާއި ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށް ސަރުކާރުން ކުރިން އުފެއްދި ކުންފުނި (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ކުރިން އަދާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖައިލަމސލޑ
06 August 2025
ރަނގަޅު ނިންމުމެއް ކަމުގަ ދެކެން
ކަންޒޭ
04 August 2025
ބަލަދުއަރާފަ އުތަ؟
މަސީހަތްތަ
04 August 2025
އަސްބާހު ދަރިފުޅާ ތިޔަ ލިބުނު މަޤާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާތި. ދަރިފުޅުގެ ހެޔޮލަފާ ރަނގަޅު އުސޫލުތަކުގެ ފޮނިމީރުކަން މިޔަދު ތި ލިބެނީ.
މަބުނީ
03 August 2025
ދައުރު ނިމޭއިރުވެސް ، ކުޅިބައި އަތުރާ ނުނިމެދޯ؟
ލުފްޝާން
03 August 2025
އަސްބާހު އަކީ އަޅުގަނޑު ޕާސަނަލީ ދަންނަށް ބޭފުޅެެއް. ވަރަށް ހިންގުންތެރި މަސައްކަތްތެރި ބޭފުޅެއް. ކާމިޔާބީއަށް އެދެން
ޙުޝާންޓެ
03 August 2025
މުހައްމަދު އަސްބާހު އަލީ ނަސީރު ފަދަ ތަޖުރިބާކާރު ލީޑަރޝިޕެއް އެޗްޑީސީގައި މުހިއްމު ދައުރެއް އަދާކުރާތަން ފެނުމަކީ މޮޅު ކަމެއް. ދެމެހެއްޓެނިވި ބޯހިޔާވަހިކަމުގެ ތަރައްގީ ކުރިއަށް ގެންދިއުމުގައި ކާމިޔާބީއަށް އެދެން.
ބަދީއު ގާދިރް
03 August 2025
އަސްބާހު މެންފަދަ ގާބިލު ބޭފުޅުންގެ ބޭނުން އެޗްޑީސީ އަށް ވަރަށް ރަނގަޅަށް ހިފިދާނެ. ރަނގަޅު ޗޮއިސްއެއް
ޢަރުތަ
03 August 2025
ފަޒުލްއަށްވުރެވެސް ޤާބިލުވާނެ ދެއްތޮ.
މީހަކު ޕްރޮމޯޓް ކުރަން ކޮމެންޓް
04 August 2025
ތި ހުދުގަމީސް ލަޝްކަރުގެ މީހަކު ތަނަކަށް ލުމަކުން ނުލުމަކުން އެތަނުގެ ހިންގުމަކަށް ޤައުމަށް ރައްޔިތުންނަށް ވާނެ ފައިދާއެއްނެތް. ތި މީހުން ތަންތަނަށް ނުލިއަސް ކަންކަން ހިނގާނެ ހިނގާގޮތަށް
ނާހިޒް
03 August 2025
ތަންތަނުގެ ވެރިންނަށް ލާންޖެހޭނީ ސިޔާސީ މީހުންނެއް ނޫން. ގާބިލް ކޮރަޕްޝަން ނުހިންގާފަދަ މީހުންނަށް
ހަސަން އިސްމާއީލް
03 August 2025
ޒުވާނުންނަށް މިފަދަ މަގާމުތައް ދިނުމަކީ އުފާވެރި ކަމެއް،
އަލީ ވަހީދުބެ
03 August 2025
އުއްމީދު ކުރަނީ ރައީސް ބޭނުންފުޅުވާ ގޮތަށް އިހުލާސްތެރިކަން އިސްކުރައްވައި މަސައްކަތް ކުރައްވާނެ ކަމަށް