ރައީސް ނ. އަތޮޅުގައި: އެމަނިކުފާނު ވިދާޅުވީ އާރުޓީއެލް ފެރީން ނ. އަތޮޅު ބަދަލުކޮށްލާނެ ކަމަށް. -- ފޮޓޯ | އެމްޑީޕީ
13 އޯގަސްޓް 2023 - 11:42
މުޅި ރާއްޖެ ގުޅުވައިދޭނެ އާރުޓީއެލް ފެރީން ބޮޑު ތިލަދުންމައްޗާއި ހުވަދު އަތޮޅަށް ބޮޑު ބަދަލެއް ގެނެސްދެވިއްޖެ ކަމަށާއި އެ ފެރީގެ މިސްރާބު މިހާރު ހުރީ ނ. އަތޮޅު ބަދަލުކޮށްލުމާ ދިމާލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކެމްޕޭނަށް ނ. އަތޮޅަށް ވަޑައިގެން ޅޮހީގައި ރައީސް އިއުލާންކުރެއްވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ނ. އަތޮޅުގައި އާރުޓީއެލްގެ ދަތުރުތައް ފަށާނެ އެވެ. މި އަތޮޅަށް ބޭނުންވާ އާރްޓީއެލް ފެރީތައް ބަނުމަށް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ލޮހީގައި ސަޕޯޓަރަކު ރައީސްއާ އެކު ސެލްފީއެއް ނަގަނީ. -- ފޮޓޯ | އެމްޑީޕީ
ރައީސް ވިދާޅުވި ގޮތުގައި ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަމެއްދޭ ކަމެކެވެ. އެގޮތުން، ކުރިއަށް ގެންދާ އާރްޓީއެލް ފެރީގެ ނިޒާމްގެ ސަބަބުން މިހާރު ވެސް ބޮޑުތިލަދުއްމައްޗާއި ހުވަދު އަތޮޅަށް ފަސޭހަކަން ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
"އާރްޓީއެލް ފެރީގެ ނިޒާމާ އެކު ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް މި ރަށްތަކަށް ލިބިގެންދާނެ. ހިތްހަމަޖެހިގެން ދަތުރު ކުރެވޭ ވަރުގެ ލޯންޗުތަކެއް މި ހޯދައިދެނީ. ނ. އަތޮޅަށް ބޮޑު ބަދަލެއް އަންނަ ތަން ފެނިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
- ގިރާސަރަަހައްދު ހިމާޔަތްކުރުން،
- ޓޫރިސްޓުންނަށް ވަކި ބީޗެއް.
- 24 ގަޑިއިރަށް ހެލްތު ސެންޓަރު ބަދަލުކޮށް ލެބޯޓަރީއެއް ގާއިމްކުރުން.
- މަލްޓިޕާޕަސް ހޯލާއި ރިސޯސް ރޫމްތައް ގާއިމްކުރުން.
- ޔޫތު ސެންޓަރެއް.
- ފެނުގެ ނިޒާމްގެ މަސައްކަތް ސަރުކާރު ކުންފުންޏަކަށް ދީގެން ނިންމުން
ނ. ޅޮހިން ރައީސަށް މަރުހަބާ ދަންނަވަނީ. -- ފޮޓޯ | އެމްޑީޕީ
ރައީސް ވިދާޅުވީ މި ސަރުކާރު އައިއިރު ޅޮހީގެ އަސާސީ ހިދުމަތްތައް ވެސް އޮތީ ވަރަށް ދަތި ހާލެއްގައި ކަމަށެވެ. އެކަން ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް މި ސަރުކާރުން ދެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ސަރުކާރުން ރަށެއްގެ އާބާދީ ކުޑަވުމަކުން އެ ރަށެއް އެކަހެރިނުކުރާނެ އެވެ. ނަމަވެސް އެމަނިކުފާނާ ވާދަވެރި ކެންޑިޑޭޓުންގެ ސިޔާސަތަކީ މިފަދަ ރަށްތައް ބާކީކުރުން ކަމަށާއި އެކަން އެގޮތަށް ކުރާނެކަން ފާޅުގައި ބުނަމުންދާ ކަމަށެވެ.
ލޮހީގައި ރައީސް ވާހަކަ ދައްކަވާއިރު ސަޕޯޓަރުން އަޑުއަހަނީ. -- ފޮޓޯ | އެމްޑީޕީ
އެހެންކަމުން، ދެން ވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ނަމަ، މި ސަރުކާރަށް ވޯޓު ދެއްވައި އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
"މި ޅޮއްސަށް ބޮޑު ބަދަލެއް އަންނާނެ، އަޅުގަނޑުމެންނަށް ބޮޑު ތާއިދެއް ލިބޭނެ ކަމާ މެދު ޝައްކެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލުމީ
13 August 2023
އަންނަނީ އަންނަނީ ނާދޭ.. ކުރިން ބުނިއެތި ކެންސަލު
ހެދޭފޯދޭ
13 August 2023
ޅޮހީގަ ގެސްޓުން މާ ގިނައީބާ؟ ގެސްޓުންނަށް ވަކި ބީޗެއް ޅޮހީގައި ގާއިމްކުރަނީ.
މޯކީ
13 August 2023
މިލަދޫ މީހުންށް ފެނޭ؟ ކޮންޕިޓެންޓް ކައުންސިލެއް އޮތީމަ މިކަންކަން ކުރެވެނީ ސަރުކާރާ ގުޅިގެން. މިލަދޫ ކައުންސިލްގެ ވިސްނުންހުރީ ނޭފަތުކުރިއަށް.
އިބުރާހިން
13 August 2023
ޅޮއްސަކީ ވަރަށް އެމްޑިޕީ ބައިބޯ ރަށެއް. ފުރަތަމަ ދުވަހު ފެނިވަޑައިގަތީވެސް ވަރަށް ނިކަމެތިކޮށް މަކަށް ވިދާޅުވި. މި ފަސް އަހަރު ފަހުން މިފަހަރު އެރިއިރުވެސް އެއްވެސް ކަމެއް ކޮށް ނުދެވުނީމާ އެއޮތީ ހުރިހާ ކަމެއް އެއްފަހަރާ ނިންމަދޭނެ ކަމަށް ވިދާޅުވެފައި. މީ މި ފަސް އަހަރުތެރޭ ވަކިރަށެއް ބާނީ ނުކުރުމުގެ މަންޒަރު. ވަރަށް އުންމީދީ ބަސް ފުޅެއް.
ހިކާ
13 August 2023
މާ ސުލޯ އެއްދަރުުރން ނުވި
އިންމަ،
13 August 2023
- ފެނުގެ ނިޒާމްގެ މަސައްކަތް ސަރުކާރު ކުންފުންޏަކަށް ދީގެން ނިންމުން .. ކުރިންދައުރު ނުމިމުނީމަ ނިްނމުން ހާދަ މަޖާ ވައުދެކޭ
ޔަގީނޭ
13 August 2023
މުޅި ނޫނު އަތޮޅުގެ އާބާދީ ނާރައޭ 10 ހާހަށް ދެން އަތޮޅުގައި ދިރިއުޅެނީ އެކު ޖުމްލަ 3 ހާސް މީހުން ދެން އެމެން ނަކީ ހޮޅުއަށިތަކުގައި އަލިފުލައިލާ ވާހަކަ ކިޔަން ތިބޭ މީހުންނޭ ދެން އުޅޭ ޒުވާނުން އުޅޭނީ ފަތް ބޮއިގެން ބިތް ޖެހިފައޭ ދެން ސަރުކާރުން ބޮޑެތި ޚަރަދުކޮށްގެން ސްޕީޑް ލޯންޗް ގައި ތިޔާ ދަތުރު ކުރުމުން ގެއްލުމުގެ މައްޗަށް ގެއްލުން ވާނީ ތިއަށް ވުރެން ރަނގަޅުވީސް ނޫންތޭ މާލެ އާއި ހުޅުލެ އާއި ދެމެދު އާރުޓީއެލް ފެރީ ބާއްވާނަމަ އެއިރުން ފައިދާ ވާނެ
ނޫނުވީ
13 August 2023
ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ ސިނކުޑިތައް ތބީ ނޫނުގަ.