އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ފޮތްތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު: އެ ފޮތްތަކުގެ ތެރޭގައި ކުދިންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ފޮތް ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދޭ.-- ދޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
17 އޯގަސްޓް 2023 - 11:58
އިންޑިއާއިން ރާއްޖެއަށް 7،000 އަށް ވުރެ ގިނަ ފޮތް ހަދިޔާކޮށްފި އެވެ.
މިއީ މި އަހަރު ކުރީކޮޅު އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި އިއުލާނުކުރެއްވި، 215 ސްކޫލެއްގައި "އެންރިޗިންގް ސްކޫލް ލައިބްރަރީޒް" ޕްރޮޖެކްޓްގެ ދަށުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ 10،000 އަށް ވުރެ ގިނަ ފޮތުގެ ފުރަތަމަ ބެޗެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އިއްޔެ ޖަމާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި 7،115 ފޮތް ހަދިޔާކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އެކި ދާއިރާތަކުގެ ފޮތް ހިމެނެ އެވެ.
High Commission of India has presented 7115 books to @MoEdumv under the "Enriching Government School Libraries" program. In a ceremony held today, the books were handed over by the High Commissioner of #India to the #Maldives, @MunuMahawar to the Minister of Education @aisthly. pic.twitter.com/UzoEarwtQq
— Ministry of Education (@MoEdumv) August 16, 2023
އެ ފޮތްތައް ހަވާލުކޮށްދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ. ފޮތްތަކާ ހަވާލުވެ ވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެވެ.
އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޖައިޝަންކަރާ އެކު މަޝްވަރާކުރެއްވި، ލައިބްރަރީތައް މުއްސަނދި ކުރުމުގެ މަޝްރޫއު ހަގީގަތަކަށް ވުމަކީ ދިވެހި ދަރިވަރުންގެ އުނގެނުމަށް ލިބޭ އިތުރު ހިތްވަރެއް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިހާ
18 August 2023
އިންޑިއާ އާއިލާތަކާ ދަރިވަރުން މި ގައުމުގައި ގިނަވި ވަރަކަށް އެކުދިންނަށް ފޯރުކޮށްދޭން އިންޑިއާއިން ފޮތް ހަދިޔާކުރަންވާނެތާ.
5789
18 August 2023
އެއްވެސް ކޮމެންޓެއް ޕަބްލިޝް ނުކުރަނީ ރައްޔިތުން ދެކޮޅު ކަމެއްކަން ކޮމރެންޓްތަކުން އެނގޭތީތަ؟
އަޙުމަދު ރިލްވާން އަބްދުﷲ
18 August 2023
އިސްލާމް ދީނުގެ ދިފާއުގަ ކުރާ އެއްވެސް ކޮމެއްޓެއް ޝާޢިއެއްނުކުރާނެ.