ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައިި
01 ފެބުރުއަރީ 2017 - 18:22
ކ. ހިންމަފުށީގައި ގެސްޓް ހައުސްއަކަށް ހަދަން ފަށާފައި ހުރި ގެއެއްގެ ކުޑަ ދޮރަކަށް ވަޒަނެއް އަރައިފި އެވެ.
ސިފައިން ތަމްރީނު ހަދަން ބޭނުންކުރާ ގިރިފުށި ކައިރީގައި އޮންނަ ހިންމަފުށީގެ ގެއެއްގެ ދޮރަކަށް 2015 ގައި ވެސް ވަޒަނެއް އެރި އެވެ. އެ މައްސަލަ އޭރު ތަހުގީގު ކުރި ނަމަވެސް އެއީ ކީއްވެގެން ހިނގި ކަމެއްކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ހިންމަފުށީ ކައުންސިލްގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ގިރިފުއްޓާވީ ދިމާލު އަތިރިމަތީގައި ހުންނަ ލިލީނައިޓް ކިޔާ ގޭގެ ކުޑަދޮރަކަށް މިފަހަރު ވަޒަނެއް އެރީ ކޮންއިރަކު ކަމެއް އެނގިފައިނުވާ ކަމަށެވެ.
"ބޮޑަށް ބެލެވެނީ އެއީ ގިރިފުށިން އައި އެއްޗެއް ކަމަށް. މި ދޭތެރެއިން ތަމްރީނުތަކެއް އެ ރަށުގައި ކުރިއަށް ގެންދިޔަ. އެ ގެއަކީ މީހުން ދިރިއުޅޭ ގެއެއް ނޫން. އެހެންވީމަ އެއީ ކޮންއިރަކު އަރާފައި ވަޒަނެއް ކަމެއް ނޭނގެ،" ކައުންސިލަރު ވިދާޅުވި އެވެ.
ހިންމަފުށީގެ ގެއެއްގެ ދޮރަކަށް ވަޒަން އަރާފައި ހުއްޓާ ފެނިގެން ފުލުހުންނަށް އެކަން ރިޕޯޓްކުރީ މިއަދު ހަވީރު 4:15 ހާއިރު ކަމަށް ވެ އެވެ.
ހިންމަފުށީ ލިލީ ނައިޓްގޭގެ ކުޑަ ދޮރަކަށް ވަޒަން އަރާފައި. މި މައްސަލަ މިހާރު ދަނީ ފުލުހުން ތަހުގީގުކުރަމުން.
ކައުންސިލަރު ވިދާޅުވިގޮތުގައި ވަޒަން އަރާފައިވާ ގޮތަށް ބަލާއިރު އޭތި އައީ "މަތިން އޮއްސިގެން" އަންނަ ކަހަލަ ގޮތަކަށެވެ.
"އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައި. މި ވަގުތު ވެސް ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންބެ.
02 February 2017
ތިޔަކަން ސިފައިން އެންމެފހުން ނިންމާނީ ހިންމަފުށީގެ ރައިޔަތެއްގެ ބޮލަށް ވަޒަން އެރީމާ. މީގެ ހަހެއްރެއް ހާދުވަސް ކުރިން ހިގި ތިކަހަލަ ހަދީސާ ހިގަންދިމާވިގޮތް ތަހުގީކޮށް ދެވަނަ ފަހަރަށް ތިކަން ނުވާނެ ގޮތަށް އެޅިފިޔަވަޅެއް ނިކަން ސިފައިންގެ އިސްވެރިން ރައިޔަތުންނަށް ސާފު ކޮށްދީބަލަ.
1234
02 February 2017
ތިވާނީ ކާނަލް ނާޒިމްގެ ކޮޓަރިން ފެނުނު ވަޒަނަކަށް!
މައުމޫން
02 February 2017
ޢެ ވަޒަން އޮއްސިގެން އަންނަ ކަހަލަ ގޮތަކަށް އައިސްފައި ވަނީނަމަ ތިޔަ ވަޒަނަކީ ޝައްކެއްވެސް ނެތް ގޮތުގައި ޖައްވަށް ހަވަޔަށް ފަޒާޔަށް ޖަހާފައިވާ ވަޒަނެއް.
އ ލ ޤ
02 February 2017
2011 ގައި މިސްފަޔާރ އަކުން ޓްރެއިނިންގައި މީހަކު ނިޔާވި. 2015 ގައި ހިންމަފުށީގެއަކަށް ވަޒަނެއްއެރި. ރަށިމީހުން ކިޔާގޮތުން މަގުން ދިޔަ ދައްތަ 1 މިނެޓް ލަސްވިނަމަވެސް އެއީ ދައްތަ ދުވާލާނެ ވަޒަނެއް. މިއަދު ގެސްޓް ހައުސް އެއްގައި ވަޒަނެއް. ކޮން އިރަކުތޯ ފިޔަވަޅު އަޅަނީ. ޤައުމުގެ އަސްކަރިއްޔާގެ އެއްމެ މުހިއްމު ކަމަކަށް ރައްޔިތާގެ ފުރާނަ ނުވާތޯ. އެހެން ނަމަ ފަޔަރ ކުރާ ސަރަހަައްދު ބަދަލުކުރުން، ގިރިފުށި ނޫން ރަށެއް ހޯދުން ނުވަތަ ހިންމަފުށީމީހުން އެހެން ރަށަކަށް ބަދަލުކުރުން ނަމަވެސް ހައްލެއް ހޯދަން ޖެހެއެވެ. ކަށަވަރުވާކަމަކީ، ދިވެހި ރައްޔިތަކު ބަޑީގެ އުންޑަދަށުގައި ނިދަން ނުޖެހޭނެ ކަމެވެ. ޤައުމުގެ ވެރިޔާ އަދި އަސްކަރިއްޔާއިން ރައްޔިތުންގެ ސަލާމަތް ކަށަވަރު ކުރަންޖެހޭކަމެވެ.
އަހުމަދު
02 February 2017
މަތިން އޮައްސިގެން ވަޒަން އާދޭތަ
ފެންވަރު
01 February 2017
މިވާނީ ޖައްވަށް ވަޔަށް ފަޒާއަށް ޖެހި އެއްޗަކަށް!
އަދިވެސް ޖައްވަށް
01 February 2017
ޖައްވަށް، ފަޒާއަށް، ހަވައަށް، ތި ގިރިފުށީގެ ބަދަލުގަ ސިފައިން ޓްރޭނިންގް ހަދަން މީހުން ދިރިއުޅޭރަށެއް ކައިރީގައި ނުވާ ފަޅު ރަށެއް ދޭންވީނު
އަފިހުން ގޮއްޔެ
01 February 2017
ތިހުންނަނީ ތަބީޢީ ކަންތަކެއްނު.......ހީހީހީ
ކިޔުންތެރިޔާ767
01 February 2017
މަތިން އޮށްސިގެން ކިތަންމެ ބާރަށް އަޔަސް އެ ވެއްޓޭނީ މަތިން ހާމައަށް ހުރި އެއްޗަކަށް. އެއީ ފުރާޅު، ބިންމަތި، ގަސް ނޫނީ އެހެން ހުންނަ އެއްޗެއް ގެ މައްޗައް. ފާރު، ކުޑަދޮރު ފަދަ އެއްޗިއްސަށް ހެރޭނީ ދިމާލަށް އެއްލާ ނުވަތަ ޖަހާ ތަކެތި. މީ ހަމަ ބުއްދި ހުންނަ މީހަކަށް ނޭނގޭނެ އެއްޗެއް ނޫން.
އާމަރީ
01 February 2017
ނޫނޭ ބުރޯ. ސީދާ ދިމާ މައްޗަށް ނޫންގޮތަކަށް ޖަހާ ވަޒަނެއް ދުރަށް ގޮސްސަ ވެއްޓޭނީ މިގޮތައް އަދި ހަމަ ބާރު ސްޕީޑްގައި. މިފަދަ ސްޓްރޭ ބުލެޓްސްއިން މީހުން މަރުވެފަވެސް އެބަހުރި ބޭރު ގައުމުތަކުގަ. މިއީ ސީރިއަސް މައްސަލައެއް.
އަމާން
01 February 2017
މީހެއްގެ ބޮލަށް ނުވަންނަކަން.