ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި ބައިވެރިވި ބައެއް ނޫސްވެރިން.---ފޮޓޯ: ރައީސް އޮފީސް
22 އޯގަސްޓް 2023 - 22:53
މީޑިއާތަކުގެ ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖައްސައި، ރޭޓިން ނިޒާމެއްގެ ތެރެއިން އެ ފައިސާ ދޫކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
ރިޔާސީ އިންތިހާބަށް އެ ޕާޓީން ހެދި މެނިފެސްޓޯގައި "ހެޔޮވެރިކަން" މިއަދު ވަނީ ލޯންޗުކޮށްފަ އެވެ.
އެ ސިޔާސަތުގައި ބުނީ، މާލީ ގާބިލްކަން ހޯދުމަށް ވަކި ފަރާތަކަށް ބަރޯސާވުން ހުއްޓާލުމަށް ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުން ފައިސާ ކަނޑައަޅާނެ ކަމަށެވެ. އެ ފައިސާ ދޫކުރާނީ، މެނިފެސްޓޯގައި ވާ ގޮތުން ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅައި އޭގެ ދަށުންނެވެ.
އޭގެ އިތުރުން، މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރަޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ދިވެހި ސްޓްރީމިން ސާވިސްތަކާއި ޕޮޑްކާސްޓިން އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމްތަކުގައި ކޮންޓެންޓް އުފައްދާ މީހުންގެ ކުރިއެރުމަށް ބޭނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމާއި ފްރީލާންސް ޖާނަލިޒަމާއި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބޭނުންވާ ތަމްރީނާއި ތައުލީމީ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި އެ މީހުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްޑީއެފްސީ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް މެނިފެސްޓޯގައި ވެ އެވެ.
ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާއި މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް ފަސޭހައިން ފޯރުކޮށްދޭ ކޮންޓެންޓަށް ހެދުމަށް ވެސް، ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުމުގެ ބައިގައި ވަނީ ހިމަނައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުންސަރާސް
28 August 2023
ދައުލަތގެ ފައިސާއަށް ކުރާނެކަމެއް ނޭގިގެން އުޅޭހެން ހީވަނީ.. ކީއްތަވާނީ ނިކަމެތި ރައްޔިތުންނަށް ބަހަން ބަޖެޓެއް ކަނޑައެޅިއްޔާ. މީޑިޔާތަކަކީ ބޮޑު އަގުގައި އިސްތިހާރު ހޯދައިގެން ހިންގާ ތަންތަން. އަދިވެސް ދައުލަތުން އެބައިމީހުންނަށް ލާރި ދެވޭނެގޮތެއްވޭތޯ އެމްޑީޕީން ތި ބަލަނީ. އަނެއްކާ ޝަރުތުގައި ނޯވޭތޯ ސައިކާރު ހިންގާ މައިޕާޓީގެ އެކްޓިވިސްޓަކު ހިންގާ ތަނަކަށްވން؟ މަގޭ ވޯޓް ގެއްލުނީތި
ތުއްތުކޮއި
23 August 2023
މީޑިއާގެ ވާހަކަ މިހާރު ދައްކަން މާލަސްވެއްޖެ. ނޯ ޗާންސް
އަފްރާސިޔާބު
23 August 2023
އެއީ ޕާޓީތަކަށް ދޭ ފައިސާއާ އެއްފަދަ އެއްޗެއް. މީޑިއާ މިނިވަން ކުރެވޭނީ އެމީހުންނަށް މީހަކު "ހިލޭ" ދޭ ފައިސާ ދިނުން ހުއްޓިގެން. ރަނގަޅު ފިޔަވަޅެއް.
ސެމި
23 August 2023
އަފްރާސިޔާބު ސަރުކާރުން މިހާރުވެސް ފައިސާދޭ. މީޑިޔާއަށް ވާގޮތްފެނޭ. ސަުރުކާރުންބުނާ ސުރުހީހުންނަނީ ހުރިހާ މީޑިޔާގަ
ރޮކުސް
22 August 2023
މެނިފެސްޓޯގައި ލިޔާނެ ތަން ކޮޅެއް އޮތިއްޔާމޫ ކަރަންޓާއި ފެންބިލާއި އެތެރޭގެ އުދުހެމުގެ އަގު އަތްފޯރާ ފަށަށް ގެނެވުމުގައި މަނިކުފާނު ވިސްނާވަޑާއިގެންނެވާނެ ކަމަށް އުއްމީދު ކުރަން!
ރާއްޖެ
22 August 2023
ވެލްފެއަ ސްޓޭޓެއްތޯ މިއީ.