ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދު.-- ފޮޓޯ: މިލްޒީރޯ | މިހާރު
26 އޯގަސްޓް 2023 - 12:32
ބަނގުރާ ގެންގުޅުނު މައްސަލައެއްގައި ޕީއެސްއެމްގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާމިނަތު ޝާޔަން ޝާހިދުގެ ދެމަފިރިން ހައްޔަރުކޮށް، ޝަރުތުތަކަކާ އެކު އިއްޔެ ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ޝާޔަން އާއި އޭނާގެ ފިރިމީހާ އަހްމަދު ޝައްމާން ނަޒީރު ހައްޔަރުކުރީ ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅުނު ކަމުގެ ތުހުމަތުގަ އެވެ.
އެ ދެމަފިރިންގެ ބަންދުގެ މުއްދަތު ޖަހަން އިއްޔެ ކޯޓަށް ގެންދިއުމުން ޝަރުތުކުރުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް، އެ ޝަރުތާ ގުޅޭ އިތުރު ތަފުސީލެއް އަދި ނޭނގެ އެވެ.
ޝާޔަން ބަންދުން ދޫކޮށްލީ އޭނާ ހުރި ތަނުން ފެނުނު ބަނގުރާ ދަޅުތަކަކީ އޭނާގެ ފިރިމީހާގެ ތަކެތި ކަމަށް ބުނެފައި ވާތީ އާއި އޭނާ އަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ނުވާތީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
ޝަރުތުކުރުމަށް ފަހު ޝާޔަންގެ ފިރިމީހާ ވެސް ދޫކޮށްލި އިރު، އެތަނުން ފެނުނު ބަނގުރާ ދަޅުތަކަކީ އޭނާގެ ތަކެތި ކަމަށް ކޯޓުގައި އޭނާ އިއުތިރާފުވެފައިވާ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.
މި މައްސަލާގައި ޝާޔަންގެ ދެމަފިރިންގެ އިތުރުން ހަ މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ޝާޔަންގެ ދައްތަ ވެސް ހިމެނެ އެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރި ކަމުގެ ތުހުމަތު ކުރެވޭތީ އޭނާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ. ދެން ތިބި މީހުންގެ ބަންދަށް ވެސް 10-15 ދުވަސް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގެ ދެ ތަނެއް ފުލުހުން ރެއިޑްކޮށްގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާސީނު
27 August 2023
ހިތްގައިމު އެމްޑީއެއް!
ލޮލީ ޖާ
27 August 2023
މިހާރު ހުންނާނީ ރާކަނި މަސް ކެވިފާ ލޯލްލް
އިސްމާލި
27 August 2023
ސަފާރީ ރޭޕް ކޭސް ވަޔަށް، އަލީ ވަހީދު ކޭސް ވަޔަށް، ޝާޔަން ކޭސް ވަޔަށް؛ ހޯރަ އިއްބެ މިނިވަން، މިހެން ގޮސް ގުނާ އަދަދު ނުކުރެވޭނެ. އެއަރޕޯޓުން ހިފެހެއްޓި ޑްރަގު ޝިޕްމަންޓެއް ވަޔަށް.....މީ ދެން ވަރަށް ވާހަކަ މި ދެއްކުނީ.
ތުއްތޮލިބް
27 August 2023
މިނޫން ގޮތެއް... #4
އަވަސްވޭ
27 August 2023
ކަމެއްދިމާވެދާނެ އެކަމުން އިބަރަށް ހާސިލުކުރުން ބުއްދިވެރިވާންވީ. ދުނިޔޭގަ ހުރިއްޔާ ކޮންމެވެސް ދުވަހަކުން އޮފްކެޱޭނެ ދެން ވިސްނޭއިރު އޮންނާނީ މާލަސްވެފަ.
އަބްޑޫޅް +
27 August 2023
ބަނގުރާ ބުއިމަކީ މިހާރު، ހީނުކުރާހާ އާންމު ކަމެއް. ރާއްޖޭން ބޭރަށް ދާ ވަރަށް ގިނަ ދިވެހިން ބަނގުރާ ބޮއެ. ހައްޔަރު ކުރާނަމަ ވަރަށް ގިނަ މީހުން ތިބޭނީ ހައްޔަރުގަ. އަދި ސިފައިންގެ ކުދީންކޮޅު ވަރަށް ގިނައިން ރާއްޖޭން ބޭރުގަ ތިބި ދިވެހިން ހައްޔަރުގަ ބައިތިއްބައިގެން ރާއްޖެ ގެނައުމަށް ފޮނުވަންޖެހޭނެ.
ޥިސްނާ
26 August 2023
ޕެސްތު ދޫވީ، މިފަހަރުމީނަ، ދެންކާކުބާ، ބޯހަލާކު، ގައުމެއްނެއް
ޝަރުތު
26 August 2023
ޝަރުތަކީ އަސްލު ވޯޓު ލޫން
ހަސަންދީީ
26 August 2023
މި މައްސަލާގަ އެތައް މީހަކު ހައްޔަރުކުރިއިރު އެންމެ މީހެެއްގެ ނަން ނޫހުގަ ޖަހަންވީ ކީއްވެގެންބާ؟
ތެފައާސާ.
27 August 2023
ޕަބްލިކް ފިގާރއެއް ވީމަ. ޖަވާބު ލިބިއްޖެތަ؟
ޝާޔަންގެ ފިރިމީހާ
26 August 2023
ޝާޔަން މެން ވީމާ ދޫކޮށްލާނެ! މާލޭގެ ބޮޑެތި ގޭތަކުގެ ބޭފުޅުން ވީމާ! ބަލާލެން ރީތި ކޮންމެ އެއްޗެއް ވެސް ތެޅޭނީ މިފާޑަށް! ހިތުން ދެން މިވަރެއް ނެތް! ވަރަށް ފޫހި ބައެއް!
ރުގްޔާ
27 August 2023
ހަސަދަވެރި އަންހެނެއްގެ ކޮމެންޓްއަކާއި ވައްތަރު!
ޙިމް
26 August 2023
ހޮޓް ލޭޑީ