ޔަމަނުގެ އަލް ގައިދާ އަށް ދިން ހަމަލާގައި އަޕާޗޭ ހެލިކޮޕްޓަރު ވަނީ ބޭނުންކޮށްފައި.
02 ފެބުރުއަރީ 2017 - 11:33
ވޮޝިންޓަން (ފެބްރުއަރީ 2) - ޔަމަނުގައި ހަރަކާތްތެރިވާ އަލްގައިދާ އަށް އެމެރިކާގެ ކޮމާންޑޯ އިން އާދިއްތަ ދުވަހު ދިން ހަމަލާގައި އާއްމުން މަރުވެފައިވާނެ ކަމަށް އެމެރިކާ ސިފައިން އެއްބަސްވެއްޖެ އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ މަރުވި އާއްމުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނޭ ކަމަށެވެ. ބައިދާ ޕްރޮވިންސަށް އެމެރިކާ އިން ދިން ހަމަލާގައި އާއްމުންގެ 16 މީހުން މަރުވެފައިވާ ކަމަށް ޔަމަނުން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އަށް އަހަރުގެ އަންހެން ކުއްޖެއް ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ޔަމަނަށް ދިން ހަމަލާ އަކީ އެމެރިކާގެ އާ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ހުއްދަ ދީގެން ހިންގި ފުރަތަމަ އޮޕަރޭޝަނެވެ. އެމެރިކާ ސިފައިން ކުރިން ބުނެފައި ވަނީ ޔަމަނުގެ ޔަކްލާ އަވަށަށް ދިން ހަމަލާގައި ނޭވީ ސީލުގެ މީހަކު މަރުވެ ތިން މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހަމަލާ ދިނުމުގައި އަޕާޗޭ ހެލިކޮޕްޓަރުތައް ވެސް ވަނީ ބޭނުންކޮށްފަ އެވެ.
އެމެރިކާ ސިފައިން ބުނެފައި ވަނީ 45 މިނިޓުގެ ބަޑީގެ ހަމަލާގައި މަރުވި 14 މީހުންގެ ތެރޭގައި އަލްގައިދާގެ ތިން ލީޑަރުން ވެސް ހިމެނޭ ކަމަށެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ފައިދާ ނަގައި އަލް ގައިދާ އިން ވަނީ އެ ގައުމުގެ ދެކުނާއި އިރު ދެކުނުގައި ބާރުގަދަކޮށްފަ އެވެ. ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ޔަމަނުގައި ވަނީ ރައީސް އަބްދުލް ހާދީ މަންސޫރަށް ވަފާތެރި ސިފައިންނާއި ޝިއައީ ހޫތީންނާ ދެމެދު ހަނގުރާމަ ހޫނުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޮރޭ
02 February 2017
ތިއީ އޮބާމާ ވަގުވަގަށް މުސްލިމުންނާ ދެކޮޅަށް ހިންގާފަ ހުންނަ ޖަރީމާތައް،
ވޯޓަރބޯރޑިންގް
02 February 2017
ނޭގެއެއް ނޫން ދޯ ތީގައި އަލްގައިދާ މީހުން އާންމުން އައްޑަނަ އަކަށް ބޭނުން ކުރީ ކަމަށްވެސް އެމެން ފިލަން ވެގެން. ތިޔާ އަލްގައިދާ އަކީ އެއީ މިގައުމުގެ ރަންރީނދުލޭ މެން ފަދަ ކްރޭޒީ ބަޔެކެވެ. ތިޔާއީ މިދުނިޔެ އިން ނައްތާލަން ޖެހޭނެ ބަޔެކެވެ. ޔަމަން ހުރިހާ ރައްޔިތުން ނިކުމެ އަލްގައިދާ އެއްޗެހި ތައް ހިފާ ހައްޔަރު ކޮށް ޔޫއެސް އާއި ހަވާލު ކުރަން އުޅެގަ. އެއިރުން މަމެން އެމެން ގުއަންޓަނާމޯ ބޭ އަށް ގެންގޮސްގެން ވޯޓަރ ބޯރޑިންގް ހަދާނަމެވެ. ޔަމަންގެ ކުޑަ ކުދިންނާއި އާންމުން މަރާލީ އަލްގައިދާ ކަމަށް ވުމަކީ އެއީ ކައިރި ކަމެކެވެ.