ދިރާގު "މައި ސާވިސް" ޕޯޓަލް ބޭނުންކުރަނީ. -- ފޮޓޯ: ދިރާގު
27 އޯގަސްޓް 2023 - 11:28
ކަސްޓަމަރުންގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަމްބަރުތައް ފަސޭހައިން ޗެކުކޮށް މެނޭޖުކުރުމަށް "މައި ސާވިސް"ގެ ނަމުގައި ދިރާގުން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނި ގޮތުގައި މި ޕޯޓަލް އަކީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ދާދި ފަހުން އަމަލުކުރަން ފެށި މޮބައިލް ނަންބަރު ރެގިއެލޭޝަނާ ގުޅިގެން ގެނައި، މޮބައިލް ނަންބަރު ލިމިޓޭޝަނާ އެކު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް ތައާރަފްކުރި ޕޯޓަލްއެއް ކަމަށެވެ.
މޮބައިލް ނަންބަރު ރެގިއެލޭޝަނަށް ގެނައި ބަދަލުގައިވާ ގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންގެ ނަމުގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ ތިން މޯބައިލް ނަންބަރެވެ. މި ލިމިޓޭޝަންގައި ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނޭނެ އެވެ.
Ownership Portal | Dhiraagu
ދިރާގު މައި ސާވިސް ޕޯޓަލް
ދިރާގުން ބުނި ގޮތުގައި މި ޕޯޓަލް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާ އެކު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި، ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރުވާ މޮބައިލް ނަންބަރުތަކަށް ބޭނުން ފިޔަވަޅެއް އެޅޭނެކަމަށެވެ.
ދިރާގު "މައި ސާވިސް" ޕޯޓަލް މެދުވެރިކޮށް ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަންބަރުތައް އެފަރާތްތަކަށް މެނޭޖް ކުރެވޭނެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާރިސާ
28 August 2023
އައިޑީ ކާޑު ޖަހާއިރަށް ދެން ވަނީ ތާށި. ދިވެހި ބަހުން ބުނާނަމަ ވަނީ ސުޓަކް.
އަލީފާނު
27 August 2023
ހަމަ ތެދެއް. އެއްޗެއް ހެދުނީމަ ނިމުނީތަ. އައިޑީކާޑު އަޕްލޯޑް ކުރާ ހިސާބަށް ދިޔައީމަ ދެން ވަނީ ސްޓަކް. ދެން ކިހިނެއް ހުރިހާ ނަންބަރެއް ބަލާނީ. ހުވާ ދިވެހިން ކުރާ ހުރިހާ ކަމެއް ހުންނަނީ މި ވައްތަރަށް.
އިރޭ.އޭއީއައިއޯޔޫ
27 August 2023
ކަލޭމެން ވާނުވާ ނުބަލާ ފިތައިގަންނަނީ..މަށަށް ހަމަ ބަރާބަރު..
ޅިޔަނުބެ
27 August 2023
މީތި ވޯކެއްނުކުރޭ ކިހިނެއް ތިހަދަނީ އައިޑީ އަޕްލޯޑް ކުރާހިސާބަށް ދިޔައިމަ ގުޑައެއް ނުލައޭ. ރަނގަޅުކޮށްބަލަ
މުސަޅު
27 August 2023
މަސައްކަތް ކުރޭ ބަރާބަރަށް، ކުޑަކޮށް ކަމާ އުޅެލަބަލަ
ކިރިޗާލިގޫ
27 August 2023
ޅިޔަނާ މަށަށް ހަމަ ބަރާބަރު
ހސވަ
27 August 2023
މީ ރަނގަޅު ކަމެއ.