ޚަބަރު / ރިޔާސީ އިންތިޚާބު 2023

މަޑުއްވަރީ، މީދޫން މުއިއްޒަށް ދިނީ ބޮޑު ތާއީދެއްގެ ޔަގީންކަން

މީދޫން މުއިއްޒަށް މަރުހަބާ ދަންނަވަނީ

29 އޯގަސްޓް 2023 - 16:50

9 comments

ރ. އަތޮޅަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރައްވަމުން ގެންދަވާ ދަތުރުގައި މީދު އަށް މިއަދު ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މި ދަތުރުގައި މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތީ އަލިފުއްޓަށެވެ. މެންދުރު މަޑުއްވަރީ އަަށް އަދި މެންދުރުފަހު މީދު އަށް ވަޑައިގެންނެވި އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރަށް ހުރަސްތަކެއް އެޅުނު ނަމަވެސް، މީދޫން ވަރަށް ގިނަ ބަޔަކު މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔަން ނުކުތެވެ.

"ނިސްބަތުން އެންމެ ބޮޑު ތާއިދެއް މުއިއްޒަށް ލިބޭނެ ރަށަކީ މިއީ،" މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ހުރި މީހަކު ބުންޏެވެ.

މުއިއްޒު ރަށަށް އަރާވަޑައިގެންނެވިއިރު ސަލާމްކުރުމަށް ދިގު ސަފެއް ދަމާލާފައި އޮތް އިރު ވަރަށް ފޯރީގައި ނަށައި އުފާ ފާޅުކުރަމުންދިޔަ އެވެ. އެ އެންމެން ވެސް ތިބީ ވަރަށް ގިނަ އުއްމީދުތަކާ އެކު އެވެ.

މީދޫން މުއިއްޒަށް މަރުހަބާ ދަންނަވަނީ: މީދޫގެ ތާއީދު ބޮޑުކޮށް ލިބޭނެ ކަމަށް ރަށުގެ ޕީޕީއެމް ސަޕޯޓަރުން ބުނޭ

"މިދިޔަ ފަސް އަހަރު މި ރަށް 10 އަހަރު ފަހަތަށް ސޮއްސާލައިފި. ދެން ބޭނުންވަނީ ބާރު ސްޕީޑް ތަރައްގީ،" މީދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މީދޫ ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ދެން ވެސް ތަރަައްގީ ލިބޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް އޭނާ ބުންޏެވެ.

އަބަދުވެސް ޕީޕީއެމްގެ ތާއީދު ބޮޑު ރަށުގެ މީހުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މީދޫން އެދޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. ވިދާޅުވީ، ވެރިކަމަށް އަންނަނީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ކަމަށެވެ.

މީދޫން މުއިއްޒަށް މަރުހަބާ ދަންނަވަނީ: މީދޫގެ މެޖޯރިޓީ ބޮޑުކޮށް ލިބޭނެ ކަމަށް ރަށުގެ ޕީޕީއެމް ސަޕޯޓަރުން ބުނޭ

މީދޫން އެންމެ ބޮޑަށް އެދެމުންދާ ކަމަކީ ރަށުގެ ބިން ބޮޑުކޮށް ގެދޮރުވެރިކަމުގެ މަޝްރޫއުއަކަށެވެ. މުއިއްޒު ވިދާޅުވީ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައި، އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ހަދާ ތަރައްގީ ކުރާނެ ކަމަށެވެ.

އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބައްދަލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުން އެދޭ ހުރިހާ ކަމަކަށް އަޅުގަނޑުމެން އިޖާބަދޭނަން. ރައްޔިތުންގެ އަޑުއަހައިގެން ދާނީ ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.

މަޑުއްވަރީގައި ވެސް މި ވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ، އިޖުތިމާއީ މައްސަލަތައް ވެސް ގުޅިފައިވަނީ ކުދިކުދި ތަންކޮޅުތައް ބަހައިގެން ދިރިއުޅެން ޖެހިފައިވުމާ ކަމަށެވެ. އެހެންވެ، ރަށުގެ ބިން ބޮޑުކޮށް ގެދޮރުވެރިކަން ބޭނުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީން މުއިއްޒަށް މަރުހަބާ ދަންނަވަނީ: އެ ރަށު ބިން ހިއްކަވާނެ ކަމަށް ވިދާޅުވި

އެކަން ހައްލުކުރުމަށް މަޑުއްވަރީގެ ބިން ހިއްކާާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހާ ބޮޑު ސަރަހައްދެއް ހިއްކެން ނެތް ނަމަވެސް، އެންމެ ބޮޑަކަށް ހިއްކައި އެ ތަން އެންމެ ބޭނުންތެރި ގޮތަށް ޕްލޭންކޮށްގެން ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި އެވެ.

މީދޫގެ އުތުރު ބަނދަރު ތަރައްގީ ކުރުމަށާއި ހޮސްޕިޓަލެއް އިމާރާތް ކޮށްދިނުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

މަޑުއްވަރީއަކީ ޕީޕީއެމްގެ ތާއިދު ކުޑަ ރަށަކަސް އެކަން ބަދަލުވަމުން އަންނަ ކަމަށް ސޯދިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި މަޑުއްވަރީން މި ފަހަރު މެޖޯރިޓީ ނަގާނީ މުއިއްޒެވެ.

9 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 0%
icon angry icon angry 32%
icon wow icon wow 4%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީދޫ މީހާ

30 August 2023

ރ.މީދޫއަށް ކިޔާ އުޅޭނީ ފިއްލެޔޮ އައިލެންޑް. އެއީ ރަށުން ބޭރުން ކިޔަވަން އައިސް ތިބޭ ކުދިންގެ ގަޔަށް ފިއްލެޔޮ ޖަހާތީ. ރަށުން ބޭރުކުދިންނަށް ވަރަށް ދުއްތުރާކޮށް އުނދަގޫވެސް ކުރާނެ. އެރަށުގެ މީހުން ދެން މާ ތަރައްޤީގެ ވިސްނުން ވިސްނައޭ ބުނީމަ.

The name is already taken The name is available. Register?

ހުވާކުރޭ

29 August 2023

އަރާ ކޮންމެ ރަށަކުން ތިހާބޮޑެ ތާއީދެއް އޮތްނަމަ ކީއްކުރަން ކުރާ ކެމްޕޭނެއް. އަވަހަށް އެނބުރި މާލެއައިސް ހުވާކުރަންވީނު. ބަޔަކަށް ހީވާކަހަލަ ދެންތިބެނީ ހުސްމޮޔައިންހެން

The name is already taken The name is available. Register?

ސުއްލަމް މިޔާ

29 August 2023

ދޮން ކަލޯ އަށް ވެރިކަން އޮތީ ލިބި ނިމިފައި ! އެހެންވީމާ މިވަގުތު ކެމްޕައިން ކުރުމުގެ މާ ބޮޑު ބޭނުމެއް ނެތް! އަވަހަށް އެނބުރި މާލެ އަށް އާދެވޭތޯ ބަލާ

The name is already taken The name is available. Register?

87878

29 August 2023

މުއިއްޒުއަކީ އިސްލާމީ ތައުލީމު ލިބިހުރި އިލްމީ ބޭފުޅެއް. އިސްލާމީ އުއްމަތުގެ ވަލިއްޔުލް އަމުރުގެ ހުރިހާ ޝަރުތެއް ހަމަވާ ކެންޑިޑޭޓެއް އަދި މިލިބުނީ. މިއީ ﷲ މިދިވެހި އުއްމަތަށް ލެއްވި ރަހުމަތެއް.

The name is already taken The name is available. Register?

ކަހުރަބު

29 August 2023

މުއިއްޒުއަށް ވާނީ މިކަން

The name is already taken The name is available. Register?

ކަރާސީނު

29 August 2023

2013 އިން 2018 އަށް އޮތް ގޮށްމުށު ސިޔާސަތު އިޔާދަވާކަށް ދިވެހިން ނޭދޭ!

The name is already taken The name is available. Register?

ރަދީފުގެ ބައްޕަ

29 August 2023

އެހެންދޯ..ސޮއްސާލާފަ އޮތް ވަރަށްވުރެ ބޮޑުވަރުވާންދޯ ބޭނުންވަނީ

The name is already taken The name is available. Register?

ޣހގހގ

29 August 2023

ދިވެހިންގެ ނަމުގަ ވާހަކަނުދައްކާ. އަހަރެމެންނަށް ފރންނީ މެގަޕްރޮޖެކްޓްތައް ހިންގިތަން. އެއީ ހެޕަނިންގ ދުވަސްވަރަށް. އުފާވެރިކަމާ ހިތްހަމަޖެހުން އެދުވަސްވަރު އޮތީ.

The name is already taken The name is available. Register?

ސަނީޒާ

29 August 2023

މުއިއްޒު އަށް މަޑުއްވަރީ ނުނެގޭނެ. ކާކު ދެއްކި މޮޔަ ވާހަކައެއް. މުއިއްޒުއަކީ ވަރަށްވެސް މަކަރުވެރި ވާހަކަ ދައްކާ މީހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454