ޕީޕީއެމުން މިއަދު ބޭއްވި ޕްރެސްގައި، އެ ޕާޓީގެ އެސްޖީ އަދި ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ތަރުޖަމާނު ތޮލާލް ވާހަކަދައްކަވަނީ.-- ފޮޓޯ: ޕީޕީއެމް
29 އޯގަސްޓް 2023 - 20:16
ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ބުނެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މަސްއޫލިއްޔަތަކީ އިންތިހާބުގެ އިދާރީ މަސައްކަތްތައް ކުރުން އެކަނި ނޫން ކަމަށެވެ.
އިންސާވެރިކަމާއި މިނިވަންކަމާ އެކު ރައްޔިތުންނަށް ވޯޓުލުމުގެ ހައްގު ކަށަވަރު ކޮށްދިނުމަކީ އެ ކޮމިޝަންގެ ގާނޫނުން މަތިކޮށްފައިވާ ޒިންމާއަކަށް ވިޔަސް އީސީން ބަސް ބުނަންޖެހޭ ތަންތަނުގައި ބަސް ނުބުނެ، ގާނޫނީ ޒިންމާ އަދާނުކޮށް، ސަރުކާރުން އަންގާ ގޮތަށް ކަން ކުރަމުންދާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ ތޮލާލް ވިދާޅުވި އެވެ.
މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމުން ފާޅުކުރި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލެ ސިޓީ ކައުންސިލްގެ ހުއްދައާ އެކު، ގްރީން ޒޯންގައި ހަރުކުރި ދިދަތައް ނަގަން އެމްއެންޑީއެފުން، ސިޓީ ކައުންސިލަށް އެންގި އެންގުމެވެ.
ތޮލާލް ވިދާޅުވީ ގްރީން ޒޯނުގައި ދިދަ ހަރުކުރެވޭނީ ސިފައިންގެ ހުއްދަ ނަގައިގެން ކަމަށް ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކުރިން ދިމާވި ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގައި، ހަމަ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، މި ވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން އެ މަނިކުފާނަށް މި އިންތިހާބު ކާމިޔާބު ނުވާނެ ކަން ކަށަވަރުވީމާ އެކި ގޮތްގޮތުން، ސަރުކާރުގެ މުއައްސަސާތައް ބޭނުންކޮށްގެން ނުވަތަ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ހުރަސް އެޅުމުގެ އަމަލުތައް އެ ހިންގަނީ. އެގޮތުން ހިންގާ އަމަލެއް މިއީ ވެސް،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ އީސީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
މުއިއްޒުގެ ނަމާ ދިމާލުގައި ޕީޕީއެމްގެ ލޯގޯ ޖެހުމަށް މަސައްކަތް ކުރެއްވި ކަމަށް ތޮލާލް ވިދާޅުވި އެވެ. އެކަމަކު، އެ ފުރުސަތު ވެސް ނުދީ ދެ ޕާޓީން ފޮނުވި 8 ސިޓީގެ ތެރެއިން ޖަވާބު ދިނީ ދެ ސިޓީއަކަށް ކަމަށް ތޮލާލް ވިދާޅުވި އެވެ.
"މިކަމުން ވެސް އެނގެނީ އިލެކްޝަންސް ކޮމިޝަންގެ ތެރެއަށް ނުފޫޒު ފޯރާފައި އޮތް މިންވަރު،" އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަމާ ދިމާލުގައި އެ ޕާޓީގެ އިތުރުން އެމްޑީއޭ އަދި އަދާލަތު ޕާޓީގެ ލޯގޯ ޖެހުމަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، ގަވައިދު ތަން ނުދޭތީ އެ ޕާޓީ އަށް ވެސް ފުރުސަތު ނުދިނީ ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ހުށަހެޅުމާ ގުޅޭގޮތުން ދިނީ އެއް ޖަވާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާތު ކުލަ ކުލައިގެ ގަލަން ބޭނުންކޮށްގެން، ކުންފުނިތަކުގެ މުވައްޒަފުން ވޯޓު ދިން ގޮތް ކަށަވަރުކުރަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އެކަން އީސީގެ ސަމާލުކަން ގެނައި ނަމަވެސް އަދި ޖަވާބެއް ނުދޭތީ ތޮލާލް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ވޯޓިން ބޫތުތައް ބަހައްޓާއިރު، ވޯޓު ލާ މީހާގެ ހަރަކާތްތައް ފެންނާނެ ގޮތަށް ބެހެއްޓުމަށް ވެސް އެ ޕާޓީން ހުށަހެޅި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މިއޮތީ
30 August 2023
އަމިއްލަ ޕާޓީއިން ނުވަތަ ޕާޓީތަކުން ނެރޭ ކެނޑިޑޭޓަށް ތާއީދު ނެތުމުން ނުފޫޒު ފޯރުވަނީއޭ ބުނުމަކުން ނުފުދޭ. ތާއީދު ހޯދޭނީ އެކަމުގެ އުކުޅުތަކާއި ކަންކަން ކުރަންވީ ގޮތް ރަނގަޅަށް އެނގިގެން. ތިހާ ފިނޑިމީހުން ރަނގަޅުވާނީ މިކަހަލަ ކަންކަމަށް ނުނިކުތިއްޔާ!!!
ބަބުރު
30 August 2023
އިންތިހާބު ސަރުކާރަށް ނުފޫޒު ފޯރުވާތަން މަށަށް ފެންނަނީ!
އިލި
30 August 2023
ޕޕމގެ ކެޑިޑޭޓަކުނުހުންނާނެ ޕީ އެން ސީ ކެޑިޑޭޓް އޭކިޔާ އިޔޮއްހާދުވަހު މުއިޒު ހުރީ ޕޕމގަ ހަމަކުއްލިޔެކައް ޕީ އެން ސީ ޔައް ބަދަލުވެލީ ހުރިހާކަމަކުން އޮޅުވާލުން
ދޮންހުސޭނު
30 August 2023
ނުފޫޒު ފޯރުވަނީކީ ނޫން. ނުހުވޭނެކަމުގެ ހިތުބިރާ އެކު އެއްކަލަ އިތުބާރުނެތް ކޮމިޝަނުގައި ޗުކުޗުކުލައްވަނީ.
ފީލިންގ
30 August 2023
އާން ވޯޓު ކަރުދާހުގައި ޖަހާ ފާހަނގަ ވެއްޓޭ ވާހަކަ ބަޔަކު ދައްކަން އެބަ ރެޑީވޭ..
ކަރާސީނު
30 August 2023
ރުއްރުކަށާއި އަސުރުމާ ފިޔާތޮއްޓަށް ބަލައިގެން ހިނގާ ބަޔަކަށް މިފަހަރު ތިވަނީ "ޑިމޮކްރެޓްސް"ގެ ކުލައާއި ދާދި އެއްގޮތް އޮތް، ލޯގޯ އިންނަގޮތްވެސް ނޭނގޭ ޕާޓީއެއްގެ ކެންޑިޑޭޓަކަށް ވޯޓުދޭން ޖެހިފަ. ލައްކަ ވޯޓު ގެއްލޭނެ ސަބަބަކަށް މިކަންވެސް ވާނެ.
ކާތިބު
30 August 2023
މިހާރު ދެން ޕީޕީއެމްގެ ސަޕޯރޓަރުންނަށް ދަންނަވަން އޮތީ ހަގީގަތް ގަބޫލުކޮށް ﷲ އަށް ބިރުވެތިވެ މަޑުމައިތިރި ވާށެވެ. ޕީޕީއެމްގެ ކެންޑިޑޭޓެއް ވެސް ލޯގޯ އެއް ކުލައެއް ވެސް 2023ގެ ރިޔާސީ އިންތިޚާބުގެ ކަރުދާހުގައި ނޯންނާނެކަން މިހާރު އެނގި ކަށަވަރުވީ ނޫންތޯ! ދެންވެސް މަކަރާ ހީލަތް ހެދުން ހުއްޓާލާފަ ހެޔޮ ހިތުން ތިމާމެންގެ ދަރިންގެ ހައްގުގައި ނުކުމެ އަނިޔާވެރި ކަމާއި ދެކޮޅަށް ގައުމުގެ ތަރައްގީއަށް ވޯޓު ދެމާތޯ؟ #އިބޫއަސްލަމް2023 އަކީ އޮތް ހައްލު.
ކަލުބެ
29 August 2023
ވޯޓް ކަރުދާސް ވޯޓްލާ މަރުކަޒަށް ގެންދިއުމަށް ފަހު ވޯޓުން މަކަރު ހަދާނެ ގޮތެއް އެއްވެސް މީހަކު ބުނެދީފާނަންތޯ؟ ވަރަށް ބޭނުން އެގެން. މޮޅިއްޔާ ކިޔާދީބަލަ!
ކެރެޓް
30 August 2023
ބަލަ ކުރީ ފަހަރުވެސް ނުލާހިކު ސަރީހަކޮށް އެވާގޮތް ޕީޕީއެމްގެ ބޭފުޅަކު ކިޔައިދިނެއްނު؟ ފާހަގަ ތިރިއަށް އަމިއްލައަށް ވެއްޓެނީ! އެކަމަކު މިިފަހަރު އަރާނީ މައްޗަށް.
ހަމަޖެހޭބާ
29 August 2023
މުއިއްޒުގެ ނަމާއިދިމާލަށް ޕީޕީއެމް ލޯގޯ ޖެހެންޏާ ފާރިސްގެ ނަމާއި ދިމާލަށް ޕީޕީއެމް ލޯގޯ ނުޖެހެންވީ ކީއްވެ؟ ދެން ގުރީން ޒޯނުގައި ކެމްޕޭނު ދިދަތައް ދެމެންނާ ގައުމީ ދިދަ ތިރިކޮށް އެތަނަށް މުއިއްޒުގެ ދިދަ ނަގަންވީނު. ދުވަހަކުވެސް އެފަދަގޮތަކަށް މިރާއްޖޭގައި އަމަލުކުރެވުނުތަ؟ ނިކަން ހަމަޖެހޭ ކަންކަން ކުރަން އުޅެބަލަ. ނުހޮވޭނެކަން ޔަގީންވާތީ ތިއުޅެނީ އެހެން ގޭސްގަނޑެއް އަނބުރަން.
ހައްގު ތެދު
29 August 2023
ހަމަ ގައިމުވެސް އިބޫ މަކަރު ނަހަދާ މޮޅެއް ނުވެވޭނެ ކަން ޔަގީން
އަފްރާސިޔާބު
29 August 2023
މަކަރު ހަދާނަމަ މޮޅުވާނެ. ދެން މަކަރު ވަކަރަށްވެ ނިމިދާނީ. ފޮހެވޭ ފާހަގަ އީސީ ސަރީފޫގެ އަތުގައި އެބޮތް. އެހެންވީމާ ދޫކޮށްނުލާ އެއުޅެނީ.
މަކަރޭއަށް
29 August 2023
މަކަރު ހަދާނެގޮތް ނިކަން ބުނެބަލަ. މިއީ 2023. ކުޑަ ކާފު ބޮޑު ކާފު ޒަމާނެއް ނޫން. ބަލިވާނީ ތާއީދެއް ނެތީމައި. ދުވަހަކުވެސް ބަލި ގަބޫލުކުރަން ނޭނގޭނެ. ދެދޮރު ދޭތެރެއިން ބޯ ނެރެގެން އީސީ ފުއާދު ގޮވަން ތައްޔާރުވޭ!
އާދޮގޭ
29 August 2023
ނިކަން ބަލަންތިބޭ. ހަޖަމުވެސް ނުވާނެ ބޔަކު އުޅޭނެ. އިބޫގެ ތާއީދުވެސް ދަށެކޭ ނުބުނެވޭނެ. އިމާމުވެ ނަމާދު ނުކުރިޔަސް