މިރޭގެ ނައިފަރު ޖަލްސާގައި ޝިޔާމް ވާހަކަ ދައްކަވަނީ: ރައްޔިތުން ވޯޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ގޮވާލެއްވި
31 އޯގަސްޓް 2023 - 23:22
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައްޔިތުން ފަރާވެރިވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިންގައި މިރޭ ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރިޔާސީ އިންތިހާބާ މެދު ކޮންމެ ރައްޔިތަކު ވެސް ވަރަށް ފާރަވެރިކަމާ އެކު ވިސްނަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ހުރިހާ އުއްމީދެއް ގުޅިފައި މިއޮތީ އިންތިހާބާ. މިއީ ގައުމީ މަސްލަހަތާ ގުޅިގައި އޮތް ވޯޓެއް. މިއީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައިތޯ ތިބޭނީތޯ ނުވަތަ ފުރަތަމަ އެއްވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ތިބޭނީތޯ ނިންނަން ޖެހޭ ނިންމުމެއް،" ޝިޔާމް ވިފާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ވޯޓުގެ ސައްހަކަން ކަށަވަރުކުރަން ރައްޔިތުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު، ޝިޔާމްއާ ސަލާމް ކުރައްވަނީ
މީގެ އިތުރުން އިންތިހާބު މޮނީޓާކުރުމަށް އައިސް ތިބި ބޭރުގެ ވަފުދުތަކުން ވެސް ވެސް އިންތިހާބުގެ ކުރިން ހިނގަމުންދާ ކަންކަމަށް ފާރަވެރިވާން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިންތިހާބު ނިންމުމުން 10 ވަނަ ދުވަހު އަރާ ޕްރެސް ކޮންފަރެންސްތައް ބޭއްވިޔަސް ވާނެ ކަމެއް ނޯންނާނެ. އޭރަށް އޮންނާނީ ވަގުތު ފާއިތުވެފައި." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ކަންކަމުގެ އެ ވާހަކަތައް ދައްކަން ކެރޭ ތަންތަނަށް މިނިވަން މުއައްސަސާތައް ވާން ޖެހޭ ކަަމަށެވެ. ހާއްސަ ގޮތެއްގައި އިލެކްޝަން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ޒިންމާ ޝިޔާމް ހަނދާންކޮށް ދެއްވި އެވެ.
"ވޮޓުލުމަށްފަހު އެ ތަނުގައި މަޑުކުރައްވާ، ވޯޓު ގުނައި، އިއުލާން އެ ތަނުގައި ހަރުކުރަންދެން މަޑުކުރައްވާ،" ޝިޔާމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާފު
01 September 2023
ބޮޑުމީހާގެ އެކައުންޓަށް ޖަމާކޮށްފަ ހުރި މިލިޔަން ޑޮލަރަށް ފާރަވެރިވުމަށް ރަެްޔިތުންކިބައިން އެދެބަލަ
ވަރަށްހުޝިޔާރު
01 September 2023
އާދެ، ވަރަށް ހުޝިޔާރުވެމިތިބީ. އަމުދުން މިފަހަރު ޖަހާ ފާހަނގަ ސޮއްސާލައިގެން ވާނެ ފައިދާއެއްވެސް ނޯންނާނެ. 3ގައި ޖަހާ ހުރިހާ ފާހަނގައެއް ފައިބާނީ 4އަށް ވިއްޔާ. އެހެންވީމާ 3ގައި ފާހަނގަ ޖަހާނީ.
ކާލާ ޕައްތަރު
01 September 2023
ޝިޔާމު ކަރުބުޑަށް ބާރު ލާފައި ދައްކަނީ ބޭކާރު ވާހަކަ!! މުއިއްޒަކީ ޕީޕީއެމް މީހެއް ނޫން! ކަރުދާސް ކޮޅުގައި ވެސް ޕީޕީއެމްގެ ލޯގޯ އެއް ނުޖެހުނު!
ރޭކާ
01 September 2023
މީނަ ކިހާ ރައީސަކާ ވައްތަރު. އަދުރޭގެ ކަންތަކޭ، ފާޑެއްގެ މުއިއްޒެއް ހޯދައިގެން.
ހަރުވަސް
01 September 2023
ހަސަނަށް ހީވާނެ ފުޅަށްބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާލާނެޔޭ... ވަގުންގެ ފޮށި ބާރަށް ބަންނާނެ...
އަލްމުދިޝް
01 September 2023
ކަމެއްކުރަންޏާ ވޯޓްގެ ނަތީޖާ ލަސްކުރަން ޖެހެނީ ބާތިލް ސައްޚަ ވޯޓާއި ކަރުދާސް ބަލާއެއްކޮށް ޗެކްކޮށް ނިމުނީމަ ކަމުގަ ވެގެން ނޫންގޮތަކަށް އިންތިޚާބު ސައްޚައެއް ނުކުރެވޭނެއެވެ.
ލެކްނޯ
01 September 2023
މިހާރުވެސް ކޮންމެ ފޮއްޓެއް ގުނަނީ ތިއުސޫލުން.
އަލްމުދިޝް
31 August 2023
ތީގަ ޝިޔާމް: ބުނަން ޖެހެނީ ! ސައްޚަ ބާތިލްބަލާ ވަކިކުރެވުނަސް ފޮށިތަށް ފުރިގެން ގެނައުމުގަ ފޮށީގެ ހަތަރު ކަނުގަ އިދިކޮޅުން ބަޔަކު ރަނގަޅަށް ފާރަވެރި ނުވެއްޖެނަމަ : ކަރުދާސް މަދެއްނުވާނެއެވެ.! ވިއްޔާމުން ހުންނާނީ އިތުރެވެފައެވެ! އެއީ ޗާޕްނުކުރާ ފާހަގަ ނުލާ ސައްޚަވޯޓް ކަރުދާހެވެ.
ކިރުޕެކެޓު
01 September 2023
ތަނެއްދޮރެއް ނޭނގުނަސް އަނގަތަޅަންވާނެ.
ގަމާރުޒް
01 September 2023
ކޮންމެވެސް އެއްޗެކޭ ކިޔޭތޯ ބަލާތި. އަދި ތީގެ އިތުރަށް ވޯޓްޕޮށީގައި ކަރުދާސް ވިހާ ތޯ ވެސް ބަލަންވާނެ.
ކަރާސީނު
31 August 2023
އާދެ އާދެ. މިތިބީ ފާރައަށް. މިފަހަރު ވޯޓުލާން ދާނީ މޮހޮރާއި މަރުތެޔޮވެސް ހިފައިގެން. ވޯޓު ވެއްޓުނަ ނުދޭން. ފިޔަފަޅައި އުދުހިވެސް ގަނެފާނެވިއްޔަ ދޯ؟
ބާލައާދަނު
31 August 2023
ޝިޔާމް އެ ވިދާލުވަނީ ވޯޓު ތިރިޔަށް ވެއްޓޭނެކަން ހަނދާން ބަހައްޓައިގެންް ފާހަގަ ޖަހާށޭ.