ރައީސް އޮފީސް: އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައި --- ފޮޓޯ/މިހާރު
03 ސެޕްޓެމްބަރ 2023 - 16:17
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ގުޅިގެން ޖެހިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މަނިކުފާނު އެ ގޮތަށް ނިންމެވީ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބު އޮންނަ ދުވަސް ކަމަށް ވާތީ އާއި އިންތިހާބާ ގުޅިގެން ގިނަ މުވައްޒަފުންތަކަކާއި އާންމުން އިންތިހާބުގެ ކަންކަމުގައި ބައިވެރިވާތީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން ކަމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ސިވިލް ސާވިސްގެ ވަރަށް ގިނަ މުވައްޒަފުން އަބަދުވެސް ހަރަކާތްތެރިވެ އެވެ. އެހެންވެ، އެ މީހުންނަށް ލުޔެއް ދިނުމަށް އަބަދުވެސް އެ ދެ އިންތިހާބާ ގުޅިގެން، ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެފައާސާ.
04 September 2023
މި ޚަބަރު ކިޔާފައި، ގާސިމްގެ ފަހަތަށް އަރައިގެންވިޔަސް، މި އިންތިޚާބު އެއްވެސް ބަޔަކަށް އެއްބުރުން ކާމިޔާބުވިޔަނުދިނުމަށް ޖާނާއި މާލާއި ގެދޮރާއި ސައިކަލުވިޔަސް ގުރުބާން ކުރުމަށް ނިންމައިފިން. ސަބަބކީ ދެވަނަ ބުރަކަށް ގޮސްފިނަމަ އަނެއްކާ އަނެއް ސަންޑޭ ބަންދުވީ. ޔޭ!!!
އިބިރަހިމާ
03 September 2023
ސަރުކާރު: އަންނަ އާދީއްތަ ދުވަސް ބަންދު. މުއިއްޒު: އަޅުގނަޑު ހޮވިއްޖެ ނަމަ އަންނަ ހޯމަ ދުވަސް ވެސް ބަންދުވާނެ
އާދަނު!
03 September 2023
ޝުކުރިއްޔާ! އެއްބުރުން 3#
ޓެރޭ
03 September 2023
ގޯސް ނަހަދާ.
ޗަ ބޯގޯސް ޔާމިނު
03 September 2023
ޝުކުރިއްޔާ އޯގާތެރި ރައީސް ސޯލިޙް. މިހެންވުމުން އަދި ވަކިންބޮޑަށް މަނިކުފާނަށް އަޅުގަނޑުމެންގެ ލޯބި އިތުރުވެއްޖެ. އެއް ބުރުން އިންޝާﷲ. # އިބޫ-އަސްލަމް 2023
ބްލައިންޑް ފޯރ މެޓީރިއަލްސް
03 September 2023
ޚަބަރު ކިޔާލުމެއް ވެސް ނެތްދޯ؟
އަލްމުދިޝް
03 September 2023
އެއްބުރުން ޕީޕީއެމް ހޮވިއްޖެނަމަ ހޯމަވެސް ބަންދު ކޮށްދެއްވުމަށް އެދި ރައީސް އޮފީހަށް އީސީން ދަންނަވާ ދެއްވުން އެދެމެވެ.