އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ނޭކުރެންދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނާއި ކޯލިޝަންގެ އިސްވެރިން.-- ފޮޓޯ: އެމްޑީޕީ
04 ސެޕްޓެމްބަރ 2023 - 12:43
ނަޖިސް ފެން ބޭރުކުރުމަށް މާލޭގެ މަގުތައް މަތީގައި ބަހައްޓާފައި ހުރި ހޮޅިތައް ބިމު އަޑިއަށް ލާން ޖެހޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސްގެ ކެމްޕެއިނަށް ހދ. ނޭކުރެންދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވިސްނުމަކީ އުސްކޮށް އިމާރާތްތަކެއް ހަދައި އާންމުންނަށް ދައްކަން ބެހެއްޓުން ކަމަށެވެ. އެއީ ހަގީގީ ތަރައްގީ ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މާލޭގައި ދިރިއުޅޭ އިރު ފެނާއި ނަރުދަމާ އަދި ބަނދަރުގެ މުހިންމުކަން އިހުސާސް ނުކުރެވިދާނެ އެވެ. އެކަމަކު، އެ ހިދުމަތްތައް ފުރިހަމަވެފައި ނެތް ރަށްރަށުގައި މީހުން ދިރިއުޅެނީ ވަރަށް ހާލުގަ އެވެ. އެހެންވެ، މި ސަރުކާރުން ގެނެސްދިން ތަރައްގީއަކީ އެއީ އެވެ. ރަށްރަށަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ނަރުދަމާ އާއި ކަރަންޓު އަދި ބަނދަރު ހަދައިދިނުން ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ނޭކުރެންދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
މާލޭގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒަށް، ރައީސް ފާޑުވިދާޅުވީ އެ ވާހަކައިގެ ތެރެއިންނެވެ.
"އިދިކޮޅުން ބޭނުންވަނީ އުސްކޮށް ހަދާ އިމާރާތްތައް ރައްޔިތުންނަށް ފެންނަ ގޮތަށް ބަހައްޓަން. އެހެން ނަމަވެސް މިއަދު ބިމު އަޑީގައި މި ވަޅުލެވޭ ހޮޅިތަކުން، މާލޭގައި ވިއްޔާ ފެންނާނީ ހޮޅިތައް މަތީގައި. އަޅުގަނޑުމެން އަދި މި ކުރަނީ ބިމު އަޑީގައި. އެހެންވެގެން ކަންނޭނގެ [މި ގެންނަ ތަރައްގީ] ނުފެންނަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ފެނާއި ނަރުދަމާގެ ޝަކުވާ ކުރާ އަޑު މިހާރު އެއްވެސް ރަށަކުން ނީވެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ނޭކުރެންދޫގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ
"މާލޭގައި ވެސް ޖެހޭ އަޅުގަނޑުމެން ހޮޅިތަށް އަޑިއަށް ލާން. ޓްރީޓްމަންޓް ސިސްޓަމެއް އެތަނުގައި ބަހައްޓާ މޫދަށް އެރޭ ސަރަހައްދު [ފަތާ ޓްރެކްގެ] ތަޣައްޔަރުވެފައި އޮތް ފެންގަނޑު އެބަޖެހޭ ރަނގަޅު ކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ނިންމާވާފައި ވަނީ އަންނަ ދައުރުގައި އެކަން ކުރައްވާށެވެ.
މާލޭ ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި، ނަޖިސް ފެން ބޭރުކުރާ ހޮޅިތައް މަގުތައް މަތީގައި ބަހައްޓަން ހުއްދަ ދެނީ އެ ނޫން ގޮތަކަށް އެކަން ކުރެވެން ނެތުމުންނެވެ.
އޭގެ އިތުރުން ރައީސް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު، މާލޭގެ ދެކުނު ފަރާތު ބަނދަރުގެ ތޮށިގަނޑު ނަގައި އެތަނުގެ ނެރުފައި ކަށި ބަދަލުކުރި ގޮތަށް ވެސް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް ހދ. ނޭކުރެންދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ
"ރަށްރަށުގައި ނެރު ފައިކަށި ބަދަލުކުރަން ޖެހޭ ހެން، މާލޭގައި ވެސް އެކަން ކުރަން އެބަ ޖެހޭ. އާދެ ފުއްޓަރު ފަރާތުގައި މައި ތޮށި، އެއޮށް ބޮޑު ތޮށި ރޫޅާލައިފައި އެ ދޭތެރެއިން ބޮޑު ނެރެއް ހެދީ ކިތައް މީހުން ފުރާނައަށްތޯ ނުރައްކާވީ، ކިތައް އޮޑިއަށްތޯ ގެއްލުންވީ،" ރައީސް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުތަކުން ރަށްރަށަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރަށްރަށުގައި މީހުންނަށް ހަމަޖެހިލައިގެން ދިރިއުޅޭ ވަރު ކޮށްދެވުނީ މި ސަރުކާރަށް ކަމަށެވެ. އަސާސީ ހިދުމަތްތަކަށް އާދޭސްކުރަން ޖެހުން ނިމުމަކަށް ގެނެސްދެވިއްޖެ ކަމަށާއި މި ރަށްރަށަށް އުއްމީދެއް ލިބުނީ އަދި ކިރިޔާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއިން އެއްވެސް [އަސާސީ] ކަމަކަށް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އަޅައެއް ނުލި،" ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
04 September 2023
ހޮޅިވާހަކަނުދައްކާށެވެ!
ހޮޅި ހޮޅި
04 September 2023
މީ ހޮޅި ހޮއްލާމީހެއް ކަމަކުނުދޭ. ވަރައް ވިސްނާފަ މިފަހަރު ވޯޓް ދެމާ ހުރިހާ ރައްޔިތުންވެސް
ތީގެކުރިން
04 September 2023
ހޮޅިތައް އަޑިއަށްލުމުގެ ކުރިން ފަޅުގެ އަޑިން ދިން ގޯތިތައް އިހަށް މައްޗަށް ނަގައިދޭތި. އެކަން މާ މުހިއްމު.
ވަރަވެސްބިންދާލި
04 September 2023
މަގުތައް ފެންވަރުގަ ހެދޭހާ އަވަހަށް ހޮޅި ތައްއަޑިއަށް ތިރި ކުރައްވާނީ ޑރ މުއިއްޒު . މިމާލޭގެ ހުރިހާ މަގެެއްގަ ތާރު އަޅާ ސަލިކޮއް މަގުތައް ޒީނަތް ތެރި ކޮއް ސަލި ކޮއްލަން އެންމެ ގާބިލީ މުއިއްޒު . އާ ގައުމެއް އާމާލެއެއް ބޭނުންވާ އެއްމެންވެސް ވެރިކަން ހަވާލު ކުރަން ވެސް ބޭނުން ވާނީމުއިއްްޒު އާ . ރައީސް އެކަމާނުއުޅުއްވާ ކުރިން ވެސް ޕާކް ތަކާމައިޒާން ތައް ދުއްވާތަކެތި ދުއްވުން މަނާވާނެ ގޯޅި ތައް އާއްމު ކުރެެއްވީ ޑރ މުއިއްޒު .
އެނގޭ
04 September 2023
ހުލުމަލެ ބިންދިނީ އަރިސް ކުދިންނަށް...
ޤާބިރު ބުނި ސާނިޔާ
04 September 2023
އެވަރު ކަމެއް ކޮށްލަން 5 އަހަރު މަދު ؟؟
އޭކު ސަވާލް
04 September 2023
ފަސް އަހަރު ފަހުންތޭ ކުރަން ޖެހޭ ކަންކަން ރޭކާލީ؟
ށައްވާލް
04 September 2023
ޢަދި ކިރިޔާ ރިއެޓްވީ
ހަރުގަނޑު
04 September 2023
ދެން ބުނޭ 3 އަަހަރުވީއިރު ބްރިޖްގަ ތަނބެއްނުޖެހިގެން އުޅެނީވެސް މޭޔަރާ ހެދިއޭ...ކޮންކަމެއްވީ
ޤާބިރު ބުނި ސާނިޔާ ވަ ސާމިޔާ
04 September 2023
އެވަރު ކަމެއް ކޮށްލަން 5 އަހަރު މަދު ؟
ބޮޑުމީހާ
04 September 2023
މި 5 އަަހަރު މަނިކްފާނު ކީއްތޯ ކުރެއްވީ؟ ގައިމު 70 ބިލިއަން ރުފިޔާ ޚަރަދުކޮށްފި. މީވޭތުވެދި 30 އަހަރު 4 ރައީސުން ޚަރަދުކުރި 40 ބިލިއަނަށްވުރެ ގާތްގަޑަކަށް ދެގުނަ އަދަދެއް. މިފައިސާއިން ހަމައެކަނި ހޮޅި ވަޅުލީތޯ. ނޫނީ ފްލެޓާއި އެއްޗެހި ފަލަމަޑި ގޮތަށް ފޭބީ އަޑިއަށްތޯ؟ 70 ބިލިއަނަކީ ހާދަހާ ފައިސާއެކޭ؟ 30 އަހަރުގެ ޕީއެސްއަޕީ ބަޖެޓް. ކުރި ކަމަކަށް މާލެ ސަރަހައްދުން ފެންނަން އޮތީ އަމީނީ މަގުން 8 ސެގްމެންޓް، ބުރިޖުން 3 ތަނބު، ޓިނު ސްކޫލެއް