މަހިބަދޫގައި ބޭއްވި ރެލީގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު : މިނިވަންކަމަށް ހުރަސް އެޅޭނަމަ އިންޑިއާގެ ކުންފުނިތައް ބޭރުކުރަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 ސެޕްޓެމްބަރ 2023 - 22:05
ރާއްޖޭގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް މަޝްރޫއެއް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ނަމަ އެ ކުންފުންޏެއް ރާއްޖެ އިން ބޭރުކުރަން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މަހިބަދޫގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ، އިންތިހާބު ގުޅިފައި އޮތީ ހަމައެކަނި ތަރައްގީއާ ނޫން ކަމަށާއި އެންމެ ބޮޑު ކަމަކަށް އޮތީ މިނިވަންކަން ޔަގީން ކުރުން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ވޯޓު ދޭއިރު ތަރައްގީ އާއި މަޝްރޫއުތަކާ މެދު ވިސްނުމަށް ވުރެ ރާއްޖޭގެ މިނިވަންކަމަށް ވިސްނުން މާ މުހިންމެވެ. އެ މަގަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމް/ޕީއެންސީ އަށް ވޯޓު ދީގެން "ދިވެހީންގެ ރާއްޖެ" އަނބުރާ ގެނެސްގެން ކަމަށް ވިދާޅުވި އެވެ.
އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދާ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުން މުއިއްޒުގެ ވެރިކަމެއްގައި ހުއްޓުވާނެ ކަމަށް ބުނާ ވާހަކައަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އެ އަށް ވުރެ މާ ރަނގަޅަށް އެ އެއާޕޯޓު ހަދާނެ ކަމަށެވެ.
މަހިބަދޫގައި ބޭއްވި ރެލީގެ ތެރެއިން ސަޕޯޓަރުންތަކެއް؛ ގިނަ ބަޔަކު މި ރެލީގައި ބައިވެރިވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މިފަދަ ކޮންމެ މަޝްރޫއަކަށް ބެލި ނަމަވެސް ފެންނަނީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއް ކަމަށާއި އެ ކަންކަން ހަމަ މަގަށް އެޅުވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތަކުން ކަމަށާއި އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތު ބިނާވެފައި އޮތީ އެންމެ ފުރަތަމަ މިނިވަންކަން އޮންނާނެ ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިނިވަންކަން [އެއީ] ނަންބަރު ވަން. މިނިވަންކަމަކާ ނޯންނާނެ ސުވާލު ކުރޭވޭކަށް. މިތާ ތިބެވިގެން ނުވާނެ. އަޅުގަނޑު އެއްބަހެއް ވެސް ނުވާނަން އެހެން ގައުމެއްގެ ސިފައިން ތިބޭކަށް. އަޅުގަނޑުމެންގެ މިނިވަންކަން އެއީ ހަމަ ނަންބަރު ވަން،" މާލޭގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވި އެވެ.
މަހިބަދޫގައި ބޭއްވި ރެލީގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު : މިނިވަންކަމަށް ހުރަސް އެޅޭނަމަ އިންޑިއާގެ ކުންފުނިތައް ބޭރުކުރަން ފަސްނުޖެހޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވީ، އެއްވެސް ގައުމެއްގެ ސިފައިން ރާއްޖެގައި ތިބެ، މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށާއި އެ މީހުން ތިބީ "ކުލަ ހެދުމުގައި ތޯ ނޫނީ ބަޑި ހިފައިގެންތޯ" ބަލަން ނުޖެހޭނެ ކަމަށެވެ. އެއާއެކު އެކީ ގޮތް ނޭނގޭ އެއްވެސް އެއްބަސްވުމެއް ވެސް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަންޏާ ހަމަ ޖީއާމްއެރް ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން:--- މުއިއްޒު
ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ސިއްރުކޮށްފައިވާ ބައެއް އެއްބަސްވުންތަކަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ އެފަދަ ސިއްރު އެއްބަސްވުމަކުން މަޝްރޫއުތަކެއް ހަވާލުކޮށްފައިވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އޭނާގެ ވެރިކަމެއްގައި އެ ހުރިހާ އެއްބަސްވުންތައް ގައުމުގެ މަސްލަހަތު އިސްކޮށްގެން ބަލާނެ ކަމަށާއި އިހުތިޔާރު ކުރާނީ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވި އެވެ.
"... ބަލާއިރު ރައްޔިތުންނަށް ފައިދާވާ ގޮތަށް އޮތް މަޝްރޫއެއް ކަމަށް ވަންޏާ ކުރިއަށް ދާނެ. މިހާރަށް ވުރެ ބާރަށް ކުރިއަށް ދާނެ. މިސާލަކަށް ބްރިޖު މަޝްރޫއު. އޭގެ ހަގީގަތެއް ނޭނގޭ. ގައިމު ވެސް ނުބައިތަކެއް ހުރީމާ ނޫންތޯ ފަސް އަހަރު ވާއިރު އެންމެ ތަނބެއް ވެސް ނުފެނިގެން މި އުޅެނީ،" އެއީ މާލެ ސަރަހައްދަށް މުހިންމު އަދި ޔާމީންގެ ވެރިކަމުގައި ޕްލޭންކޮށް، ދިރާސާކުރި މަޝްރޫއެއް ކަން ފާހަގަ ކުރައްވަމުން އޭރުގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
"އުތުރުތިލަފަޅުގެ މަޝްރޫއުގެ އަޑިއެއް ނޭނގޭ. އެއީ ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަންޏާ ހަމަ ޖީއާމްއެރު ބޭރުކުރި ގޮތަށް އެ މަޝްރޫއުތައް ބާތިލް ކުރާނަން."
މުއިއްޒު ވިދާޅުވި ގޮތުގައި، އެ ކަންކަމަށް އެއްބަސްވެވޭ ގައުމުތަކާ އެކު އޭނާގެ ސަރުކާރެއްގައި ގާތް ގުޅުމެއް ބާއްވާނެ އެވެ. އެކަމަކު، ރަހުމަތްތެރިކަމާއި އަވައްޓެރިކަން އޮތް ނަމަވެސް އިސްކުރާނީ ގައުމު ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްޔަބެބެ
05 September 2023
ހަގީގަތުގަ އިބޫވިޔަސް މުއިއްޒުވިޔަސް މި މީސްމީހުން ހިންގަން މިކިޔާހާ މަޝްރޫޢުތައް އިންޑިއާ ނޫނީ ޗައިނާއަށް އެކަނި ބަރޯސާވެގެން ލޯނުނަގައިގެން ކަންކަން ކުރުމަކީވެސް ހަމަ އެއްބައެއްގެ އަޅުވެތިކަމަށް ދިޔުމެއްނޫންތޯ؟ އިންޑިއާ ކުންފުނިތަކަށްދޭ ޕްރޮޖެކްޓްތައް ގޯސްވަންޏާ ޗައިނާ ކުންފުނިތަކަށްވެސް ބަޔަސްވެގެންދޭ ޕްރޮޖެކްޓްތައްވެސް ގޯސްވާންޖެހޭނެ. މުއިއްޒުއެއް އެހެން މީހެއް ކިޔާނެކަމެއްނެތް، އަދި ހަމަ އަޅުވެތިވާ ކަހަލަ ވާހަކަ ތި ދައްކަނީ ކެމްޕޭނުގަވެސް.
މިއޮތީ
05 September 2023
ހުދު މުއިއްޒުއަކީވެސް ނަގޫ ފިތިފައި ހުރި މީހެއް. ޔާމީން މިނިވަންކުރުން އެންމެ އިސް ކަމަކަށް ހަދައިގެން އުޅެނީ. ދެން ކިހިނެތް ރައްޔިތުންގެ ލާބައާ މަންފާއަށް މަސައްކަތް ކުރާނެ ކަމަށް ޤަބޫލުކުރާނީ؟؟ ހަޤީޤަތަކީ މުއިއްޒުގެ ވެރިކަމެއްގައިވެސް ރައްޔިތުންނަށް ކުރާނީ އަނިޔާ އަދި ހުރިހާ ފޮނިމީރުކަމެއް ލިބޭނީ ޕާޓީގައި އުޅޭ މަދު މީސްކޮޅަކަށް!!
ނަންބަރު ވަން
05 September 2023
އެހެންވީމާ ހައްލަކީ ޢުމަރު
ހޯރަބޭ
05 September 2023
ވެރިކަން ލިބިފަތިއޮތި. ވަހީދުވެސް ތިހެން އުޅުނި ރަށްއިތުން ހުރިހާ ބުރައެއް އުފުންލަށް ޖެހުނީ
ނަށީދު
05 September 2023
ޖީ.އެމް.އާރު ބޭރު ކުރީ މިނިވަން ކަމަށް ހުރަސް އެޅޭތީތަ؟ ނީޑް ޑީޓެއިލްސް ޕްލީސް.
ރައުސަން
05 September 2023
ސާބަހޭ މުއިއްޒު. ތިއީ ދިވެހި ދަރިއެއް. 4
އަފްރާސިޔާބު
05 September 2023
މިހާރު އެ ބަދަލުވީ. ދެން އިންޑިއާ ކުންފުންޏެއް ނެތެއްނުން ރާއްޖޭގެ މިނިވަންކަމާ ތޮޅެން އައިސް. އިންޑިޔާ ފަސްޓް ޕޮލިސީގެ ދަށުން މިގައުމަށް 2018 ގެ ކުރިން އައި މީހުން ހަމަ އެޕޮލިސީގައި ތާއަބަދަށް. ދެން ކޮންތާކުންބާ މީހުން ގެންނާނީ އެއަށްވުރެ ރަނގަޅަށް ކުރަން. ޗައިނާ މީހުންނަށް ނޫނީ ޗީޕްކޮށް ރަނގަޅަށް ކުރެވޭނެ ބަޔަކު ނެތް. ޗައިނާ ވަން ޕޮލީ ވެސް ކުރިއެރުވޭކަށް ނެތް ދީނީ މީހުން ބުނާ ގޮތުން އިއުޣޫރު މީހުން ރަމްޟާން މަހު ރޯދަ ހިފިޔަނުދީ ލުގައިބަންދުރާތީ
އެސް ޒެޑް
05 September 2023
މުޢިއްޒަކީ މިހާރުވެސް މިނިވަނެއްނޫން، ތިމާއަމިއްލަ އަށް އަންނަން ބޭނުންވާ މަޤާމަށް މިނިވަންކަމާއި އެކު ކެމްޕެއިން ނުކުރެވިގެން ތިއުޅެނީ، ކެމްޕެއިންތަކުގައި ތިހިންގާ ހަރަކާތްތަކުގައި ރައީސް ޔާމީންގެ ފޮޓޯ ޖަހާފަ ނެތިއްޔާ އެހަރަކާތެއްނުބޭއްވޭނެ، އަރާ ކޮނެމް ޕޯޑިއަމެއްގައި ރައީސް ޔާމީންގެ ރަނގަޅުކަމުގެ ވާހަކަ އާއި މައުސޫމުކަމުގެ ވާހަކައާއި މިނިވަންކުރަންޖެހޭ ކަމުގެ ވާހަކަ ނުދައްކާފިއްޔާ ދެވަނަ ޕޯޑިއަމަކަށް އެރިއަކަނުދޭނެ، ފުރަތަމަ ތިމާ މިނިވަންވޭ!
ޒެސޭ
06 September 2023
އަދި ހުސްގޮނޑިއެއް އެންމެ ކުރީގަ ބަހައްޓަން ޖެހޭ
8989
05 September 2023
ދިވެހިކޮންމެ ދަރިއެއްގެ ހިތުގެ ވިންދަކީ މިލޮބުވެތި ގައުމު. މިގައުމުގެ މިނިވަންކަމާ ސިޔާދަތައްޓަކައި ދިވެހި އެތައް ބަތަލުންނެއްވަނީ ފުރާނަ ގުރުބާންކޮށްފަ. އަހަރެމެން އުމުރުގައި މިނިވަންކަންމަތީ ދިރިއުޅެމުން މިދަނީ ކާބަފައިންގެ ޖިހާދުން. އެތައްފަހަރަކު ބޭރުގެ ބާރުތަކުން މިގައުމު ހިފަން މަސައްކަތްކުރި. އަލިތަކުރުފާނު ޝަހީދުކުރީ ގޯވާގަ އޭރުއޮތްވެރިކަމުން. އިންޑިޔާގައި މައިވެރިކަމެއް އުފެދުނީ 1946ގަ. އޭގެފަހުން އެމީހުން މިގައުމަށް ކަޅި ނާޅާއިރެއްނުދޭ.
ދިމްސް
05 September 2023
އަމިއްލަ ޔަށް މިނިވަން ވެގެން ތާ ޤައުމު މިނިވަން ވެވޭނީ، ފުރަތހަމަ އެއިން މިންޖް ވާން ތާ މަސައްކަތް ކުރާނީ، މި ބުނީ ފޮޓޯގަ އިންނަ ތި ޕާޓީއާ އެއްވެސް ގުޅުމެއް ނޮއޮންނަ މީހާ ވާ ހަކަ.