އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނާ.
06 ސެޕްޓެމްބަރ 2023 - 22:49
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދައުރުގައި ރާއްޖެއަށް އިގުތިސާދީ އަދި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށް އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރު އެލެކްސެންޑާ ޑައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ޑައުނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޮސްޓްރޭލިއާގެ ކުރީގެ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދަވާފައިވާ ކާމިޔާބީއާ މެދު އޭނާ އުފާކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޑިމޮކްރެޓިކް ވެރިކަމެއް ކުރުމާއި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގައި ރައީސް ނަމޫނާ ދެއްކެވި ކަމަށެވެ. ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ އަނެއްކާވެސް ވުމަކީ އޭގެ ނަތީޖާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 10 ޕަސެންޓް ސާވިސް ޗާޖެއް ދިނުން މަޖުބޫރު ކުރުމުން އެ މުވައްޒަފުންގެ ދިރިއުޅުމުގެ ހާލަތު ކުރިއަށް ވުރެ ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޮސްޓްރޭލިއާގެ މިނިމަމް ވޭޖުގެ އުސޫލާ އެއްގޮތަށް ރާއްޖޭގައި ވެސް މިނިމަން ވޭޖެއް ކަނޑައެޅުމަކީ އިގުތިސާދީ ހަމަހަމަކަން ގާއިމްކުރުމަށް ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ދެ ގައުމުގައި ވެސް ތައުލިމާށް ހާއްސަ އިސްކަމެއް ދޭ. ރާއްޖޭގައި މިހާރު ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭ. މިއީ އިގުތިސާދީ ފުރުސަތުތައް ފުޅާކުރުމަށް ކުރެވޭ މުހިންމު ކަމެއް،" އޭނާގެ ޕޯސްޓުގައިވެ އެވެ.
"ޓީޗަރުންގެ މުސާރަ 56 ޕަސެންޓަށް ބޮޑުކޮށްފި. އަދި ރާއްޖެއަކީ ވިހެއުމުން އަންހެނުން ދޭ ހަ މަހުގެ ޗުއްޓީ އާއި ފިރިންނަށް ދޭ އެއް މަހުގެ ޗުއްޓީ ލިބޭ ހަމައެކަނި މުސްލިމް ގައުމު."
ޑައުނާ ވިދާޅުވި ގޮތުގައި ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް، މި 21 ވަނަ ގަރުނަށް ފެތޭ ގޮތަށް ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކަށް ގެންނަ ހެޔޮ ބަދަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ގައުމަކަށް ރާއްޖެ މިހާރު ވަނީ ވެފަ އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓު ލާއިރު، ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ބަލައި، އާންމުން ރަނގަޅު ނިންމުމެއް ނިންމަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާގެ ޕޯސްޓުގައި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު.
08 September 2023
ބިދޭސީން ލައްވާވެސް ކެންޕޭނު!. ރާއްޖޭގައި ކުރެވުނުކަމެއް ކުރެވުނީ ރައްޔިތުން ފެލައިގެންނާއި ރައްޔިތުން ޒިއްމާވާގޮތަށް ދަރަނި ނަގައިގެން. ރާއްޖޭގެ އިގުތިސާދު ފުޅާކުރަން ކުރީ ކޮންކަމެއް! ލިބުނު ފައިސާއިންނާއި ނެގި ފައިސާއިން ކުރެވުނު ކަމަކީ ކޮބާ؟ ދަރަނި ކުޑަވެއްޖެތަ؟ ވަޒީފާ އިތުރު ވި ތަ؟ ކަރަޕްޝަން މަދުވިތަ؟ މަސައްކަތް ނުކޮށް މުސާރައާއި އިނާޔަތް ލިބޭމީހުން މަދުވިތަ؟ ރާއްޖޭގެ ފައިސާގެ އަގު މަތިވެއްޖެތަ؟ ކުއްވެރިން މަދުވިތަ؟
ކޮން ބެހޭ ކަމެއް
07 September 2023
ކޮން ބެހޭ ކަމެއް
ޓެރޭ
07 September 2023
ރިޝްވަތު ދިނުމާއި ގޯތި ދިނުމާއި ވެދުން ކުރުމާއި ފެނަކަ ކުރުން އޮތް ވަރު ނޭނގޭތީ ދެއްކޭހާ ވާހަކަތައް މިހުންނަނީ... ނިކަން ވިސްނަބަލަ، މަގުގެ އެއްފަރާތުގައި މިއޮތީ 10 މިލިޔަން ރުފިޔާއަށް މީގެ ދެތިން މަސްކުރިން ވިއްކި ބިމެއް، އަނެއް ފަރާތުގައި އެއޮތީ ހިލޭ މިހަފުތާގައި ދީފައި އޮތް ބިމެއް. އަދި އެއީ ހުޅުމާލޭގެ މާސްޓަރ ޕްލޭން ހަލާކު ކޮށްގެން ދިން ބިމެއް.
ކަނބިލި
07 September 2023
އިންތިޚާބުގެ މިދަނޑިވަޅުގައި އޮސްޓްރޭލިއާއިން ނުޖެހޭ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށް ވާހަކަ ދައްކާކަށް. ޑިމޮކްރަސީއެއް ތަރައްގީއެއް ކަލޭމެންނަށް ބޭނުމެއްނުވޭ. ކަލޭމެން ނިސްބަތްވާ ބައިގަނޑުގެ ތެރޭގައި ރާއްޖެ ބޭއްވުން މުހިންމީ. ތިޔަ ބައިގަނޑާ ނުގުޅޭ ބަޔަކު ވެރިކަމަށް އަތުވެއްޖެ ނަމަ ރަނގަޅު އެއްވެސް ކަމެއް ނޯންނާނެ. ދަންނަމޭ ތިޔަ ބައިގަނޑުގެ ހުރިހާ ކަމެއް.
ނުބަލާނެ
07 September 2023
އެހެން ގައުމެއްގެ ކުރީގެ ފޮރިން މިނިސްޓަރަކު ރާއްޖެއާ މެދު ތިހާ ޝައުގުވެރިކަން ބަހައްޓައި ރާއްޖޭގަ ވާނުވާ ގޮތެއް ބަލާ ހަދައެއް ނުއުޅޭނެ މިކޮޅުން މީހަކު ބުނެގެން ނޫނީ. އެހެންވީމަ ތިހެން ޑައިލޮގް ފޮނުވައިގެން ލިޔަން ބުނާ އެއްޗެއްސަކަށް މާބޮޑަކަށް ނުބެލޭނެ.
އައްޗީ
07 September 2023
ބޭރު މީހުންލައްވާވެސް ކެމްޕޭން ކުރުވާހާ ޑެސްޕެރޭޓްވީތަ؟
ނޭނގޭނެ
07 September 2023
އޮސްޓްރޭލިއާމެންނަކަށް ނޭނގޭނެ މިތަނުގަ އަސްލު ކަންކަން ވާ ގޮތެއް.
ރަދީފްއޮފިޝަލް
07 September 2023
ރިޓަޔާކުރައްވާފަ ތިބި ހުރިހާ ޑިޕލޮމެޓުން ލައްވާ އެކްސްގަ ޕޯސްޓްކުރުވަންވީއެއްނު.ލަދު ކޮބާ؟؟؟ ވ.ވެދުން
ކޮވެލި
07 September 2023
ދޮނޭ ކިޔާފައި އެއްޗިހި ގޮވާތި. ޒަމާނުއްސުރެ މެދުނުކެނޑި ދިވެހި ދަރިންނަށް މަތީ ތަޢޮލީމް ހާސިލް ކުރުމަށް ފުރުސަތު ދޭ ގައުމެއް. އެ ގައުމުގެ ކުރީގެ މަޝްހޫރު ފޮރިން މިނިސްޓަރެއް. މީހަކު އެއްޗެއް ބުނީތީވެ އެ ބުނާ އެއްޗެއްގެ ޙަގީގަތް ބަލާލުމެއް ނުވޭ. އަދުރޭމެން ފެންވަރު މީހުން މިގައުމަށް ބޭނުންވަނީ.
ޔައީސު
07 September 2023
ބޭބެއަންނަންވީނުމިތަނަށްސިޔާސީކިޔަވަން