ލ. އަތޮޅުގެ މަޝްހޫރު ރުއްގަނޑު: އަނެއްކާވެސް އެތަން ވަރުވާއަށް ދޫކުރަން ވަނީ އިއުލާންކޮށްފައި.-- ފޮޓޯ: ނަޖުނަޖު
10 ސެޕްޓެމްބަރ 2023 - 10:43
ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ލިންކް ރޯޑްގައި ރޭގެ ވަގުތެއްގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ ޒަހަމްވި މީހަކު މިއަދު މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓުގައި މަރުވީ ސައިކަލް ދުއްވަން އިން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ އިރުއޮއްސުނު ވަގުތު، ލިންކް ރޯޑުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި، ސައިކަލު ދުއްވި މީހާ އަށާއި ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ފަރުވާ ދޭން ގެންދިޔައީ ގަން ރީޖަނަލް ހޮސްޕިޓަލަށް ކަމަށް ފުލުހުން ބުންޏެވެ.
"އެ ދެމީހުންގެ [އަނިޔާވި ދެމީހުންގެ] ތެރެއިން ސައިކަލް ދުއްވި މީހާއަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައިވާ ކަމަށް ރޭ 1:51 ފައި މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، މަރުވި މީހާ އަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް މީހެކެވެ. އެކަމަކު ކާރު ދުއްވަން އިން މީހާގެ ލައިސަންސެއް ނޯވެ އެވެ.
ކާރު ދުއްވަން އިން 28 އަހަރު ދިވެހި ފިރިހެން މީހާ އަށް މިހާރު ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ ކަޅު
10 September 2023
ކާރު ދުަައްވަން އިން މީހާ އަކީ މަރުގެ މައްސަލަ އެއް ގައި ޖަލުގަ އޮއްވާ އިއްޔެ ވޯޓައް ދޫކުރި މީހެއް.
ސަރީފާއްތަ
10 September 2023
ވަރަށް ހިތާމަހުރިކަމެއް މީހެއްގެ ފުރާނަދިއުމުން. އެކްސިޑެންޓް މަދުކުރެވޭނެ އަދި މަރުވުންފަދަ ކަންކަން ހުއްޓުވޭނީ ސްޕީޑް މަޑުކުރުމާއިއެކު މަގުބޭނުންކުރާގޮތް ބަދަލުކޮއްގެން މީހުން އެކަކުއަނެކަކަށް ދޫދީގެން ދުއްވައިގެން. ހިތަށްއެރިގޮތަށް ދޫދީގެން މަގު ބަލަހައްޓަން ތިބެންޏާ ތިކަހަލަގޮތެއް ކަންކަން ދާނީ.
ދޮންކަބިލި
10 September 2023
ލައިސަންސުނެތަސް ބަލާނެ ނަޔަކުނޫޅެންޏާމިކަހަލަ ހިތާމަވެރި ހާދިސާގިނަވާނެ!
ލައިޓް
10 September 2023
ލައިސަންސް ނެތް މީހުން ދުއްވަނީ އެއްވެސް ބިރެއްނެތި! ފުލުހުންގެ އަތް ބަނދެލާފައި !