13 ސެޕްޓެމްބަރ 2023 - 14:01
ޓްރީ ޓޮޕް ހޮސްޕިޓަލުން މާބަނޑު މީހުންނަށް ހިންގާ ނާޗާ ޕްރޮގްރާމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮންމެ މަހަކު 30 މީހަކަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ ޕްރޮގްރާމް ކުރިއަށްގެންދާނީ ސެޕްޓެމްބަރު 23، ގެ ހެނދުނު 11:00 އިން ފެށިގެން އެ ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށެވެ.
ޓްރީ ޓޮޕުން ބުނި ގޮތުގައި މި ޕްރޮގުރާމްގައި، ގާތުން ދިނުމާއި ވިހެއުމާއި އަލަށް އުފަންވާ ކުދިންނާއި މައިންނަށް ހަމުގެ ފަރުވާ އާއި ވިހެއުމުގެ ކުރިން ކަސްރަތުކުރުމާއި ރިހުން މެނޭޖްކުރުމާ ބެހޭ މައުލޫމާތު ސެޝަންތަކެއް ކުރިއަށް ދާނެ އެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ނިއޯނެޓޮލޮޖީ، ޑާމަޓޮލޮޖީ، ފިޒިއޮތެރަޕީ، އަދި ނާސިންގެ މެޑިކަލް އެކްސްޕާޓުންނެވެ.
އަލަށް މާބަނޑުވާ މީހުންނަށް ބޭނުންތެރި މުހިންމު މައުލޫމާތު މި ޕްރޮގްރާމުން ލިބޭނެ ކަމަށް ޓްރީ ޓޮޕުން ބުންޏެވެ.
މި ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ މީހުންނަސް 3351610 ނަމްބަރުން ޕްރޮގުރާމާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯޅަވަހި ސަރުދާރ-.00
13 September 2023
ތިތަނުގެ ޚިދުމަތް ރަނގަލުކޮއްބަލަ.. އެއާރޕޯޓް ހިންގަން ހުރި މީހަކަކު ހެލްތް ސާރވިސްއަށް ލީމަ ތިއޮތީ އަތަށް ގޮވާފަ
މޭމް
13 September 2023
މާ ބަނޑު މީހުންނަށް ހާއްސަ އެކްސަސައިޒް ޕްރޮގްރާމެއް ވެސް ހިންގާނަމަ ސަޅި ވީސް އިންފޮމޭޝަންނަށް ވުރެ