ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް: ސޯޝަލް ވޯކަރުންގެ މުސާރައިގެ ކަންބޮޑުވުމަށް ވެސް ސަރުކާރުން ވަނީ ހައްލުތަކެއް ގެނެސްދީފައި --- ފޮޓޯ/މިހާރު
14 ސެޕްޓެމްބަރ 2023 - 18:13
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ސޯޝަލް ވޯކަރުންގެ މުސާރައިގައި ހުރި ބައެއް ކަންބޮޑުވުންތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހައްލު ގެނެސް ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ދައުލަތުގެ ޕޭ ފްރޭމްވޯކަށް ހިޖުރަކުރި މުވައްޒަފުންގެ ތެރެއިން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓަރާއި ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތައް ދިރާސާކުރުމަށް ފަހު ބައެއް ބަދަލުތައް ގެނައުމަށް ރައީސް ނިންމަވާފައިވާ ގެނެސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން ސޯޝަލް ސާވިސް މެޓްރިކްސްތަކުގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
މީގެ އިތުރުން ހެލްތް އެންޑް ސޯޝަލް ހެލްތް ސެކްޓާ މުވައްޒަފުންގެ ތެރެއިން ޑިއުޓީ އުސޫލުން ރަސްމީ ބަންދު ދުވަހު އޮފީހަށް ހާޒިރުވާ މުވައްޒަފުންނަށް ވެސް ހާޒިރީ އިނާޔަތް ލިބޭ ގޮތަށް ރައީސް ހަމަޖައްސަވާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.
މި ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނައިއިރު، ސަރުކާރުން އިއްޔެ ވަނީ ޓީޗަރުންނާއިި ނަރުހުންގެ މުސާރައިގައި ހުރި ބައެއް ކަންބޮޑުވުންތައް ހައްލުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީނެތްބަޔަކީތަ
14 September 2023
ކައުންސިލްތަކުގައި ތިބޭ ސިވިލް މުވައްޒަފުންނަށް %35 އެލަވަން ނުދޭން މިއުޅެނީ ކީއްވެބާ؟
ނަހަމަހަމަނަ
15 September 2023
ހޫނ.. މިހާރު ތިޔަ ލިބޭ މުސާރަ ހަލާލުވާ ވަރަށްވެސް އިދާރާގައި ތިބެގެން މަސައްކަތެއް ކުރެވޭތޯ ބަލާބަލަ ފުރަތަމަ.
ސިހޫ
14 September 2023
ޕާޓީން ގިނަބަޔަކު ކެނޑެމުން ދަނީ މިހާރު
މައުސޫމު
14 September 2023
ލިބޭ އެއްޗަކަށް ވުރެ ގައުމުދެކެ ލޯބިވާމީހުން މިގައުމުގަ މާގިނަ.. އަދިވެސް ދިވެހި ދަރިންގެ ހިނގަނީ ބޮޑު ތަކުރަފާނުގެ ލޭ ތިޔަކައް ނުގުޑާނެ ގައުމުގެ މިނިވަންކަމައް ޓަކާ ލޭކެކޭ ދިވެހިން މިގައުމުގަ ތިބީ ދިވެހި ބިމުން އެެންމެ ވެލިފުކެއްވެސް ގެއެްލެެން ނޭދޭނެ
ބިނޫ
14 September 2023
މުސާރަ 10 ބުރި އިމާރާަތަކާ އެއްވަރަށް ހިއްލާލިޔަސް ދެންނެތް ތިކަމެއް ވާކައް ނެއް
ވީލު
14 September 2023
ތިޔަހެން މަޑުން ނުހުންނަވާ ހުރިހާ ރަށަކައް އަދި އެއްބުރު ޖައްސަވާ އެހެންނޫނީ ނުވާނެ
މީކައިލު
14 September 2023
4 އަހަރު ދިޔައީ އެއްކަމެއް ނުކޮއްދީ މިދިޔަ 20 ދުވަހު ތިޔަކޮއްދިން ވަރައް 4 އަހަރު ކަންތަައް ކޮއްދިންނަމަ ރަނގަޅުވީސް އެކަމު ދެންނުވާނެ
ޟަހި
15 September 2023
ކަލެ އަކައްނޭންގޭތަ ކޮވިޑުގަ 3 އަހަރު ދިޔަކަމެއް ކަމެއްނުވެ. ސޯލިހުއައް 2 ވަނަބުރު ހައްގު
ދެރެވަރު
14 September 2023
އޯކޭ، އުފާކުރަން. އެކަމަކު މިސަރުކާރުން އަމިއްލަ ރަށް ނޫން އެހެން ރަށްތަކުގަ ވަޒީފާގަތިބި އެތަކެއް ދިވެހި ޕްރިންސިޕަލުން އަތުން އުނުކުރި އެކޮމޮޑޭޝަން 9000 ރުފިޔާ އުނިކުރިކުރުން އަދިވެސް ނިމުމަކަށް ނުގެނޭ. އެމީހުންނަށް ލިބުނު މުސާރައިގެ ކުރިއެރުމަށްވުރެ އުނިކުރިއެތި ބޮޑު. މީސްކޮޅު މަދުވީމަ މިނިސްޓްރީއިން ވެސް އަޅާނުލާ ދޫކޮށްލީ.
މނ
14 September 2023
ޕޭހާމައިޒުކުރާށޭ ކިޔާފަ ނެރެފައިވާ އޮނިގަނޑު އަދިވެސް އޮތީ އެޑިޔުކޭޝަންގެ ބައިވެސް އެއްކޮލިފިކޭޝަނެއްގައި އެކިގޮތްގޮތަށް މުސާރަދޭގޮތަށް. އެއްކޮލިފިކޭ ޝަނެއްގަ ބައެއް މީހުންހުންނަށް ބޮޑު, ބައެއް މީހުންނަށް ކުޑަމުސާރަ ދެނީ. ވަޒީފާގެ ތަޖުރިބާއަކަށް ބެލުމެއް ނެތް. މުސާރަ ބޮޑު ކުރީއޭ ކިޔާފަ ރޮބަޓް ފޯމިއުލާއިން ހަދާފައޮތް އިންސާނިއްޔަތު ކަމެއް ނެތް އޮނިގަނޑެއް
ބޮޑުމީހާ
14 September 2023
ޕޯޑިއަމަށް އަރާ ރައީސް ހިތަށް އެރީމާ މުސާރަބޮޑުކޮށް ހެދޭ ގައުމެއް މިނޫނީ ނެތް. ދިރާސާއެއް ކުރެމެއް ނެތް، ޕޭކޮމިޝަން އެއީ ނަމެއް. އެއްވެސް އުސޫލެއްނެތް. މުސާރައަކީ ޓީޗަރުން ނަރުހަކަށްވީތީ ލިބެންޖެހޭ އެއްޗެއް ނޫން. އެންމެނަށްވެސް ލިވިން ވޭޖެއް އޮންނަންވީ. މަޖްލިސް މެމްބަރުވެސް އާދައިގެ ވަޒީފާއެއްގައި އުޅޭ މީހާވެސް ކޯސްޓްކިރު ދަޅު ގަންނަނީ ކަންމަތީ ފިހާރައިން، އެކަކަށް 85000ރ ދީފައި އަނެއް މީހާއަށް 10000ރ ނުލިބުމަކީ ކިހާބޮޑު ނާއިންސާފެއް
މިއުވާން އަށް
14 September 2023
ސްޓޫޑެންޓް ލޯނު ވެސް މާފް ކޮއްދެއްވުމަށް ރައީސަށް ދަންނަވައިދެއްވާ. ވޯޓް އިތުރު ކުރެވޭނެ ހުރިހާ ކަމެއް ވެސް މި 2 ހަފްތާގަ ކުރަން އެބަ ޖެހޭ ނޫންތޯ؟