ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑޯޓުޑޯ ފެއްޓެވުމަށްފަހު، ހެންވޭރުގެ ގެއަކަށް ވަޑައިގެން ބަޔަކާ ބައްދަލުކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
18 ސެޕްޓެމްބަރ 2023 - 20:09
ކޮންމެ މީހަކަށް ވެސް، އެ މީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ތާއިދުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ދަތިނުކޮށް އެ ފުރުސަތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
މި މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭނަށް، އެމްޑީޕީގެ ކެންޑިޑޭޓު ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، މީޑިއާތަކަށް އިންޓަވިއު ދެއްވަމުން، "މިހާރު" އިން ކުރި ސުވާލާ ގުޅިގެން އެ މަނިކުފާނު ވިދާޅުވީ ކޮންމެ މީހަކަށް، ކެންޑިޑޭޓަކަށް އަދި އެ ކެންޑިޑޭޓުގެ ޓީމަށް ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އޮންނަންޖެހޭ ކަމަށެވެ.
ރާއްޖެއަށް ގެންނަން ބޭނުންވި ކަމަކީ އެއީ ކަމަށާއި އެމްޑީޕީން އެ މިނިވަންކަން ދެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދަތިނުކޮށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް އެދިވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ކެމްޕެއިނަށް ހިޔާ ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން އެކަމަނާއަށް ވަނީ ފުރައްސާރަކޮށްފަ އެވެ.
ފަސްޓް ލޭޑީ އަށް ހިޔާ ފްލެޓް ސަރަހައްދުން ފުރައްސާރަކޮށްފި https://t.co/YJXcNi1eBM
— Mihaaru (@Mihaarunews) September 17, 2023
ފަޒްނާއާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް، އެކަމަނާއަށް ހުޅުމާލެ 2 އަށް އަރާވަޑައިނުގެންނެވޭނެ ކަމަށް ވެސް މުޒާހަރާކުރަމުން ދިޔަ މީހުން ގޮވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ފަދަ ކަމަކީ ޑިމޮކްރެޓިކް މާހައުލެއްގައި ކުރަންވާ ވަރުގެ ކަމެއް ނޫނެވެ.
ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ދައްޗެއް ކުރިމަތިނުކޮށް މިނިވަންކަމާއެކު އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، ވާދަވެރިންގެ ފަރާތުން ވެސް ރައީސް ވަނީ އެ މިނިވަންކަން ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ އެ ފުރުސަތު ހުރިހާ ފަރާތަކަށް ހަމަހަމަކޮށް، ދަތިނުކޮށް ކެމްޕެއިން ކުރަން ފުރުސަތު ދެއްވާށޭ. ހަމަ ގައިމުވެސް އެމްޑީޕީގެ ފަރާތަކުން އެއިން ކަމަކަށް ނާޅާނެ. ހުރިހާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވައި ފުރުސަތު ދޭނަން އަޅުގަނޑުމެން. އަޅުގަނޑުމެން ނެތިން އެއްވެސް ކަހަލަ ހުރަހެއް އަޅާކަށް،" ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުކޭ/
19 September 2023
މާލޭ މީހުންނައް ކަމެއް ނުކޮއްދެވޭތީ މާލޭމީހުްނ ތިބި ހިއްހަމަނުޖެހިފަ ދެން ހީނުވާ ދޮރުންދޮރައް ހިނގިޔަސް ވޯޓު ލިބޭނެހެނެއް
ޒުލޭހާ
19 September 2023
ފުރުސަތު ދިނުމަކީ ވޯޓު ދިނުން ކަމުގައި ވާނަމަ އެކަން ވާކަށް ނެތް
ޒުހޭރު
19 September 2023
ފުރުސަތުދޭން ވާނެ އެހެންވެ ފުރަތަމަ ބުރުގަވެސް އަހަރެމެން ބުނީ ޕޕ އައް ފުރުސަތުދޭށޭ ޕޮލިހުން ފޮނުވާގެން އިދިކޮޅު ބެނާތައް ނަގާ ހިފާ ހައްޔަރު ނުކުރާށޭ
މިއައު
19 September 2023
ފަޒޫ މީހަކަށް ދިމާލަށް ނުކިޔާ އެއްޗެއް ފަޒޫއާ ދިމާލަކަށް ވެސް ނުކިޔާ. ވަކި މީހަކު ކުރީމަ ރަނގަޅު ވަކި މީހަކު ކުރީމަ ގޯސް. އަސްލު ތިހުރިހާ އެންމެންވެސް ގޯސް
އަލްމުދިޝް
18 September 2023
މުއިއްޒު ގެކޮޅުގެ ޓެރެސްމަތީ ހިއްކަން އަޅުއްވާ އަގުބޮޑު ހުދުގަމީސްކޮޅު ތަކަށް ވާގޮތް މިހާރު އެބައެނގެއެވެ.!
ޢަލީ ކުރުސީ
18 September 2023
މުއިއްޒު މިހާރުވެސް ވަނީ ޕޕމ ގެ ސަޕޯޓަރުން ދަށުދަރަޖައަށް ނުވެއްޓެން ގޮވާލާފަ! ސުވާލަކީ މުއިއްޒު ގުރައިދޫއަށް ވަޑައިގެންނެވި ދުވަހު ކަންކުރިގޮތް މަނިކުފާނު ކުއްވެރި ކުރެވިންތޯއޭ؟
އުދުހޭ
18 September 2023
މަނިކުފާނު ރާއްޖޭގެ ރައްތަކަށް އެރިއިރު ވަރަށް ގިނަ ބަޔަކު ހިފާ ހައްޔަރުކުރިކަމުގެ ވިޑިއޯ އެބަފެނޭ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
18 September 2023
ހަޔާތްކެނޑޭން ދިވެހިންނަށް ދަސްކޮދިނީ އެމްޑީޕީއިން.
ބޮޑުމީހާ
18 September 2023
ރައޔިތުން ހާލުގައި ޖައްސާ ގަނެތެޅުވުމަށްފަހު ވޯޓު ހޯދަން ދިޔައީމާ އެހުންނަ ފުރަސްޓްރޭޝަންސް އަޑުއެހުމުގެ ހިތްވަރެއް ނެތިއްޖެއްޔާ ސިޔާސީ ދާއިރާއިން ދުރުވާންވީ. ވޯޓަށް ވީމާ ރަތްދޫލަ އަޅައިގެން އެންމެން މަރުހަބާ ކިޔާނެކަމަށް ހީކޮށްގެން ނުވާނެ، އަމުދުން ހިޔާ ފްލެޓް ވެރިންނަށް ސީދާ ރައީސް މީހާ ކޮތަރުކޮށިން މުޙާތަބުކޮށް، ތަންތަޅާލަން ގޮވާ، އެތަނަށް މީހުން ވައްދަން 3 އަހަރު، އެވެސް ފިނިޝިންގ ނުނިންމާ، މިވަރުވީމާ ރައްޔިތުން ހަނދާނެއް ނުނެތޭނެ
ރަނގަޅު
18 September 2023
ރަށްރަށުން ހަޅޭފަޅޭ ޖަހަން ފެށީމަ ހުއްޓުވާ ހައްޔަރުކުރަން ޖެހެނީ ސަލާމަތި ސަބަބުތަކަށް ޓަކާ. އެއްވެސް ބިރެއްނެތި ކެމްޕެއިން ކޮށް އިންތިޚާބު ނިންމާލީމަ ނިމުނީ. މެޖޯރިޓީ ލިބޭމީހާ އެއީ ދިވެހިންގެ ރައީސް. ނާކާމިޔާބު ވާ ފަރާތްތައް ދެން އަންނަ ދައުރަށް މިހާރުއް ސުރެން ތައްޔާރުވާން ފަށަންވީ. ރުޅިވެރިކަން އެއްކިބާ ކޮށް ދިވެހިންނަކީ ދިވެހިން ކަން ދައްކާލަމާ