ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި: މަޖިލިސް ހުއްޓުވުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި. -- ފޮޓޯ: މަޖިލިސް
19 ސެޕްޓެމްބަރ 2023 - 19:55
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައިވެރިވުން އޮވެގެން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ތުހުމަތު އެ މަނިކުފާނު ދޮގުކުރައްވައިފި އެވެ.
އެމްޑީޕީގެ މެންބަރުން ހާޒިރުނުވާތީ ކޯރަމް ހަމަނުވެގެން އިއްޔެގެ ޖަލްސާ ކުރިއަށް ނުގެންދެވުނުއިރު، މިއަދުގެ ޖަލްސާ ވެސް ފެށުނީ ލަހުންނެވެ. އެކަމާ ގުޅިގެން ނަޝީދު ތުހުމަތު ކުރެއްވީ އެއީ ރައީސްގެ ބައިވެރިވުން އޮވެގެން އެމްޑީޕީގެ މެންބަރުން އަމަލު ކުރާ ގޮތެއް ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން ނޫސްވެރިން މިއަދު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެއީ މުޅިން ދޮގު ވާހަކަތަކެއް ކަމަށާއި މަޖިލިސް ހުއްޓުވާލުމަކީ އެ މަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑަކީ 25 އަހަރު މަޖިލީހުގައި އުޅުނު މީހެއް އެހެންވީމާ މަޖިލީހުގެ ކަންކަން ހިނގާ ގޮތް އަޅުގަނޑަށް ވެސް ކޮންމެވެސް ވަރަކަށް އެނގޭ. އެހެންވީމަ އަޅުގަނޑުމެން ހަމަ ގައިމު ވެސް އޭގެ ތެރެއަށް ނުވަންނާނަން،" މާލޭގައި ދޮރުން ދޮރަށް ހިންގުމުގެ ތެރެއިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާ ފެށޭ ގޮތް ނުވުމުން ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް "ސެބޮޓާޖުކޮށް" ހުއްޓުވާފައި ބާއްވަނީ "ކަނޑައެޅިގެން" ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ކަމަށެވެ. ނަމަވެސް، ދައުލަތުގެ ބާރުތައް ނަންގަވައި، ދިވެހި ދައުލަތް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަދި އަޅުގަނޑުގެ މަސައްކަތް ނުހުއްޓާނެ ކަމަށް މަނިކުފާނަށް ވަރަށް ސާފުކޮށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ނަޝީދު ވަނީ ރައީސަށް މިއަދު ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. ނަމަވެސް، ރައީސް ވިދާޅުވީ މިހާތަނަށް އެމަނިކުފާނާ ހަމައަށް އެ ސިޓީ ނުލިބޭ ކަމަށެވެ.
ޖަލްސާތައް ފެށުން މިއަދު ލަސްވި ނަމަވެސް، ބަރުލަމާނީ ނިޒާމެއް ގެންނަން ރައްޔިތުންގެ ވޯޓަކަށް ދިޔުމާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ ގަރާރު ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހިއިރު އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ތަޅުމުގައި ތިއްބެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަޔާލު
20 September 2023
މަވެސް ހީކުރީ ނުހުއްޓުވާކަމައް އެކަމު ތިހެން ބުނެފިއްޔާ އެހުއްޓުވަނީ ކޮންމެ ކަމެއްވެސް ބުނާ ގޮތާ ދެކޮޅައް ކަންތައްދަނީ
ބުރުހާ
20 September 2023
ރައީސްމުށުތެރޭ ތާށިވެފަ ތިބިމެންބަރުން އެހެން ހަދަނީ...ދެން ތިބުނަނީ މަށެއްނޫނޭ..
Gold
20 September 2023
ކޮންބަރުލަމާނީއެއްތަ؟ މިނަޝީދުގެ ނުހޮރައްޕާންވެސް ފިލައިގެންދާކަށްނޫޅެޔޭ، ބަރުލަމާނީއަށް ފެންނަނުފެންނަ ވޯޓެއްނަގާކަށްނުޖެހޭ، ރައްޔިތުންގެ ފައިސާ އިސްރާފުކުރަން، ނަޝީދުއެކަނި ބޭނުންވެގެންއުޅޭކަމެއްތީ
ބޮޑުމީހާ
19 September 2023
ތިބޭފުޅާ ދައްކާ ވާހަކަ ގަބޫލުކުރަން މިހާރު ވަރަށް ދަތި. ސޮރީ
ސައިނީސް
19 September 2023
ރައްޔިތުންގެ ވޯޓެއް ބަރުލަމާނީއަކަށް ނުލިބޭނެ !
ޢެމެރިކާ
19 September 2023
ނޮހޮވޭނެ ކަން އެގޭތީ ރާއްޖެ ގަޑުބަޑު ކުރަނީ.
ބޯވައިންގެ އިސްލީޑަރު
19 September 2023
މަޖިލީހުގެ ކޮންޓްރޯލް އޮންނަނީ ރައްޔިތުން އަތުގައި ނޫންކަމަށް ކޮންޓްރޯލް އޮންނަނީ އެމްޑީޕީގެ އިސްލީޑަރުގެ އަތުގައި ކަމަށް ވިދާޅުވީ ވެސް މަނިކުފާނެއް ނޫންތޯ .؟
ސަސި.
19 September 2023
ތިޔަ މަޖިލިސް ދުވަހަކު ކުރިއަށް ނުގެން ދިޔަޔަސް ރަގަޅުވާނެ. ތިޔައީ ބޭކަރު ތަނެއް.
އަލްމުދިޝް
19 September 2023
މިފަދަ ގައުމެއްގައި ވެރިކަން ކުރުމަށް ވުރެން ޖަލެއްގައި އޮވެނިދާލުންވެސް ސޯލިހަށް އަދި އިހްސާސްކުރެވޭނެއެވެ!