ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން: މިނިސްޓަރު ވިދާޅުވީ އެއްވެސް ލޯނެއް ކެންސަލް ނުވާނެ ކަމަށާއި ހުރިހާ ލޯނަކަށް ވެސް ފައިސާ ދޫކުރާނެ ކަމަށް.--
21 ސެޕްޓެމްބަރ 2023 - 12:00
މަތީ ތައުލީމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނުގެ ފައިސާ ލިބުން ލަސްވަނީ އެއްފަހަރާ ގިނަ އަދަދެއްގެ ދަރިވަރުން ލޯނަށް ހުށަހެޅުމުން ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
ބައެއް ދަރިވަރުންގެ ލޯނު ލިބުން ލަސްވެ، ކިޔަވަން ނުފުރިގެން ސޯޝަލް މީޑިއާގައި ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަނެއްބައި ދަރިވަރުންނަށް ލޯނު ލިބުނަސް ވިސާ ހަމަޖެއްސުމަށް ބޭނުންވާ ބައެއް ލިޔުންތައް ނުލިބޭ މައްސަލަ ވެސް ފާހަގަ ކޮށްފައި ވެ އެވެ.
ލޯނު ލިބުން ލަސްވާ މައްސަލައިގައި "މިހާރު" އިން ސުވާލު ކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ލޯނު ދީފައިވާ ބައެއް ދަރިވަރުންގެ ލޯނުތައް ލަސްވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ލޯނުތައް ދޫކުރުން ލަސްވީ ލޯނު ދީފައިވާ ގައުމުތަކުގެ ޔުނިވާސިޓީތަކުން މިނިސްޓްރީ އަށް ލިބެންޖެހޭ ބައެއް ޑޮކިއުމަންޓްތައް ނުލިބިގެން ކަމަށެވެ.
"އެހެން އަހަރު ތަކުގައި ލޯނުދޭ ދަރިވަރުން، އެންމެ ގިނަވެގެން އެދޭނީ 60 ޕަސަންޓު. މި ފަހަރު އާދަޔާ ހިލާފަށް ގިނަ ދަރިވަރުން ކުއްލިއަކަށް ލޯނު ޕްރޮސެސް ކުރަން އެދުނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އެހާ ގިނަ އަދަދެއްގެ ކުދިން އެއްފަހަރާ ލޯނަށް އެދުނީ އިންތިހާބަށް ފަހު ލޯނު ކެންސަލް ވެދާނެ ކަމަށް ބަޔަކު ވާހަކަ ދެއްކުމުން ކުދިންތައް ހާސްވެގެން. ވަރަށް ގިނަ ކުދިން ޕްރޮސެސް ކުރަން ލި."
ވިލާ ކޮޖެލުގެ ދަސްވެނިވުމުގެ ހަފުލާގައި ބައެއް ދަރިވަރުން ބައިވެރިވަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މިނިސްޓަރު ވިދާޅުވި ގޮތުގައި، ލޯނުތައް އަވަހަށް ނިންމަން މިހާރު ގެންދަނީ އިތުރު މުވައްޒަފުންނާ އެކު މަސައްކަތް ކުރަމުންނެވެ. އިތުރު ވަގުތުތަކުގައި ވެސް މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
"އަވަހަށް ފުރާ ކުދިންނަށް އިސްކަން ދީގެން އެޕްލިކޭޝަންތައް ޕްރޮސެސް ކުރަމުން މި ދަނީ. ލޯނު ލިބިފައި ހުރި އެއްވެސް ކުއްޖެއްގެ ލޯނު ކެންސަލެއް ނުވާނެ. ލޯނު ލިބުނު ހުރިހާ ކުދިންނަށް ވެސް ފައިސާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި މި ފަހަރު 720 ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ. މި އަހަރުގެ ލޯނު ސްކީމް ހުޅުވާލީ އެހެން އަހަރުތަކުގައި ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށެވެ. އެއީ ޕައިލެޓްކަމާއި ޑޮކްޓަރުކަން ކިޔެވުމުގެ ޖާގަތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާރޫގުތައިކޯ
23 September 2023
ކީއްކުރަންހޭފޯމަކުންއެދެންޖެހެނީ މިޒަމާނަކަށްނުފެތޭވާހަކަ ނެއްއެއްޗެއް ހުރިއެއްޗެއް ވާއެއްޗެއް ނުވާއެއްޗެއް ދެންކޯޗެއް ހުރީ ބުނެބަލނެތިގެންނުދެވިގެންނޭމިއުޅެނީ
ބޮޑުމީހާ
21 September 2023
އެއްފަހަރާ ކަނޑު އަޑިން ގޯތި ކަނޑާ 16000 މީހުންނަށް ބިން ހަވާލުކުރެވޭ ކެޕޭސިޓީ ހުރި ސަރުކާރެއް މީ. ހޮނިހިރު ދުވަހު ހިއްކާފަ، އާދިއްތަ ދުވަހު މަގު ހަދާފަ، ހޯމަ ދުވަހު ގޯތި ކަނޑައިދީ، އަންގާރަ ދުވަހު ގެވަޅު ރޭނޭނެ ވާހަކަ މި ސަރުކާރުގެ މިނިސްޓަރުން އެހެރީ ބުނެފަ.
ޒައީމު
21 September 2023
ނެތޭ މުސާރަދެވޭނެ ގޮތެއްވެސް އިންޑިޔާގަ އެދިގެން އުޅޭ ލޯނިގަނޑު ނުދީފިއްޔާ! ދެން ފޯމު ގިނަވިއްޔޭ ކިޔައިގެން ހިފެހެއްޓުން ނޫންގޮތެއް ނޯންނާނެ!
ޢަލީ ކުރުސީ
21 September 2023
ލޯނު ލަސްވަނީ ދަޢުލަތުގެ ޚަޒާނާގައި ފައިސާ ނެތިގެން. ޕްރިޖެކްޓްތަށް ހުއްޓިފަ އޮތީ ފައިސާ ނުދޭތީ! ރަށްރަށަށް ގުޅާފަ ނޫސްވެރިން އަހާލަބަލަ! އަދިވެސް އިތުރު ދައުރެއް ދޭންވީ!
އަލިފުޅު3
21 September 2023
ބައެއް ޑޮކްޓަރުންނަކީ މެނޭޖްމެންޓުގެ ކަންފުޅެއްވެސް އެނގޭ ބައެއް ނޫނެވެ. މިފަހަރު މިއީ ހިސާބު އިލްމު ޑޮކްޓަރެކެވެ. މިބޭފުޅާ ގެ މިނިސްޓްރީ ގެ މެދު ފަންތީގެ މުވައްޒަފުން އެތަން ހިންގަނީ އެވެރިން ހިތައް އެރި ގޮތަކަށެވެ. ވަޒީރު ހުއްޓަސް ނެތަސް އެމީހުން އެތަން ހިންގާ ގޮތަކަށް ހިންގާނެއެވެ.
ކުޔަވާކުއްޖެއް
21 September 2023
ޕައިލެޓްކަން ކިޔަވަމުންދާ ކުދިންނަށްލޯނު ދޭން ނިންމި ދުވަހުން ފެށިގެން 3 މަސްމުވަނީ މަސައްކަތްކުރާތާ އަދިވެސް ލޯނުފައިސާ ނުލިބޭ ، ހުތިހާލިޔެކިޔުންތަށް ހަމައަށް ހުށަހަޅާފައިވަނީ ، ކޮންހާ ބުހުތާން ދޮގުތަކެއް ހަދާކަށް
އަލި
21 September 2023
ލިބޭނޭ ލިބޭނޭ ބުނެގެން ލިބުނު ކަމަކަށް ނުވާނެ. ނުވާވަރުން ކަންތައްކުރަން ރައްޔިތުން ކައިރީ ބުނާތީ މައްސަލައަކީ. ގިނަ ފުރުސަތު ދިނީމަ ގިނަ ފޯރމު ވެސް އަންނާނެކަން ނޭންގެނީތޯ؟ އެހާ ހޮޅިވާހަކަ ނުދައްކަބަލަ.
ފދސދ
21 September 2023
ގައުމުގަ ފައިސާ ނެތިގެން ލޯނު ނުދެވެނީއޭ ކިޔާ އަޑުއެހިން.
އަހަންމަދު
21 September 2023
ދެން ލޯނު ލިބެންދެން އުމުރުން ބޮޑުބައެއްދުއްވާލަންވީތަ؟
ސީމު
21 September 2023
ފައިސަާނެތީ ބަޖެޓުގަ ބިލިޔަން ދަރާ ގައުމު މިލިޓަރީ ބޭނުމައް ވިއަކާލުން ނޫން ގޮތެއްނެތް