ޚަބަރު / ދަ ޑިމޮކްރެޓްސް

އެމްޑީޕީގެ ތާއީދާ އެކު އޮކްޓޯބަރު 30ގައި ސީދާ މަޖިލީހުން ނިޒާމީ ވޯޓަށް އަހަން ފާސްކޮށްފި

މަޖިލީހުން ފާސްކުރި ގަރާރުގައި ބުނަނީ އޮކްޓޯބަރު 30ގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީއަށް އެންގުމަށެވެ.

ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އޮކްޓޫބަރު މަހުގެ 30 ގައި ނަގަން ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އަންގާ ގޮތަށް ކަމާގުޅޭ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އޭނާ ހުށަހެޅުއްވީ، އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީ އަށް އެންގުމަށެވެ.

އެ އިސްލާހާ އެކު، އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު އެވެ.

އޭގެ ފަހުން، ޖަލްސާ ފަށައި މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓަށް ބަހުސަށް ފުރުސަތު ހުޅުވައިލުމުން، އެ ރިޕޯޓަށް އެއްވެސް މެމްބަރަކު ބަހުސް ކުރައްވަން ފުރުސަތަށް އެދިވަޑައިނުގެންނެވި އެވެ.

އެއާ އެކު، ނިޒާމީ ވޯޓު ނެގުމާ ގުޅޭގޮތުން އިލްޔާސް ހުށަހެޅުއްވި ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތަށް، މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 35 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސްގެ ބައިވެރިވުމެއް ނެތި މަޖިލީހުން އަމިއްލަ އަށް ނިޒާމީ ވޯޓު ނެގޭނެ ކަމަށް އިލްޔާސް ގަރާރު ހުށަހަޅުއްވާފައިވަނީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

ބަހުސްގެ ތެރެއިން އެކަމާ އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައި ވާހަކަ ދެއްކެވި އެވެ. މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ގަރާރެއް މެދުވެރިކޮށް ނިޒާމީ ވޯޓަކަށް އެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އޭގެ ބަދަލުގައި އެކަން ކުރެވޭނީ ޝަރީފް ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކޮށް، ގާނޫނުއަސާސީގެ 262 މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެން ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން، އަސާސީ ހައްގުތަކާއި މިނިވަންކަން، މަޖިލީހުގެ އުމުރު، ރިޔާސަތުގެ ދައުރު އަދި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރާ ގޮތް ބަދަލުކުރާ ބިލެއް ރައީސަށް ތަސްދީގުކުރެވޭނީ އާންމު ވޯޓެއް ނަގައިގެން އެކަން ކުރަން ރައްޔިތުންގެ އަޣުލަބިއްޔަތަށް ފެންނަ ނަމަ އެވެ.

އެކަމަކު، އެމްޑީޕީގެ ގިނަ މެމްބަރުން މި ގަރާރަށް ބަހުސްގެ ތެރެއިން ތާއީދު ކުރެއްވި އެވެ.

އިލްޔާސްގެ ގަރާރު މިދިޔަ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވި ފަހުން، ތަޅުމަށް ވަޑައިނުގަނެ އެމްޑީޕީ މެމްބަރުން ތިއްބެވުމަށް ފަހު، އިއްޔެގެ ޖަލްސާގެ ފަހު ދަންފަޅިއަށް އެމްޑީޕީ މެމްބަރުން ވަޑައިގެން ގަރާރަށް ތާއީދުކުރެއްވީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އެކަމަކު ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލުން އެމްޑީޕީއަށް ހުށަހަޅަން ފާސްކޮށްފައިވާ ޝަރުތަކީ މި މަހުގެ 28 ވަނަ ދުވަހު ނިޒާމީ ވޯޓު ނެގުމެވެ. ފަހު ވަގުތު އެމްޑީޕީން ދޫދީ، އޮކްޓޯބަރު 30 ގައި ނިޒާމީ ވޯޓު ނަގަން ތާއީދުކޮށްފައިވާ އިރު، ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ތާއީދު ކުރުމާ މެދު ދެން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެ އެވެ.

142 ކޮމެންޓް, 125 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީ

21 September 2023

ގައުމު ހަލާކުކުރުން ނޫން ދެވަނަކަމެއް ނެތް

The name is already taken The name is available. Register?

ލކލކލ

21 September 2023

މިގައުމުގެ މަޖްލިހަކީ މިހާރު ރޫލް އޮފް ލޯއަށްވުރެ މަތީގަ އޮތް ތަނެއް.

The name is already taken The name is available. Register?

7887

21 September 2023

ރައްޔިތުންނަށް ހީވޭ! މިހިރަގެން ސުޕަމެޖޯރިޓީގެ ނަާޖައިޒު ފައިދާ ނަގާ. ގޯތިވެރިކަމަކަށް ދާނެހާ ކަމެއް އަމިއްލައަށް ނިންމަނީ. މޑޕއާ ދަ ޑިމޮކްރެޓްސްގަ ތިބީ ސިއްކަ އާއިލާއާ އެމީހުން ކޮންޓްރޯލް ކުރާ މީހުން.

The name is already taken The name is available. Register?

ސިޔާން'

21 September 2023

އެންމެ ކަރަޕުޓު ތަން މަޖިލީސް

The name is already taken The name is available. Register?

ރޮޒޭ

21 September 2023

މަޖިލިސް ނުހުރޭތަ ރިޔާސީ ނިޒާމްގަ. ގައުމު ހަލާކު މި ކުރަނީ މަޖިލިސުން ރިޔާސީ ނިޒާމްގަ.

The name is already taken The name is available. Register?

އޮނަރަބްލް

21 September 2023

އަމިއްލައަށް އޮނަރަބްލް ނޫނީ އިއްޒަތްތެރި ނަމުގެ ކުރިޔަށް ލައިފިއްޔާ ކަމުދާނީ ބަރުލަމާނީ ނިޒާމު. މަޖިލީހުގައި ދުލަށް އައިހައި އެއްޗެއް ގޮވާފައިވެސް އެ ބުނަނީ އިއްޒަތްތެރި މެންބަރު. ކުނިފުޅަ ގޮވާފައި އެބުނަނީ އިއްޒަތްތެރި މެންބަރު. އިއްޒަތްތެރި، އޮނަރަބްލް މިފަދަ ލަފުޒުތަކުގެ މަތިވެރިކަން ނުދަންނަ މީހުން ތިބޭތަނެއްގައި ކަން އޮންނާނީ މިހެން. މި ނޫހަށް ކޮމެންޓްކުރާ އޮނަރަބްލް އަކީވެސް މިފަދަ އޮނަރަބްލްއެއް. ބަރުލަމާނީއަށް ތާއީދުކުރަނީ އެހެންވެގެން.

The name is already taken The name is available. Register?

ލީގަލު

21 September 2023

ރައްޔިތުންގެ ބާރު ކެނޑުނީ މިގައުމުގަ

The name is already taken The name is available. Register?

ތަކުރުފާނުގެދަރި

21 September 2023

ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ޚިލާފު ކޮންމެ ނިންމެވުމެއް ވާނީ ބާޠިލު ނިންމުމަކަށް. ކޮންމެ ތާކުން ނިންމިޔަސް އެކަން ވާނީ އެހެން. ގާނޫނުއަސާސީގައި ވަކި ފަރާތަކާ މަތިވެފައި ހުންނަ މަފުހޫމްތައް ހުއްޓައި ހިތުހުރިގޮތަކަށް ކަންކަން ކުރުމުމަކީ ގާނޫނުއަސާސީ މުގުރާލުން. އަސާސީ ތަޢުލީމުގެ ފެންވަރު ނެތް އަޚުލާގެއް ގޮތެއް ފޮތެއް ނެތް މީހުން މަޖިލީހަށް ވެއްދުމުން ފެންނާނެ މަންޒަރު ފެންނަމުން މިދަނީ.

The name is already taken The name is available. Register?

ގުރާ

21 September 2023

މަޖިލީހަކީ މުޅި ދައުލަތެއްނޫން. އެމީހުންގެ ވޯޓުން ތިކަން ފާސްކުރުމަކީ އިންސާފުވެރި ގޮތެއްނޫން. ތިބާތަތުގެ ކަންކަމުގަ ސީދާ ރައްޔިތުންގެ ވޯޓު ނަގަންޖެހެނީ.

The name is already taken The name is available. Register?

ސޭބޫ

21 September 2023

މަޖުލީސް އުވާލާ.

The name is already taken The name is available. Register?

އިނގުރޭ

21 September 2023

މިހާރު މިއެދެނީ ދާއީމީ ފްލެޓްލިސްޓަށް. މީ ހަފްތާގެ އެންމެ ފަހުދުވަސް.. މިއަދު ނުވިއްޔާ ތިކަމެއް ނުވާނެ. ވޯޓު ހަނދާންނައްތާލާ

The name is already taken The name is available. Register?

ކިރު ސައި

21 September 2023

މުދަލަށާއި ފައިސާއަށް ވޯޓްދޭނަމޭ ބުނަން ލަދުނުގަނޭތޯ؟ އެހެނަސް ކިޔަނީ އިސްލާމުންނޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454