މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ސެޕްޓެމްބަރ 2023 - 19:53
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ޑިމޮކްރެޓްސް އާއި ޖޭޕީން ވަކި ޕާޓީއަކަށް ތާއީދުކުރަން ނުނިންމި ނަމަވެސް އެ ދެ ޕާޓީގެ ގިނަ ބައެއްގެ ތާއީދު އެ މަނިކުފާނަށް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކެމްޕެއިނާ ގުޅިވަޑައިގަތުމަށް ޖޭޕީ ކައުންސިލްގެ ވަރަށް ގިނަ ބަޔަކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން ބައެއް ބޭފުޅުން ސޯޝަލް މީޑިއާގައި އެކަން އިއުލާނުކޮށްފައިވާއިރު، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ވެސް އިތުރު ބޭފުޅުންގެ ތާއިދު އޮތްކަން ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޖޭޕީގެ މެޖޯރިޓީ ކަހަލަ ގޮތަކަށް އެމްޑީޕީއާއެކީ މަސައްކަތްކުރާ ގޮތަށް އޮތީ. އިރާދަކުރެއްވިއްޔާ އެ ވެގެންދާނެ އަޅުގަނޑުމެން ކުރިއަށް މި އޮތް ދެ ވަނަ ބުރުގައި ކާމިޔާބުކުރުމަށްޓަކައި ލިބޭ ވަރަށް ރަނގަޅު ފާލަކަށް.." އެ މަނިކުފާނު ވިދާޅުވި އެވެ.
މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެއަކަށް ވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްޑީޕީ ދެފަޅިވެ، އެ ޕާޓީގެ ތެރެއިން އުފަންވި ޑިމޮކްރެޓްސްއާއެކު ވެސް ކޯލިޝަން ހެދުމަށް ރައީސް މަޝްވަރާކުރެއްވި އެވެ. އެ ޕާޓީގެ ޝަރުތަކަށްވީ އަންނަ ހޯމަ ދުވަހު ނިޒާމީ ވޯޓެއް ނެގުމެވެ. އެކަމަކު، ރައީސް ވަނީ ދެ ވަނަ ބުރަށްފަހު ނިޒާމެއް ވޯޓެއް ނެގިދާނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް، އެ ނިންމުންތަކާއެކު ވެސް ޑިމޮކްރެޓްސް އިން ނިންމީ އެއްވެސް ބޭފުޅަކަށް ތާއިދުނުކުރާށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ކުރެވުނު މަސައްކަތުން ޑިމޮކްރެޓްސްގެ ބޮޑު ބައެއް އެމްޑީޕީއާއެކު ނުކުމެ އެބަތިބެވެ. ގާތްގަނޑަކަށް އެންމެންގެ ތާއިދު ލިބެމުންދާ ކަމަށާއި އެއާ އެކީގައި އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެކަން ފާހަގަކުރެއްވި އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބުން ރައީސަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެ މަނިކުފާނާއެކު ދެ ވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް، މާފަންނުގައި ފެއްޓެވި ޑޯޓުޑޯގެ ތެރެއިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީޑިއާތަކާ އިންޓަވިއުދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އީސީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ރިޔާސީ އިންތިހާބަކީ އެންމެ މަދު މީހުން ވޯޓުލީ ފަހަރެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ ޑޯޓުޑޯގެ ތެރެއިން ބައްދަލުވާ ބައެއް މީހުން ވެސް، ފުރަތަމަ ބުރުގައި ވޯޓުނުލާ ކަމަށް ބުނެފައިވާ ކަމަށެވެ. އެކަމަކު، ނަތީޖާ އައި ގޮތުން ދެ ވަނަ ބުރުގައި ވޯޓުލާން މަޖުބޫރުވެފައިވާ ކަމަށް އެ މީހުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެނބުރި ނާމާންކަމާއި ބިރުވެރިކަމުގެ ތެރެއަށް ދާކަށް ތިމަންނަމެން ބޭނުމެއް ނޫނޭ. އެހެންވީމަ، ވަރަށް ބުރަކޮށް ތިމަންނަމެން މަސައްކަތް ކުރާނަމޭ. އަދި ނުކުމެ މި ތިބީ އަމިއްލައަށް އިސްނަގައިގެން ޓީމުތައް ހަދައިގެން އެބަ މަސައްކަތްކުރަމޭ." އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން އެބައޮތް. އިރާދަކުރެއްވިއްޔާ ފަސޭހަ ކާމިޔާބީއެއް މީގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޑަށްއެޅީ
23 September 2023
ކުރިންވެސް 130000 މީހުން ވޯޓް ދިން.
ލާނިންމާފަ
23 September 2023
ޖޭޕީން އެމްޑީޕީއަށް ވޯޓްލާނެ ބަޔަކު އެއޮތީ ކުރިންވެސް ލާ ނިންމާފަ.
ޖޯކް
23 September 2023
ލިބޭނެދޯ. ރަނގަޅަށް ލިބުނެއްނުން ފުރުތަމަ ބުރުގަވެސް. އަސޭލާގެ ޕްރިޑިކްޝަންތަ އަނެއްކާ.
އޮނަރަބްލް އަފީފު ދީދީ
21 September 2023
ޕާޓީއުފެއްދި މަޤުސަދު ހަދާންނައްތާލާފައި އެމްޑީޕީ ލީޑަރޝިޕް މަގުންކައްސާލުމުން ތިޕާޓީދޫކޮށްނިކުތް ޑިމޮކްރަޓިކުން އުފެއްދި ޒުވާނުންގެޕާޓީ The Democrats ގައިތިބީ ބޭޅާގެޕާޓީގައި މިވަގުތުތިއްބެވި އަބުދުﷲ ޖާބިރު، ސަންސިޔާމު، ރީކޯ މޫސަނިކު، އަލީ ވަޙީދު، ރިޔާޒު ރަޝީދު، ދޮންބިލެއް ހަލީމް ފަދަ "އިއްޒަތްތެރި" ބައެއްނޫން އިގޭތޯ. # އެހެންވުމުގެސަބަބުން އެމީހުންގެނަފުސަކީ "ފައިސާއަށް ވިކޭނެ" އަދި ގަނެވޭނެއެއްޗެއްނޫން. އެމީހުންއަތުން ދެން ކޮންވޯޓެއް ލިބޭނީ!؟
ގޭސްގަޑު
21 September 2023
ކުރިންވެސް އުޅުނީ ތިހެން ފަހުންވީ ދިމާ އިދިކޮޅައް. ވަހީދައްވީހެން ވަމުން ދަނީ
ނޫސްތަކުން
21 September 2023
އަދިވެސް ލާދީނީ ޕާޓީ އަކީ އެމްޑީޕީ އެއީ އެމްޑީއެންގެ ބޮޑުން އަދިވެސް ސަރުކާރުގެ އިސް މަގާމު ތަކުގަ އެބަތިބި ނުވިތާކަށް އަންނި ދިޔައިމާ އަދާލަތުން ބުނި ލާދީނީ ބައިގަޑު ދިޔައީއޭ ހަގީގަތަކީ އަންނި ބޭރު ކުރީއެެއްނޫން އޭނަ ދިޔައީ އަމިއްލަޔައް އާދޭސް ކޮއްކޮއް އޮއްވަ އަދިވެސް އަޔަސް ގުޅޭނެ.
ހައްގު ތެދު
21 September 2023
ދައުރުގައި ސަރުކާރުވެސް، މަޖިލިސްވެސް، ކައުންސިލްތައް ވެސް އެމް ޑީ ޕީ އަށް މެޖޯރިޓީ ދީގެން ވީ ވަކި ކޮންް ކަމެއް.
މެމްބަރެއް
21 September 2023
އިބޫ ދިން އަނިޔާއައް ބަލާއިރު އެވަރުގެ އަނިޔާއެއް ނުދޭ އިދި ކޮޅުގެ އެއްވެސް ޕާޓީ އަކުން. 1. ޕާޓީ އެތެރެ އިންތިހާބުގަ އަންނިގެ ސަޕޯޓަރުން ޕާޓީން ވަކިކުރުން 2. ބޮންގޮއްވި މައްސަލަ ނުބެލުން 3. ގޮވިހާ އެެއްޗެހި 4. ޖެއްސުން ކުރުން 5. އަންނި އާ އީވާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން އުޅުން.
ދި ޑިމޮކްރެޓްސް
21 September 2023
ޑިމޮކްރެޓްސްއިން ނަފްސު ވިއްކާލާ ބައެއް ނޫން. ޑިމޮކްރެޓްސްއިން އެމްޑީޕީއާ ދުރައް ދިޔައީ ޔާމީނާ ހެދިއެއް ނޫން ދުރައްދިޔައީ ސީދާ އިބޫއާ ހެދި ވޯޓް ދޭންވީ މީހާ މިހާރު ސާފު ވެއްޖެ ކަމައް ހީކުރަން.
ޖަހަންނަމު
21 September 2023
އަވަހައް ބޭކާރު ހަރަދު ނުކޮއް ހުވާކުރޭ