އިންޑިއާގެ އަވަށެއްގައި ނިޕާ ވައިރަސް ޖެހިފައިވާ މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ޑޮކްޓަރުންނާއި ނަރުހުން އެހީވަނީ: ނިޕާ ވައިރަސް ފެތުރޭތީ ކެރަލާ ސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ސިއްހީ ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތައް ވަނީ އަޅަން ފަށައިފައި.--
24 ސެޕްޓެމްބަރ 2023 - 13:34
ސިކުނޑި އަށް ބޮޑެތި ގެއްލުންތަކެއް ދީ، ފުރާނަ އަށް ނުރައްކާ ކުރުވާ ނުރައްކާތެރި ނިޕާ ވައިރަސް (އެންއައިވީ) އިންޑިއާގައި ފެތުރޭތީ ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ބޭސްފަރުވާ އާއި އެހެނިހެން ކަންތައްތަކުގައި އާންމުކޮށް ދިވެހިން ގޮސް އުޅޭ އިންޑިއާގެ ކެރަލާ ސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ވަނީ ލޮކްޑައުން ވެސް ކޮށްފަ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކެރެލާގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ ސްޓޭޓުގައި ދިވެހިން ދިރިއުޅޭ ސަރަހައްދުތަކުން ފެނިފައި ވަނީ މަދު ކޭސްތަކެއް ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިންނަށް އެ ބަލި ޖެހުން ދުރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިޕާ ވައިރަހަކީ ޖަނަވާރުގެ ފަރާތުން އިންސާނުންނަށް އަދި ވައިރަސް ފޯރާފައި ތިބޭ އިންސާނުންގެ ފަރާތުން އެހެން ޖަނަވާރުތަކަށް ވެސް އަރާ، ގައިންގަޔަށް އަރާ ވައިރަހެކެވެ.
ނިޕާ ވައިރަސް އާންމުކޮށް ފެތުރެނީ، ވާ ކައިފައި ހުންނަ މޭވާ ނުވަތަ ތަރުކާރީންނާއި ވާލުގެ ކުޅާއި ކުޑަކަމުދާ ތަކެތި ޖެހިފައިވާ މޭވާ ކެއުމުގެ ސަބަބުންނެވެ. އެ ބަލި ޖެހިފައިވާ މީހާއާ ކައިރީގައި އުޅޭ މީހުންނަށް ވެސް އެ ބަލި ޖެހުމުގެ ފުރުސަތު އޮވެ އެވެ.
- ހުން އައުން.
- ގައިގައި ރިއްސުން.
- ކަރުގައި ރިއްސުން.
މި ވައިރަސްގެ އަސަރު މާ ބޮޑަށް ކޮށްފި ނަމަ ހޭނެތުމާއި ފިޓް ޖެހުން ފަދަ ކަންކަމާ ވެސް ކުރިމަތިވެ އެވެ.
މި ފަހަރު މި ބަލީގެ އައުޓްބްރޭކްގައި މިހާތަނަށް 130 އަށް ވުރެ ގިނަ މީހުން ބައްޔަށް ޓެސްޓުކޮށްފައިވާ ކަމަށް ކެރަލާގެ ހެލްތު މިނިސްޓްރީން ބުންޏެވެ.
މިއީ 2018 ގެ ފަހުން އިންޑިއާގައި އެ ވައިރަސް ފެތުރޭކަން ފާހަގަވި ހަތަރުވަނަ ފަހަރެވެ. އެ އަހަރު ކެރެލާގައި ނިޕާ ވައިރަސް ފެތުރި 17 މީހަކު މަރުވި އެވެ. އޭގެ ފަހުން 2021 ގައި ވެސް އެ ސްޓޭޓުން އެ ވައިރަސް ފެނިގެން އެތައް ސަތޭކަ ބަޔަކު ޓެސްޓު ކުރި އެވެ. އެ ފަހަރު 12 އަހަރުގެ ކުޑަކުއްޖަކު މަރުވެފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީމު
25 September 2023
ރައްކާތެރި ކަމުގެ ފިޔަވަޅު އަޅާކައް ނުވޭތަ؟
ދޮން
25 September 2023
ކޮވިޑް 19 އައްވީހެން މިބައްޔައްވެސްވާނީ. މިހެން ބަލަބަލާ ތިއްބާ އަތައްގޮވާނީ. މިޤައުމަށް ކެމިކަލް އެކުލެވިގެން ނުވާ ތަރުކާރީ އާއި މޭވާ އެތެރެކޮށް ރައްޔިތުންނަން ކާން ދޭން ވަޢުދުވާނެ ވެރިއެއް ނެތްތަ؟
ަސޭޑް
25 September 2023
ޕްރޮޕެގެންޑާ ފެށުނީދޯ؟
އެޗްޕީ ޙަރަކާތެއް ނެތް
24 September 2023
އެޗްޕީއޭގެ ޒިންމާ އެމީހުންނަ|ށް ރޮފިލިހެނެއް ހީއެއް ނުވޭ ޑެންގޫ ޖެހިގެން އެއްދުވަހު އެއްރަށެއްގެ 3 މީހުން ވަނީ ނިޔާވެފަ
އަހުމަދުފުޅު
24 September 2023
ވާ ތިއީ ވަރަށް ނުރައްކާ އެއްޗެއް. އެހެންވެ އަހަރެން ބުނަން މީހުންކައިރީވެސް ވާ އަންނަ ކަހަލަ ގަސްގަސް ގޭ ދޮރުމަތީއާއި ގޭތެރޭ ނީންދަން.
ސަލީމު އިދުރީސް
25 September 2023
ވާ އައްވުރެ އިންސާނުން މާނުރައްކާ ނޫންތޯ
ޢަލީ ކުރުސީ
24 September 2023
މޮނިޓަރ ކޮށްފަ ބަހައްޓާ، އެހެން ކަމެއް ވާބައެއްނޫން ތިޔައީ! ޤައުމުން އެއްކޮށް ފޮހެލާފަ ހުރި ބަލިތައްވެސް އަލުން ފެންނަމުން ދަނީ! އެތެރެކުރާ ބޭހުގެ ފެންވަރު ދަށްކަމުން ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރީމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ!!
ކޮރަލް
24 September 2023
ބޭސްފަރުވާ އާއި އެހެނިހެން ކަންތައްތަކުގައި އާންމުކޮށް ދިވެހިން ގޮސް އުޅޭ އިންޑިއާގެ ކެރަލާ ސްޓޭޓްގެ ސްކޫލްތަކާއި އޮފީސްތައް ބަންދުކޮށް، ވަނީ ލޮކްޑައުން ވެސް ކޮށްފަ އެވެ. އިންޑިޔާގެ ކެރެލާ އަށް ޓްރެވަލް އެޑްވައިޒަރީ އެއް ނެރެން ވީ އެވެ.
ފަސްޓް
24 September 2023
މިހާރު މިގައުމުގަ އުޅޭނެ--އިންޑިއާ ފަސްޓް ޕޮލިސީގެ ތެރެއިން.
ޓްރެވެލް އެޑްވައިޒަރީ
24 September 2023
ރާއްޖެ އިން ދުވަހަކުވެސް ޓްރެވެލް އެޑްވައިޒަރީ އެއް ނެރުނުބާ ؟