އަލިމަނިކު: ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރިކަން ސާބިތުވެ އޭނާ ފަސް އަހަރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި
24 ސެޕްޓެމްބަރ 2023 - 14:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށްފަހު ހިންގި ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަންގައި ހައްޔަރުކުރި އަބްދުﷲ އަލިމަނިކުގެ މައްޗަށް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށް ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މެއި، 2021 ގައި ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު އެ މައްސަލައާ ގުޅިގެން ހއ. މޮޅަދޫ ބަހާރުގޭ އަލިމަނިކުގެ އިތުރުން ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމް ހައްޔަރުކުރި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން އަލިމަނިކުގެ މައްޗަށް އެ ދައުވާ ސާބިތުވެ، އޭނާ ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރިޔަސް، ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ.
އަލިމަނިކު ފަސް އަހަރަށް ޖަލަށްލާން ހުކުމް ކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހުގެ އަދަބެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުމުން ތަސްލީމްގެ ބައި އިސްތިއުނާފްކުރުމާ މެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކުރެ އެވެ. އެ މީހުންގެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ. އޭގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން އޮތީ ހުކުމްކޮށްފަ އެވެ.
އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ސިފައިންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޖަލަށްލި މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާސޭ
24 September 2023
އެންމެ ފަސް އަހަރު...
ފޮނިޓައްޕު ހަސަނު
24 September 2023
ތިކަހަލަ މީހުންނަށް ހުކުމް ކުރަންވީ 30 އަހަރަށް.
ފޮނިޓައްޕު ހަސަނު
24 September 2023
މިރާއްޖޭގައި އާލާވަމުންދާ ވައްޚާބީ ބާގައިގެ މީހުންނަކީ މިގައުމާއި އަދި އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑުވެގެންވާ މުސީބާތެއް. ސްރީލަންކާގައި އެ ދިން ބޮމުގެ ހަމަލާގައި ސްރީލަންކާގެ މުސްލިމުން ގެ އިތުރަށް މިރާއްޖޭގެ މީހުން ވެސް ބަދުނާމުވި. މިރާއްޖޭގައި ވައްޚާބީ ބާގައިގެ މީހުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމެ މިރާއްޖޭގެ އިގްތިސާދީ މައިނާރު ޓޫރިމްގެ ސިނާއަތު ހަލާކުވާން ނަގާނީ މަދު ސިކުންތު ކޮޅެއް.
ޢިނާށް
24 September 2023
އަންނިއާ މީޓްކޮށްފަ އަންނި ހެޕީކޮށްދޭންވެގެން ކޮންމެސް އެކަކަށް ޖަލު ހުކުމެއް އިއްވީދޯ. ސަޅި
ގެޓްވެލް
24 September 2023
މިއީ ޔާމީންމެންގެ ދައުރެއް ނޫނޭ ތިޔަގޮތަށް ހުކުމް އިއްވާކަށް!