ވިޔަފާރި / ބީއެމްއެލް

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ފުވައްމުލަކުގައި ދޭން ފަށައިފި

ބީއެމްއެލް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ބަޔަކު މިއަދު ބޭނުންކުރަނީ.-- ފޮޓޯ: ބީއެމްއެލް

05 ފެބުރުއަރީ 2017 - 13:01

3 comments

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުވައްމުލަކުގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ބީއެމްއެލްގެ ފުވައްމުލަކު ބްރާންޗުގައި ގާއިމްކޮށްފައިވާ މި ސެންޓަރު ހުޅުވައި ދެއްވީ، ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އެ ތަނުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރު އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފެވެ.

ބީއެމްއެލް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމް ސެންޓަރު، އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ ޝަރީފް މިއަދު ހުޅުވައި ދެއްވަނީ.-- ފޮޓޯ: ބީއެމްއެލް

މި ރަސްމިއްޔާތުގައި، ޝަރީފް ވިދާޅުވީ ރާއްޖޭގެ އާބާދީ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި އާއްމުންގެ ބޭނުންތައް ފުއްދައި ދިނުމަށް، ބީއެމްއެލްގެ ހިދުމަތްތައް އެ ރަށުގައި ފުޅާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެ ގޮތުން، މި ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް، ބޭންކުގެ ކަސްޓަމަރުންނަށް ބޭނުން ކޮންމެ ވަގުތެއްގައި ފަސޭހަކަމާ އެކު ހިދުމަތްތައް ހޯދޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"އާ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ފުވައްމުލަކުގައި ގާއިމްކުރެވުމަކީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމެއް،" ފުވައްމުލަކު މާދަޑު އަވަށުގައި ހުންނަ ބްރާންޗުގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް، އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ ޝަރީފް މިއަދު ބޭނުންކުރައްވަނީ.-- ފޮޓޯ: ބީއެމްއެލް

އާއްމުކޮށް އޭޓީއެމް އިން ކުރާ ބޭނުން ކަމަށްވާ ފައިސާ ނެގުމުގެ އިތުރަށް، ސެލްފް ސާވިސް އޭޓީއެމްތަކުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ އަދި ޗެކު ޖަމާކުރުމާއި ޓްރާންސްފަ ކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ އެވެ.

ފުވައްމުލަކުގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރެއް ހުޅުވީ، ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުން މިހާރު ކުރިއަށް ގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭނުގެ ދަށުންނެވެ.

ބީއެމްއެލް އިން މިދިޔަ ހަފުތާގައި ފެށި "އަހަރެންގެ ބޭންކް" ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބޭންކުން ފޯރުކޮށް ދޭ އާއްމުންނާ ގުޅުންހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުމާއި އެ ކަންކަމުން މުޖުތަމައު އަށް ކުރާ ފައިދާތައް ކިޔައިދިނުމެވެ. ބޭންކާއި އާއްމުންނާ އޮންނަ ގުޅުން ބަދަހި ކުރަން ހިންގާ މި ކެމްޕޭނުގެ ދަށުން މި މަހުގެ ކޮންމެ ދުވަހަކު ވެސް އާއްމުންނާ ގުޅުންހުރި ހަރަކާތެއް ހިންގަން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ސެލްފް ސާވިސް އޭޓީއެމް ސެންޓަރު.-- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން އަންނަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 31 ބްރާންޗާއި 78 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 190 ކޭޝް އެޖެންޓުންނާއި 19 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ.

ބީއެމްއެލްގެ ހިދުމަތްތައް ފުޅާކުރަން މި އަހަރު ހިންގާ 300 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން، 22 ރަށަކަށް ހިދުމަތް ފުޅާކުރަން ރަށްރަށުގައި އާ ހަތް ބްރާންޗާއި ހަތަރު ވިޔަފާރި މަރުކަޒާއި މާލޭގައި ކަސްޓަމަ ސާވިސް ސެންޓަރަކާއި އައްޑޫގައި ކޯލް ސެންޓަރެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރު 20 އޭޓީއެމް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އަދި 150 އާ ވަޒީފާ އުފައްދައި ބީއެމްއެލްގެ މުވައްޒަފުންގެ އަދަދު 850 އިން 1،000 އަށް އިތުރު ކުރަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެ އާ ވަޒީފާތަކުގެ ތެރޭން ދެ ބައިކުޅަ އެއް ބައި (75 ވަޒީފާ) ރަށްރަށަށް ހާއްސަކޮށްފައި ވާއިރު، ބާކީ ބައި ހުޅުވާލަނީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދަށެވެ.

3 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮން އާމިރު

07 February 2017

މިހާރު ސިޓީއަކަށްވެނުމުނީ....

The name is already taken The name is available. Register?

އެކްސް

05 February 2017

ރަނގަޅު ކަމެއް. ހިތަށްއަރާ ފުވައްމުލަކުގެ އެއަރޕޯޓުގައި ބޭންކުގެ އޭޓީއެމެއް ބަހައްޓާނީ ކޮންދުވަހަކުންބާއޭ..

The name is already taken The name is available. Register?

އިސްދޫ

05 February 2017

ކަލާއިދު އާއި އިސްދުއަށް އޭޓީއެމް އެއް ބަހަށްޓާދިނުންވެސް ވަރަށް މުހިއްމު ސަބަބަކީ މިހާރު ވަޒީފާގައި އުޅޭ މީހުނަށްވެސް މުސާރަ އަތަށް ދޫނުކޮށް ޖަމާކުރާގޮތަށް ހަމަޖެއްސުމާގުޅިގެން ކާޑު ހިފައިގެން ފެރީ ނެތިއްޔާ ބޮޑުއަގުދީފައި ދުއްވާ އެއްޗެއްގައި ގަމަށް ގޮސް މުސާ ހިފައިގެން ރަށަށް ދެވޭއިރު މުސާރައިން ބޮޑުބައެއް އޮންނަނީ ޚަރަދުވެފައި ކަމަށްވާތީ، އެރަށުގައި އުޅޭ މީހުނަށް ލުއިފަސޭހަ ގޮތަކަށްވާނެތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454