ދިރާގުން ތައާރަފްކުރި ވައިފައި 5ޖީ ޓާބޯ ވައިފައި: އެ ހިދުމަތާ އެކު އިންޓަނެޓްގެ ހިދުމަތް އިތުރަށް އަވަސްވާނެ ކަމަށް ދިރާގުން ބުނޭ
28 ސެޕްޓެމްބަރ 2023 - 19:37
ދިރާގުން 5ޖީ ޓާބޯ ވައިފައި ތައާރަފްކޮށްފި އެވެ.
ދިރާގުން ބުނީ މި ހިދުމަތާއި އެކު އިންޓަނެޓުގެ ސްޕީޑް އިތުރަށް ހަލުވި ވާނެ ކަމަށެވެ. އަދި މިއީ ކަސްޓަމަރުންނަށް މިހާރަށް ވުރެ އަވަސްކޮށް އިންޓަނެޓްގެ ހިދުމަތް ލިބޭ ގޮތް ހަމަޖެއްސުމަށް ތައާރަފް ކުރި ހިދުމަތެއް ކަމަށް ވެސް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ 5ޖީ ޓާބޯ ވައިފައި ޑިވައިސްއާ އެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި ޑޭޓާ އެލަވަންސްތަކުގެ އެކި ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކޭޖުތައް ލިބޭނެ ކަމަށެވެ. އަދި ހާއްސަ 5ޖީ ބޫސްޓާތައް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ ޓާބޯ ޕޯސްޓްޕެއިޑް ޕެކޭޖްތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވައާ އެކު، ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހުގެ މުއްދަތަށް ބެހެއްޓޭނެ ކަމަށެވެ.
ދިރާގުން ދަނީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން ގިނަ މަސައްކަތްތައް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
× މޭން
02 October 2023
އަދިވެސް އަގުބޮޑީ ،
ކަޑަބޮއް ސައީދު
01 October 2023
މުހިންމީ އަންލިމިޓެޑް އިންޓަނެޓް
ޙފޗގ
29 September 2023
ހަމައެކަނި މާލެ އަށް ދޯ
1828
28 September 2023
މިސާލަކަށް އަހަރެން މި ގަންނަނީ 01ބަސް ހަނޑޫ 600ރ ދީފައި. 01މަސް ދުވަހުން މިބުނި ހަނޑޫ ބަސްތާ ހުސްނުވީމައި، އެގަތް ފިހާރައަކުން ނުބުނޭ ބާކީ ހުރި ހަނޑޫ އަނބުރާ ފިހާރައަށް ގެންނާކަށް. ނުވަތަ 02މަސް ދުވަސް ފަހުން ހުސްނުވީމައިވެސް ނުބުނޭ އަނބުރާ ފިހާރައަށް ދައްކާކަށް. ދިރާގާއި އުރީދޫއިން އެބަޖެހޭ ވިޔަފާރިކުރަން ދަސްކުރަން. ލާރިދީފައި ގަތީމައި އެއީ ގަތްމީހާގެ މިލްކެެއް. އެބޭނުންކުރާނެ ގޮތަކާއި އެއަށްހަދާނެ ގޮތް އިނގޭ ގަތްމީހާއަށް. ވިއްކި މީހާކަށްނޫން
ޖަމްޝީދު
28 September 2023
ކަލާ ކޯޓައްދޭ މައްސަލަ ޖައްސާ ބަދަލު ލިބޭނެ
ޙަސަނު3
28 September 2023
މިހާރު ލިބޭ
ޙަސަނު4
29 September 2023
އަދިވެސް ހުރިހާ މީހުންނަކަށް ނުލިބޭ
މޭހޫނާ
30 September 2023
ހުރިހާ އެންމެނަކަށް ނުލިބޭ، ލަކްޝްމަން ):