ދިއްގަރަށް އިތުރުކޮށްދީފައިވާ ބިން: މިއީ ޖާގައިގެ ދަތިކަމަށް ލިބުނު ވަރަށް ބޮޑު ހައްލެއް.
28 ސެޕްޓެމްބަރ 2023 - 21:32
މ. ދިއްގަރުގައި ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމުގެ މަޝްރޫއު ނިމުނުއިރު ދެ ދިއްގަރު ވަރުގެ ބޮޑު ބިމެއް ހިއްކައިދީފައިވާ ކަމަށާއި ރާއްޖެ ތަރައްގީ ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އެ ދާއިރާގެ މެމްބަރު އިކްރާމް ހަސަން މިރޭ ވިދާޅުވެއްޖެ އެވެ.
އާބާދީގައި 965 މީހުން ހިމެނޭ ދިއްގަރުގެ ބިމުގެ ބޮޑުމިނަކީ 9.9 ހެކްޓަރެވެ. ބިމުގެ ދަތިކަން ހައްލުކުރަން ރައްޔިތުން އެދުމުން މި ސަރުކާރުން ވަނީ އެ ރަށުގެ ބިމުގެ ސައިޒަށް ވުރެން ދެގުނަ އިތުރަށް 25 ހެކްޓަރުގެ ބިން ހިއްކައިދީފަ އެވެ.
ދިއްގަރަށް އައި ކުރިއެރުމާ ގުޅޭ ގޮތުން އެކްސްގައި ފޮޓޯއެއް ހިއްސާކުރައްވައި އިކްރާމް ވިދާޅުވީ މުޅި ރާއްޖެ ތަރައްގީކޮށް މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. ދިއްގަރުގައި ވެސް މިހާރު ބިމުގެ ދަތިކަން ހައްލުކޮށްދީފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިއްގަރު ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދެ މައްސަލަ އަކީ ރަށުގެ އިރުމަތި ފަރާތުން އުދައަރައި ރަށް ގިރަމުން ދިއުމާއި ރަށުގެ ބިމުގެ ދަތިކަމެވެ.
"ދެ ދިއްގަރު ވަރުގެ ބައެއް އިތުރުކޮށް ބިމުގެ ޖާގައިގެ ދަތިކަން ރައީސް ސޯލިހްގެ މި ދައުރުގެ ތެރޭގައި މިވަނީ މި ތަކުލީފުތަކަށް ނިމުން ގެންނަވާފައި. ހެޔޮ ހިތަކުން ރައީސް ސޯލިހަށް ޝުކުރިއްޔާ," އިކްރާމް ވިދާޅުވި އެވެ.
ދިއްގަރުގައި 14 މަޝްރޫއެއް ހިންގަން މި ސަރުކާރުން ބަޖެޓްކޮށްފައި އޮތް އިރު ބިން ހިއްކައި ނިންމަން އަމާޒުކޮށްފައި އޮތީ މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށެވެ.
ބިން ހިއްކުމުގެ އިތުރުން ދިއްގަރުގެ އުދަ އެރުމުގެ މައްސަލަ ވެސް ވަނީ ހައްލުކޮށްދީފަ އެވެ.
ދިއްގަރުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގައި 700 މީޓަރުގެ ސަރަހައްދަކަށް ވެލި ލައި ހިލަތޮށި ވަނީ ލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯހޯ
29 September 2023
ދައުލަތުގެ ޚަޒާނާއިން 10 މިލިއަން ޑޮލަރަށް ގަތްކަމަށް އޮތްއިރު ގަތްއަގު 5 މިލިއަން.އަނެއްބަޔަށް ވީ ގޮތް ! ދެއްތޯ.
ކަންބޮޑުވުން
29 September 2023
ގެރެންޓީކޮށްފަ މިބުނަނީ މިހާރު ހިއްކާ ތަންތަން ކުރިއަށް އޮތް 6 މަސްތެރޭގައި ތޮށިލާ ނުނިންމޭނެ. ހަޅަޖަހާ މޫސުން ފެށެނީ ބޮޑުބައެއް ގިރާލާނެ! ތިޔަގޮތަށް ފަސްއަޅާލާފަ ދިއުމަކަށް ނޫން ބިން ހިއްކުން ކިޔަނީ. ގިރާލާއިރު ހުރިހާ ކިސަޑެއް ދާނީ ސަލާމަތުން ބާކީ އޮތް ފަރުގެ މައްޗަށް. އީ.އައި.އޭ އާވެސް ޚިލާފަށް މިކަން މިކުރަނީ. ހަމައެކަނި ސިޔާސީ ދެއްކުންތެރިކަމަށް!
ހަމީދް
29 September 2023
ވަރަށް ބޮޑު ވާހަކައެއް މިއީ. އުކުޅަހުންވެސް ހިއްކިބައިން ތަންގަނޑެއް ގިރާލައިފި މިހާރު.
ލިލީ.
29 September 2023
އިކުރާމު އަމިއްލަ ޖީބުންތަ ހަރަދުކުރީ؟ ފޮނިތިކަނޑާނީ
ކެރިންޓެ
29 September 2023
ދިއްހަރު މީހުން ދެން ފަރުމަސް ނުކާތި! މުޅި ފަޅު އަދި ފަރުމަސް އާލާވާން އޮތް ތަން ތިޔަ ހިއްކާ ނަގާލީ! ސާބަސް
މެލާ
29 September 2023
ތަކެތީގެ އަްގު އިންތިހާޔައް ބޮޑުވެ ރައްޔިތުން ނިކަމެތިވެއްޖެ
ވިޔަސް
29 September 2023
ހިއްކި ބިމަކީ ކޮންމެހެން ޥޯޓު ދޭން ޖެހޭ ކަމެއްނޫން. ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ކޮށްދޭޖެހޭކަންކަން. އެކަމަކު ކޮންމެ މީހަކީ ޤައުކުގެ ޙައްޤގައި ވެރިކަން ކުރާމީހެއް ނޫންކަން މިވެރިކަމުން ފެނިގެންދަނީ. އިނގިރޭސިންގެ އިސްތިއުމާރުން ޤައުމަށ މިނިވަންކަން ހޯދައިދޭން ނާޞިރު އާއި އެކުވެރިން ކުރި ހިތްވަރު ފެންނާނެ މިހާރު ހުރި ބޭފުޅަކީ ޞސ އިބުރާހީމް ރަޝީދު އެކަނި. މިއަދުގެ ޙާލަތަށް އެންމެ ބޮޑަށ ކަރުނަ އަޅާނެ ބޭފުޅަކީ އެއީ. މިވެރިކަމަކީ އަނދިރި ކަމެއް.
2023
29 September 2023
މިއީ ކުރިން ސަރުކާރުތަކުން އަޅާނުލާހުރި ރަށްތައް ........ ބޮއިހަލަކި
ޢެމެރިކާ
29 September 2023
ރައިސް ޔާމިން ރާއްޖެ ގެނައި މަހާ ޖައްރާފުން ހިއްކާތަންތަން.
ޢެފްރިކާނާ
29 September 2023
ކަލޯ ދުނިޔޭގައިތަ. ހަވާނޭރުވިޔަސް އެއަށްވުރެ ބޮޑު ޖައްރާފާތައް މިވެރިކަމުގައި ބޭނުން އެބަކުރޭ
ޖަމީލުބެ
28 September 2023
الحمد لله
ޙުއްބުލްވަތަން
28 September 2023
ސާބަހޭ ރައީސް އިބޫ އެމްޕީ އިކޫ. ތިޔައީ އަތޮޅާ ގައުމު ފަޚުރުވެރިވާ ދެފަރާތް ވޯޓް އިބޫ 3