ޚަބަރު / ރިޔާސީ އިންތިޚާބު 2023

ފެމިލީ ކޯޓުން މުދާ ބެހީ މުއިއްޒުގެ ދޮންމަންމާފުޅު އެދުނު ގޮތަށް: ސާޖިދާ

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ނަންގަވާފައިވާ ފޮޓޯއެއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

29 ސެޕްޓެމްބަރ 2023 - 15:59

15 comments

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އޭނާގެ ދޮންމަންމާފުޅަށް ވަރަށް ކަމޭހިތްތެވި ކަމަށާއި ބައްޕާފުޅު އަވަހާރަވުމަށް ފަހު އެކަމަނާ އެދިވަޑައިގެންނެވި ހުރިހާ އެއްޗެއް ވެސް ދެއްވި ކަމަށް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ ކެމްޕެއިނަށް އިއްޔެ ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ސާޖިދާ ވިދާޅުވީ، އާއިލީ މައްސަލަތަކުގެ ވާހަކަ އާންމު ތަންތަނުގައި ދައްކަން މުއިއްޒު ބޭނުންނުވާ ކަމަށެވެ. ނަމަވެސް، ފިރިކަލުންގެ ދިފާއުގައި މިއަދު އެ ވާހަކަ ދައްކަން އޭނާއަށް މަޖުބޫރު ވެއްޖެ ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި، މުއިއްޒުގެ ދޮންމަންމާފުޅު ސްކީލަން ހުސެއިން އަކީ މުއިއްޒާއި ސާޖިދާ ކައިވެނި ބައްލަވައިގެންނެވި ފަހުން، މުއިއްޒުގެ ބައްޕާފުޅާ ކައިވެނި ބައްލަވައިގެންނެވި ސްރީ ލަންކާ ބޭކަނބަލެކެވެ. އޭގެ ފަހުން ސްކީލަން ވެސް ދިރިއުޅުއްވީ މާލޭގައި މުއިއްޒުގެ އާއިލީގެ މ. ދިމްޔާތުގަ އެވެ. ބައްޕާފުޅު ޝައިހް ހުސައިން އަބްދުއްރަހުމާން އަވަހާރަވުމުން ސްކީލަން އެނބުރި ލަންކާ އަށް ވަޑައިގަތީ ތަރިކަ މުދާ ބެހުމުގެ މައްސަލަ ފެމިލީ ކޯޓުން ނިންމި ފަހުންނެވެ.

[ލަންކާގެ] ކެންޑީގައި ހުންނާނެ [މުއިއްޒުގެ] ބައްޕަގެ ގެސްޓް ހައުސްއެއް. ކޮލަމްބޯގައި ހުންނާނެ ގެސްޓް ހައުސްއެއް. އަދި އޭގެ އިތުރުން ބައްޕަ ގަނޑުވަރެއްގެ ގޮތުގައި ކޮލަމްބޯގައި ހަދާފައި ހުރި ގެއެއް ހުންނާނެ. އަދި ބައްޕަ ނިޔާވެގެން [ދޮންމަންމާފުޅު] އެކޮޅަށް ވަޑައިގަތުމުން މުއިއްޒު ގާތުގައި އެދުނީމާ 800،000ރ. ހަރަދުކޮށްފައި ބައްޕަގެ އެ ގޭގައި ޓެރަސް އަށް ކޮޓަރިއެއް އިތުރުކޮށް ހަދައިދިނީ މުއިއްޒުގެ ދެ އަތުން، މުއިއްޒުގެ އަމިއްލަ ލާރިން،--- ސާޖިދާ

މުއިއްޒުގެ ބައްޕާފުޅު އަވަހާރަވީ 2015 ވަނަ އަހަރު ހައްޖުގެ އަޅުކަމަށް ވަޑައިގެން އުޅުއްވަނިކޮށް މައްކާގަ އެވެ. މުއިއްޒު ވެސް އެ ފަހަރު ހައްޖަށް ވަޑައިގަތެވެ.

ފެމެލީ ކޯޓުގައި ސްކީލަން އެދިވަޑައިގެންނެވި ގޮތަށް އަދި މުއިއްޒު ގާތުގައި އެދިވަޑައިގެންނެވި ގޮތަށް ސްކީލަން ބޭނުންފުޅުވި ހުރިހާ އެއްޗެއް ވެސް އޭނާއަށް ލިބިވަޑައިގެންނެވި ކަމަށް ސާޖިދާ ވިދާޅުވި އެވެ.

"އެ ބޭފުޅާ އެދުނީ އެންމެ ގޮތަކަށް، އެއީ ލަންކާގައި ހުރި ހުރިހާ އެއްޗެއް އަދި ބޭންކް އޮފް ސިލޯނުގައި ހުރި ހުރިހާ ލާރިއެއް ތިމަންނައަށް ދޭށޭ،" ސާޖިދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުން މައްސަލަ ނިންމި ގޮތް އަދިވެސް ފެންނަން އޮންނާނެ ކަމަށާއި ހަގީގަތް އޮޅުވާ ނުލެވޭނެ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ދެ ބޭފުޅުން އާއިލީ ފޮޓޯތައް ބައްލަވާލައްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"[ލަންކާގެ] ކެންޑީގައި ހުންނާނެ [މުއިއްޒުގެ] ބައްޕަގެ ގެސްޓް ހައުސްއެއް. ކޮލަމްބޯގައި ހުންނާނެ ގެސްޓް ހައުސްއެއް. އަދި އޭގެ އިތުރުން ބައްޕަ ގަނޑުވަރެއްގެ ގޮތުގައި ކޮލަމްބޯގައި ހަދާފައި ހުރި ގެއެއް ހުންނާނެ. އަދި ބައްޕަ ނިޔާވެގެން [ދޮންމަންމާފުޅު] އެކޮޅަށް ވަޑައިގަތުމުން މުއިއްޒު ގާތުގައި އެދުނީމާ 800،000ރ. ހަރަދުކޮށްފައި ބައްޕަގެ އެ ގޭގައި ޓެރަސް އަށް ކޮޓަރިއެއް އިތުރުކޮށް ހަދައިދިނީ މުއިއްޒުގެ ދެ އަތުން، މުއިއްޒުގެ އަމިއްލަ ލާރިން،" ސާޖިދާ ވިދާޅުވި އެވެ.

"ހަގީގަތަށް ދަންނަވަނީ ނަމަ، ބިމުން ވެސް އެ ބޭފުޅާ [ދޮންމަންމާފުޅު] ނެންގެވީސް، ދިވެހިރާއްޖޭގެ ބިމަކުން ބޭރު މީހަކަށް ވާރުތަ ކުރެވެންޏާ. ނަމަވެސް، ބަންޑާރަ ބިމަކުން ނުލިބޭތީވެ، އެކަން އެހެން ނުވީ، އެހެން ނޫނީ އެވެސް ހިފައިގެން ކަންނޭނގޭ ދާނީ."

މުއިއްޒުގެ ހައްގު އޮތް އެއްޗެއް ދޫކޮށްލެއްވީ ސްކީލަން އަކީ ބައްޕާފުޅުގެ އަބިކަނބަލުންނަށް ވާތީ އެކަމަށް އިހުތިރާމު ކުރުމުގެ ގޮތުން ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވި ގޮތުގައި، ސްކީލަން ރާއްޖެ ދޫކުރައްވައި އެނބުރި ލަންކާ އަށް ވަޑައިގަންނަވަން އުޅުއްވިއިރު ވެސް ވިސާގެ މައްސަލައެއް ދިމާވި އެވެ.

"އޭރު އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ ހަގީގަތުގައި، މީހަކު ކައިވެނި ރޫޅުން ނުވަތަ މަރުވުމަށް ފަހު، ބޭރު މީހެއްގެ ވިސާ ވަކި މުއްދަތެއްގެ ތެރޭގައި ހަމަވާކަން ވެސް... ދެން އެހެން ނަމަވެސް، އޭނާގެ ވިސާ އެބައޮތް، އިތުރު މުއްދަތަށް އޮތީމަ [ރާއްޖޭގައި] ހުންނެވި ތިން ހަތަރު މަސް ވަންދެން، ހަމަ ކޯޓު ކޭސް ނިމެންދެކަށް ހުންނެވި،" އޭނާ ވިދާޅުވި އެވެ.

"[ފުރަން] އެއާޕޯޓަށް ދިޔަތަނުން އެނގުނީ އަސްލު [ސްކީލަން އަށް ރާއްޖޭގައި] މި ހުރެވުނީ ގަވާއިދާ ހިލާފަށް ކަން. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ވިސާ އޮޓޯއިން ކެންސަލް ވަނީ. އެއީ އަޅުގަނޑުމެންނަށް ވެސް ނޭނގޭ މައުލޫމާތެއް. އެންމެ ފަހުން މުއިއްޒު މެދުވެރިވެގެން ރަނގަޅު ގޮތުގައި، ނުކުންނަން ފުރުސަތު ލިބުނީ ވެސް."

ސާޖިދާ ވިދާޅުވީ މިއީ ސީދާ މީހުންގެ އަނބުރު ކަތިލުމަށް ކުރާ ކަހަލަ ކަންކަން ކަމަށާއި މިއީ ނޫސްވެރިކަން ވެސް ނޫން ކަމަށެވެ.

މުއިއްޒުގެ ބައްޕާފުޅު އަވަހާރަވުމަށް ފަހު، ދޮންމަންމާފުޅު ނުހައްގުން ޑީޕޯޓްކޮށްލި ކަމަށް ބުނެ "އަދަދު" ނޫހުން މިދިޔަ ހަފުތާގައި އާންމުކުރި ޑޮކިއުމެންޓްރީއަކަށް ފަހު މުއިއްޒު ވިދާޅުވެފައި ވަނީ، ޒާތީ ގޮތުން ޖައްސާލި ނަމަވެސް ހާސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި ޖަވާބު ނުދެވޭނެ އެެއްވެސް ކަމެއް ވެސް ނޯންނާނެ ކަމަށެވެ.

އެ ޑޮކިއުމެންޓްރީގައި މުއިއްޒަށް ތުހުމަތުކޮށް، ދޮންމަންމާފުޅު އެތައް ވާހަކައެއް ދައްކަވަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން، ޓޫރިސްޓު ވިސާގައި ވެސް ރާއްޖެއަށް އެތެރެނުވެވުނެވެ. އަދި އެކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް ފޮނުވި ސިޓީތައް ވެސް ވަނީ ހާމަކޮށްފަ އެވެ.

ޑޮކިއުމެންޓްތަކުން އެނގޭ ގޮތުގައި ސްކީލަން ރާއްޖެއިން ފުރައިގެން ދިއުމާ އެކު އޭނާއަށް ރާއްޖެއަށް ނާދެވޭ ގޮތަށް ހަދާފައި ވަނީ "އިލީގަލް ރެކްރޫމަންޓް" ނުވަތަ ގާނޫނާ ހިލާފަށް ރާއްޖޭން ބޭރުން މީހުން ގެންނަ ކަމަށް ތުހުމަތުވާ މައްސަލައެއްގަ އެވެ. އެ މައްސަލަ ބަލާ ކަމަށް ބުނެ ސިޓީއަކުން ސްކީލާން އަށް ޖަވާބު ދީފައި ވިޔަސް އޭނާއާ ގުޅޭ އެފަދަ މައްސަލައެއް ބަލައިފައެއް ނެތެވެ.

އިމިގްރޭޝަނުން މިދިޔަ ބުދަ ދުވަހު ބުނީ ސްކީލަން ބްލެކް ލިސްޓްކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް މި ފަހުން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ. އެކަމަކު، އޭގެ ފަހުން ތަހުގީގުގެ އެއްވެސް އަޕްޑޭޓެއް އެ އިދާރާ އިން ނުދެ އެވެ.

މުއިއްޒުގެ ދޮންމަންމަފުޅާ ގުޅޭ މިފަދަ ވާހަކައެއް ފެންމަތިކުރީ މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕެއިނަށް ހުރަސް އަޅައި އިދިކޮޅުން ހިންގާ އެންޓި ކެމްޕެއިންގެ ތެރެއިން ކަމަށް ޕީޕީއެމުން ބުންޏެވެ.

15 ކޮމެންޓް, 50 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 0%
icon angry icon angry 62%
icon wow icon wow 8%
icon inlove icon inlove 26%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނަކު

30 September 2023

އެެީ މައްދަލައެއް ނޫނޭ ވީހާ އަވަހަކަށް ތަރިކަ މަސަލަ ނިންމުން ރަގަޅީ އަނެއްކާ ބުދޭސީ މީހާގެ ފިރިމީހާ މަރުވީމަ ފްރީވިސާވެސް ނޯންނާނެތާ

The name is already taken The name is available. Register?

އަލީލާން

30 September 2023

ބައްޕަ ނިޔާވިތާ 2 ހަފްތާ ނުވެ މުދާ ބަހަން ކޯޓަށް ދިޔައީ.

The name is already taken The name is available. Register?

އަސޭލ

30 September 2023

އެހެންވީމާ މުއިޒަކީ ހަމައް އަލިފެއްތާ، ޔާމިނު ދައުރުގައި ޔާމިނު ބުނެގެންވެސް އެކުރީ ހަމަ ސަދަގާތްތާ.

The name is already taken The name is available. Register?

ދިވެހިން101

30 September 2023

ދިވެހިންނަށް ލަންކާއިން ބިން ގަނެވޭތޯ؟

The name is already taken The name is available. Register?

ތަކުރުބެއްޔާ

30 September 2023

ރަގަޅު ގުޅެމެއް އޮވެ ތިބުނާ ހާ މުދަލާއި ފައިސާ އޭނައަށް ލިބިފައި ތިގޮތައް ކަންތައް ކޮށްދިންނަމަ ދޮން ދަރިފުޅަށް ރައީސްކަން ލިބެން އޮއްވާ އެކަމާ ދެކޮޅަށް ދޮންމަންމަ ތެދުވަން ވީ ކިއްވެ. ކޮންމެވެސް ކަންތަކެއް އުޅޭތީ ދޯ؟؟؟؟؟؟؟؟؟؟

The name is already taken The name is available. Register?

ކެނެޑީ

29 September 2023

ނިކަން ބުނެބަލަ ދިވެހިންގެ ތެރެއިން ކިތައްމީހުން ލިބެން އޮއްވާ ލަންކާއިން 3 ގެ ދޫކޮށްލަނީ. މިކަމުންވެސް ސާފުވީ ވޯޓު ލާންވީ އަދިވެސް ހަމަ ނަންބަރު ހަތަރަކަށްކަން

The name is already taken The name is available. Register?

ޙަސަން އަޙްމަދު

29 September 2023

އޭނަ ބްލެކްލިސްޓު ވީގޮތެއް ނޭނގުނު. ސަޖިދައަށް އެކަމާ ބެހޭ މައުލޫމާތެއް އެނގިވަޑައިގަންނަވާބާ ؟

The name is already taken The name is available. Register?

ޙޮޅިއްތަ

29 September 2023

ދޮގުނަހަދާ

The name is already taken The name is available. Register?

އަވަށްޓެރި ސިރީ ކުމާރު

29 September 2023

ތި ކޮޅަށް ދޮން އަމާ އެބަދޭ! މުދާ ބެހި ގޮތް ކިޔާދޭން

The name is already taken The name is available. Register?

ނިރު

29 September 2023

މިހިރީ މި އިބޫ ގެ ނުބާ ނުލަފާހަކަން. މި އަޑީގަ ހުރެގެން ނޫސް ތަށް މެދުވެރިކޮށް މީހުންގެ އަބުރު ކަތިލަމުންދަނީ ހެއްދެވިހާ ދޮގެއް ހަދާގެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454