ފޮނަދޫގައި ދޫކުރި ވޯޓު ކަރުދާހެއްގައި ކުރަހާފައި: މިހގާރު ވަނީ އެ މައްސަލަ ހައްލު ކުރުމަށްފަހު ވޯޓުލުން ފަށާފައި.--
30 ސެޕްޓެމްބަރ 2023 - 14:08
ލ. ފޮނަދޫގެ ތިން ނަންބަރު ވޯޓު ފޮށީގައި ދޫކުރި ތިން ވޯޓު ކަރުދާހުގައި އޮފިޝަލަކު ކުރެހި ކަމަށް ބުނާ މައްސަލަ ހައްލުކޮށް ވޯޓުލުން އަލުން ފަށާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ބުނެފި އެވެ.
ފޮނަދޫ ވޯޓުފޮށީގެ ވޯޓުލުން މެދުކެނޑާލީ، ވޯޓުލާން ދިޔަ މީހަކަށް ދިން ވޯޓު ކަރުދާހެއްގައި ކުރަހާފައި ހުރި ކަން އެނގިގެން އޭނާ އެ މައްސަލަ ޖެއްސުމުންނެވެ. އޭނާ ބުނި ގޮތުގައި، އޮފިޝަލުގެ ސަމާލުކަމަށް އެކަން ގެނެސް ދެ ފަހަރަށް ވޯޓު ކަރުދާސްކޮޅު ބަދަލުކުރި އިރު، ފަހުން ދިން ކޮންމެ ކަރުދާސްކޮޅެއްގައި ވެސް ހުރީ ކުރަހައިފަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުކަރުދާސް ދޫކުރާ އޮފިޝަލް އަތުގައި ގަލަމެއް ނޯންނާނެ ކަމަށާއި އޮފިޝަލުންނަށް ވޯޓުކަރުދާހުގައި ފާހަގަ ޖެހުމުގެ ފުރުސަތެއް ވެސް ނޯންނާނެ ކަމަށެވެ.
އެ ވޯޓުފޮށީގައި ދިމާވީ ވޯޓުކަރުދާހުގައި މާކެއް ހުރި މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމުން، އެކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް މިހާރު ދީފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަބީބް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފަހު ވޯޓުލާން މިހާރު ފަށާފައިވާ ކަމަށެވެ. އެ މައްސަލައިގައި ނިންމާފައިވަނީ އިތުރު ފޮއްޓަކަށް ވޯޓުލާން ފެށުމަށެވެ.
ވޯޓު ކަރުދާހުގައި ފާހަގަޖަހަން އިންނަ ގޮޅީގެ ބޭރުގައި އެއްވެސް އެއްޗެއް ކުރަހައިފި ނަމަ އެ ވޯޓެއް ބާތިލުވާނެ އެވެ.
އީސީން އެންމެ ފަހުން ބުނި ގޮތުގައި، ހެނދުނު 8 ޖަހާއިރު ވޯޓު ލާން ފެށިތާ ފަސް ގަޑިއިރު ވީއިރު، މިހާތަނަށް 50 ޕަސެންޓަށްވުރެ ގިނަ މީހުން ވަނީ ވޯޓުލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2000
30 September 2023
އިލެކްޝަން އޮޅުވާލުމަށް އޮފިޝަލުން މަސައްކަތް ކުރާކަން ފާހަގަ ކުރެވެ. ދެން އިލެކްޝަނުން ބުނާނީ ނަތީޖާއަށް ބަދަލެއް އަންނަވަރު ކަމެއް ނޫނެ. އެންމެ ވޯޓެއްވެސް އޮޅުވާލާފައި ވާނަމަ އެކަން ވެގެން ދާނީ އިންތިޚާބު އޮޅުވާލުން ... އެއް ރުފިޔާ ވަގަށް ނެގިޔަސް ވާނީ ވައްކަމަށް
އަލްމުދިޝް
30 September 2023
ގަލަމެއް ނޯންނާނެ އެެކަމަކު މުސްކުޅިންގެ ކަރުދާސްތަކުގަ ފާހަގަ ހުންނަނީ ޕްރިންޓްވާއިރުވެސް ޖެހި ހޮވިފައެވެ.