މީގެކުރިން އެމްޑީޕީން ބޭއްވި ކޮންގްރެސްއެއްގެ ތެރެއިން: ނިޒާމީ ވޯޓާ ގުޅިގެން ގައުމީ މަޖިލިސް މި ހަފުތާ ބާއްވާން ވަނީ ނިންމާފައި - ފޮޓޯ: މިހާރު
01 އޮކްޓޯބަރ 2023 - 23:04
ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ނައިބު އިބްރާހިމް ވަހީދު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި އަންނަ އަންގާރަ ދުވަހު ގައުމީ މަޖިލިސް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ބައްދަލުވުމަކީ "ދަ ޑިމޮކްރެޓްސް" އިން ބޭނުންވެގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ އަށް ބަދަލު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާތީ އެކަމުގައި އެމްޑީޕީގެ ސްޓޭންޑް ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަށް ތާއިދުކުރުމާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމާނީ ރިޔާސީ އިންތިހާބަށްފަހު ކަމަށެވެ. އިއްޔެގެ އިންތިހާބުގައި ރައީސްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފަ އެވެ.
އެ ނަތީޖާއާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީ އަށް އެނބުރި ވަޑައިގެންނެވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. ނަޝީދުގެ މި ހުށަހެޅުމާ ގުޅިގެން މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ބަހުސްކޮށްފައިވެ އެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭނުންފުޅުވުން ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ގުޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތާ އެވެ. މަޖިލީހުން ބަރުލަމާނީ ގަރާރު ފާސްކޮށްފައި ވިޔަސް ނިޒާމް ބަދަލުކުރަން ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން މިހާރު ތާއީދެއް ނުކުރެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް މިއަދު ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމާ ދެކޮޅުކަން ހާމަ ކުރައްވައި އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައި ރައީސް ވިދާޅުވެފައިވަނީ މި މަހުގެ ތެރޭގައި ނިޒާމީ ވޯޓެއް ނެގުމަކީ ކުރެވިދާނެ ކަމެއް ކަަމަށާއި ނަމަވެސް، އެކަން ކުރަން ޖެހޭނީ މަޖިލީހުގެ ހަތަރު ބައި ކުޅަ ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީފާފް
02 October 2023
އެހެން ޕާޓީ އެއް ހޮވުނީމަ ވެރިކަމުގެ ނިޒާމް ބަދަލުކުރަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ އަމަލެއް... އެމްޑީޕީ އަކީ އެޔަށް ވުރެން ޑިމޮކްރެޓިކް ޕާޓީ އެއް... ބަރުލަމާނީ އަށް ނޫން...
ޙިނި
02 October 2023
ތި އެމްޑީޕީއަކައް އިތުބާރެއް ނުކުރެވޭ.
ޔަގީނޭ
02 October 2023
ބަރުލަމާނީ ނުގެނެސް ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ %50 އަށްވުރެން މަތިން ވޯޓް ހޯދައިގެން ކޮންމެ މީހަކުވެސް ވެރިކަމަށް އަންނަންވީ ރައްޔިތުންގެ ރުހުން ނެތި ވެރިކަންކުރާމީހާ ސަރުކާރު ހިންގާ ނިޒާމް ބަރުލަމާނީ ނިޒާމް ޖަވާބުދާރީ ކުރުވާނީ ރައްޔިތުންނަށް ޖަވާބުދާރީ ވާނީ ރައީސް އެއީ އެކަން އޮންނަންޖެހޭނެ ގޮތަކީ ބަރުލަމާނީ ނިޒާމް ގެނެސްފިނަމަ މަޖްލީހުގެ މެމްބަރުން ގަނެގެން ކެނެރީގެ ނަޝީދު ޖީއެމްއާރަށް އެއަރޕޯރޓް ވިއްކާލާނެ އެއީ ޔަގީން ކަމެކޭ
އެޗް އެމް
02 October 2023
ބަރުލަމާނީ ތެރެއިން ނޫންގޮތަކަށް، ނަޝީދު. ޔާމީނު، ސޯލިހަށް ދެން ފުރުސަތެއް ލިބުމަކީ ނާދިރު ކަމެއް. އެހެންވީމަ އެތިން މީހުންވެސް ވެރިކަމުގެ އެދުން އޮތިއްޔާ ބަރުލަމާނީއަށް ތާއީދު ކުރާނެ. ރިޔާސީ ނިޒާމުގަ ރިވެތި ގޮތަކީ ދެވަނަޓާމަށް ރައްޔަތުން ނޫނެކޭ ބުނީމަ ގޭގަ މަޑުކޮށް ބައޯގްރަފީޔެލުން. ޓްރަމްޕް އުޅޭހެން އުޅޭކަށް ނުޖެހޭ.
ެއެމް އެން
02 October 2023
ބަޔޮގްރަފީ އެއް ލިޔެދެވިދާނެތޯ؟
ފިނރުޓޭ
02 October 2023
ކިތަންމެ ރަގަޅު ނިޒާމެކޭ ކިޔައިން ބޮލަށް ޗިޕް ޖަހަން އުޅުނަސް ދެނެއް އަންނި ބުނެގެން ކުރާނެ ކަމެއް ނޯންނާނެ! އަ ބިގް ފެޓް ނޯ ޓު އަންނި އެންޑް ހިސް ބަރުލަމާނީ!
ފގގގ
02 October 2023
އަންނި ގޯ ހޯމް!!
ބޫން ބޫބް
02 October 2023
މަމެން ބަލަން މިތިބީ . މޑޕ ކުދިންއަށް މޑޕ ލީޑަރޝިޕުން ހެޔޮއެދޭތޯ... މޑޕ އަށް ދޯކާ ދިން މީހާތޯ އިސްކުރާނީ ނޫނީ މޑޕ އާނމު ރައްޔިތުން ތޯ.
ޙަލްހަ
02 October 2023
ކަލޭ އުފަންވީ އެމްޑީޕީ އަށްތަ؟ ލޮލް
އެޑަމް
02 October 2023
އަންނި,ތިވިސްނަނީ,5އަހަރުންއެއްފަހަރުރައްޔިތުންނައްލިބޭބާރުވެސްކަޑުވާލާބަރުލަމާނީހަދައިގެން,ބޮޑުވަޒީރަކައްވެގެންއިންޑިއާ,ކަހަލަޤައުމަކައް,މިތާަނގެރައްތައްވިއްކައިގެންމަޖިލިސްގަނެގެންކަލޭގެއުމުރައްވެރިކަމުގަހުންނަންތަ?ތިޔަބަރުލަމާނީއަކީއެއްވެސްގޮތަކައް,ރައްޔިތުންގެބާރުނުހިގާކަމެކެވެ.މިރާއްޖޭގަތިބީހުސް, " ކަމައްހީނުކުރޭ!ތިޔަބަރެއްމިޤައުމަކުނުދެމޭނެ!ފުރަތަމަކަލެއަކީއިތުބާރުނެތިރައްޔިތުން,ނޫނެކޭބުނެފަހުރިމީހެއް,ދެންކޮންސަކަރާތެއް!
ވިސްނާތި
02 October 2023
ރާއްޖޭގެ ބަޖެޓް ތަނެއް ނުދޭ ނިޒާމީ ވޯޓެއް އަނެއްކާ މިމަހު ނަގަން ސަބަބަކީ ގައުމު މިވަނީ ދަރާ ހުސްވެފައި ރިޔާސީ އިންތިޚާބު ބޭއްވިތާ މަސް ދުވަސް ނުވަނީސް އެންމެ މީގަކު ބޭނުންވެގެން އެމީހާގެ އުފަލަށް ޓަކައި އަނެއްކާ ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ތިކަމަށް ހޭދަ ކުރުމަށް ވުރެން ރަނގަޅު ނޫންތޭ އެފައިސާ އިން އުތުރު ތިލަފުށި ފަޅުހިއްކާ ގޯތި ދިނިއްޔާ އެއިރުން ރައީސް އިބޫވެފައިވާ ޗައުދު ފުއްދުނީ ނޫންތޭ މީދެން ކޮންކަމެއްތޭ ކޮން ނިޒާމީ ވޯޓެއްތޭ
އޯކިޑު
02 October 2023
ނާޝީދު ގެ ކިބައިން މިގައުމު ސަލާަމަތް ކުރަން އެބަޖެހޭ. ނުވީތާކަށް މީނަގެ އުދަގުލުން އެމް.ޑީ.ޕި އެބަޖެހޭ ސަލާމަތް ކުރަން. މިނާއަށް ވެރިކަމެއް ނުކުރެވުނު .ނަޝީދު އުޅުއްވަނީ ގެރިމޮޔަވާ ހެން ވެރިކަން މޮޔަވެގެން ގައިމު އަޅުގަނޑު ބުނާނީ ބަރުލަމާނީ ނޫން ގޮތެއް،
2023
02 October 2023
ތި ނަސީދުތީ މިގައުމެއް ޖެހިފައޮތް ބޮއިހަލަކި