ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ބާއްވަން އަމަލީ ގޮތުން މަސައްކަތް ކުރާނަން: ރައީސް

"ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ވާހަކަ މިރޭ ދަންނަވަން."

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، އެ މަނިކުފާނު ތާއީދުކުރައްވާ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް މިހާރު ކުރިއަށްދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ތަކުރާރުކުރެއްވީ ރިޔާސީ ނިޒާމަށް އެ މަނިކުފާނު އަމިއްލަފުޅަށް ކުރައްވާ ތާއީދެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ނިޒާމުގައި ވެސް ރަނގަޅާއި، ގޯސް އެބަހުރި. އެކަމަކު ހުރި މި ރާއްޖެ އަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑުގެ ތާއީދު އޮތީ ރިޔާސީ ނިޒާމާ އެކު،" އެމްޑީޕީގެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ވިދާޅުވި އެވެ.

"ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ވާހަކަ މިރޭ ދަންނަވަން."

ރައީސްގެ އިތުރުން ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ހާމަކުރެއްވީ ނިޒާމު ބަދަލުކުރަން ތާއީދު ނުކުރައްވާ ކަމެވެ.

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ފެށުނީއްސުރެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި އިންތިހާބަކުން ނާކާމިޔާބުވުމުން ވާދަވެރި ކެންޑިޑޭޓަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދިނުމަކީ އެމްޑީޕީގެ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ކަމަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މެޖޯރިޓީ އަށް ތަބާވުމަކީ ޑިމޮކްރަސީގެ އަސާސީ ސިފަ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ގޮތެއް ނިންމާފައިވަނިކޮށް، އެ ނިންމުމަށް ގޮންޖަހައި، މުޅިން އެހެން ގޮތަކަށް ވެރިކަން ހޯދަން ތާއީދުނުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕަސަން އިބްރާހިމް ވަހީދު (އިބްރޭ) ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވައި، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސް އިން ބުނަމުން ދިޔައީ "އިބޫ ނޫން ގޮތެއް" ކަމަށާއި އެހެންކަމުން ނިޒާމު ބަދަލުކުރުމާ މެދު އެމްޑީޕީން ބުނަން ބޭނުންވަނީ "ބަރުލަމާނީ ނޫން ގޮތެއް" ކަމަށެވެ.

40 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 16%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

04 October 2023

މަޖިލިސް ސްޕަރމެޖޯރިޓީއާއި ވެރިކަން ދިނުމުން 2018 ގައި ވެފައިވާ ވައުދު ނުފުއްދާ އަދުލުއިންސާފުން ކަންކަންނުކޮށް ދައުލަތުން ވައްކަންކުރާން ފުރުސަތު ފުޅާކޮށްދިނީތީ ބޭޅާއަށް ދެވަނަ ފުރުސަތެއްނުދިނުމުން ދުނިޔޭގެ ތަހުޒީބު ހުރިހާ ދައުލަތްތަކެއްގައި ވެރިކަން ހިންގާ Parliamentary System ރާއްޖެއަށްގެންނާން މަސައްކަތްކުރި ޒުވާނުންގެޕާޓީ The Democrats އަކީ ބޭޅާގެވެރިކަން ވައްޓާލަން މަސައްކަތްކުރިމީހުނަށް ވީމަތޯ ބޭޅާއަށް ބަރުލަމާނީ ކަމުނުދިޔައީ!؟ ހާދަ ހަޔތ..

The name is already taken The name is available. Register?

ހަސަނު

04 October 2023

ބަރު ލަމާނި ބާއްވާފާ މަށަށް ފެންނަނީ ޑިމޮކްރެސީގެ ދަށުން ރައްޔިތުން ބަސް އިއްވީމާ އެއަށް އެމްޑިޕީ ތަބާވާ ގޮތާ މިންވަރު.. ވަރަށް އުފާވޭ މިރާއްޖޭން މިކަހަލަ ރީތި އަހުލާގު ފެންނާތީ.. އަހަރުން ދުށިން ދެދޮރު ދޭތެރެއިން އީސީޝަރީފޫ އަށް ގޮވި މަންޒަރުވެސް، ރައްޔިތުން ހިވާފަ ހުރި ރައީސް ސަގަރޭޕާކު ތެރެިން ޓްރެފިލް ޕޮލިހުން ނުކުމެ ވައްޓާލި މަންޒަރުވެސް.. މިހާރު މި ވެންނަނީ ތަރައްގީ އަކީ.. ސިކުންޑީގެ ތަރައްގީ...

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

04 October 2023

ނަޝީދު އަދި ޔާމީނު އެބަޖެހޭ މިރާއްޖޭގެ ސިޔާސީ ދާއިރާއާ ދުރުވާން. އެދެމީހުންގެ ސިޔާސީ ޕްރޮޑަކްޓް އެއްޒަމާނެއްގައި ވިކުނު ކަމުގައި ވިޔަސް މިހާރަކު ނުވިކޭނެ. ރައްޔިތުން އެތިބީ އެދެމީހުން ދެކެ ބޮޑުފޫހިން ފޫހިވެފައި. އެދެމީހުންގެ ފަހަތުގައި އުޅޭ މަދު އަދަދެއްގެ ޕޮލިޓިކަލް އައިޑޮލް ވޯޝިޕާއިންނަށް ކުރެވޭނެ ހައިވެސް ކަމަކީ މިރާއްޖެ ހަލަބޮލިކޮށް ގައުމު ފަސާދަ ކުރުން.

The name is already taken The name is available. Register?

ތެފައާސާ.

04 October 2023

އިބޫ ސޯލިހުއަށް އިންތިޚާބު ގެއްލުވާލީމާ، އިބޫއާއި އެމްޑީޕީގެ ލީޑާރޝިޕް އެއްފަރާތަކަށް ޖެހިލާފައި އަންނިއަށް އެމްޑީޕީ ލިބޭނެކަމަށް އަންނި ޖަހައިގެން މި އުޅުނު ހިސާބަކީ ސިޔާސީ ގޮތުން މިފަހުގެ ތާރީޚެއްގައި މީހަކު ޖެހި އެންމެ ދެކޮޅުނުޖެހޭ ހިސާބަށް ނުވޭތޯ؟ ނަން ވާނީ އަބްދުއްރަހީމްބެ ދޯ؟

The name is already taken The name is available. Register?

ފޮނިފޮނިޓައްޕު ކުމާރު

04 October 2023

ދޯކާއަކަށް ދޯކާއެއް.

The name is already taken The name is available. Register?

ަސދފ

04 October 2023

ހިލޭ ޑިގްރީ ހިލޭނުވާން އުޅޭހެން އެބަހީވޭ..

The name is already taken The name is available. Register?

ބޮޑު އެމްޑީޕީ އެތިރާވީ އެންމެ މީހަކާ ހެދި!

04 October 2023

އަންނި ބޭނުންވެގެން ޕ ވެރިކަމަކައް ބަދަލެއް ނުކުރެވޭނެ. އެކަމަކު ރައްޔިތުން ބޭނުން ނަމަ ކުރެވޭނެ. ސުވާލަކީ މިދިޔަ 20 އަހަރު ރިޔާސީ ހިންގުމުގަ ކުރި ވައްކަމާ ދޯދިޔާ މިނިސްޓަރުންގެ ކިބައިން ލިބުނު ގެއްލުން ތައް ދެން ނުވާނެ ކަހަލަ ގޮތަކައް ބަދަލު ކޮއްލާނަން ހޭ!!! ނޫނީ ހަމަ އެގޮތައް ގައުމު ފެލާލަން ބަހައްޓާފަ، ގައުމު ދަރުވާލާނީހޭ!

The name is already taken The name is available. Register?

ނިޒާމްބެ

04 October 2023

އަންނި ނިކުތީއޯ ރިޔާސީ ނިޒާމާއި އެއްކޮޅަށް!. ދެން މަނިކުފާނު ބަރުލަމާނީ ގެންނަންތޯ ނިކުންނަވާނީ؟.

The name is already taken The name is available. Register?

ރުންކުރު

03 October 2023

ޤައުމީ މަސްލަހަތު ކުރިޔަށް ނެރޭ ކޮންމެ މީހަކު ކޮންމެ ބަޔަކު މި ޤައުމުގައި ބަރުލަމާނީ ނިޒާމެއް އޮންނާކަށް ތާއީދެއް ނުކުރާނެ. ޤައުމުގެ އެންމެ އިސް ވެރިޔާ ހޮވުމުގެ ޙައްޤަކީ ކޮންމެ ރައްޔިތަކަށްމެ ލިބިދީފައި އޮންނަން ޖެހޭނެ ޙައްޤެއް. އެއީ ނިގުޅައިގަނެވޭނެ ޙައްޤެއް ނޫން. ސިޔާސީ ގޮތުން ހިމާޔަތް ކުރެވެން ޖެހޭނީ ހުރިހާ ރައްޔިތުންގެ ޙައްޤުތައް. ހަމައެކަނި ރައްޔިތުންގެ ތެރެއިން ވަކިބައެއްގެ ޙައްޤުތަކެއް ނޫން.

The name is already taken The name is available. Register?

ކިލިމަން

04 October 2023

މެލޭޝިޔާ ، ސިންގަޕޫޜު، ޖަޕާނުގަ ގައުމީ މަސްލަހަތު ނެތް ތަރައްގީ ނުވާ ތަންތަންބާ އެއީ

The name is already taken The name is available. Register?

މިއޮތީ

03 October 2023

އެމް.ޑީ.ޕީ މިއަދު މިއޮތް ހާލަތަށް ވައްޓާލީ ރައީސް ނަޝީދު ގަސްތުގައި ރާވައިގެން ކުރި މަސައްކަތުން. އެކަން އެމް.ޑީ.ޕީ ދެން ކުރިޔަށް ދާއިރު އެމް.ޑީ.ޕީ ގެ އެއްވެސް މީހަކު ހަނދާން ނައްތާލައިގެން ނުވާނެ. ސިޔާސީ ގޮތުން ރައީސް ނަޝީދު ކުރަން ދިމާކުރާ ހުރިހާ ކަމަކާ އެމް.ޑީ.ޕީ އިން ދެކޮޅު ހަދަން މިހާރު މަޖުބޫރު. އެހެން ނޫނީ އެމް.ޑީ.ޕީ އަދިވެސް ވާނީ އިތުރަށް ނިކަމެތި. ރައީސް ނަޝީދުއަށް ސިޔާސީ ގޮތުން ކަމެއް ކުރާނެ ޖާގައެއް އެމް.ޑީ.ޕީ ދެން ދީގެން ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454