އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންގެ ފަރާތުން ވެސް ފެނުނީ ނިޒާމީ ބަދަލަކަށް ވުރެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އާ މެދު އޮތް ހިތްހަމަނުޖެހުމެވެ.
އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
03 އޮކްޓޯބަރ 2023 - 23:32
ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާނަމަ، ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓެއް ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް އަންގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންގެ ފަރާތުން ވެސް ފެނުނީ ނިޒާމީ ބަދަލަކަށް ވުރެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އާ މެދު އޮތް ހިތްހަމަނުޖެހުމެވެ.
ވަރަށް ޖޯޝުގައި އެ ޝުއޫރު ގައުމީ މަޖިލީހުގެ މެމްބަރުން ފާޅުކުރައްވަމުން ގެންދެވީ، ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ. އެ ގޮތަށް ބޭނުންވަނީ، ނިމުނު ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ބޮޑު ގެއްލުމެއް ދެއްވި ނަޝީދު އެ ނިޒާމަށް ތާއީދުކުރައްވާތީ ކަމަށް ގިނަ ބޭފުޅުން ވަރަށް ފާޅުގައި ވިދާޅުވަމުން ގެންދެވި އެވެ.
އެމްޑީޕީގެ ޑެޕިޔުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރެއިން ނަޝީދު ފަހަތުގައި ހުންނަވައިގެން ޑިމޮކްރެޓްސް އިން ބުނަމުން ދިޔައީ "އިބޫ ނޫން ގޮތެއް" ކަމަށެވެ.
"އަޅުގަނޑުމެން މިއަދު ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް،" ނިޒާމީ ވޯޓެއް ނެގުމަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުން މާ ރަނގަޅު ވާނެ ކަން ފާހަގަކުރައްވައި އިބުރޭ ވިދާޅުވި އެވެ.
އިބުރޭގެ ވާހަކައަށް އޭގެ ފަހުން ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ބާރު ދެއްވި އެވެ. އަދި ބަރުލަމާނީ ނިޒާމާ ދެކޮޅު ހެދުމުގެ އިތުރުން އެމްޑީޕީން މިހާރު ބޭނުންވަނީ "ނަޝީދު ނޫން ގޮތެއް" ކަމަށް ވެސް ހަރު އަޑުން ވަރަށް ގިނަ ބޭފުޅުން ވިދާޅުވި އެވެ.
މީގެ އިތުރުން، ނިޒާމީ ވޯޓެއް ނަގަން އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން އިސްރާފު ނުކޮށް، މަޖިލީހުގެ ތެރެއިން އެ ގަރާރު ނަފީ ކުރަން އިތުރު ގަރާރެއް ވައްދަން ބައެއް ބޭފުޅުން ގޮވާލެއްވި އިރު، އެހެން ބޭފުޅުން އެދިވަޑައިގަތީ ޑިމޮކްރެޓްސްގެ "ސައިޒު" ރަނގަޅަށް ދައްކައިލަން މި މަހު ވޯޓު ނެގުމަށެވެ.
މެމްބަރުންގެ ވާހަކަތަކުން ގައުމީ މަޖިލީހުގެ ރޫހު ހުރި ގޮތް ވަރަށް ސާފު ކަމަށް ވިދާޅުވެ، ރިޔާސަތުން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ސެކްރެޓޭރިއަޓުގެ ފަރާތުން ގަރާރެއް ހުށަހަޅުއްވައިފަ އެވެ.
އެ ގަރާރުގައި ބުނީ، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު އާންމު ވޯޓެއް ނަގާ ނަމަ، އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާނެ ކަމަށެވެ.
އެ ގަރާރު ފާސްކޮށްފައިވަނީ، އެ ވަގުތު ބައްދަލުވުމުގައި ތިއްބެވި 90 މެމްބަރުންގެ އިއްތިފާގުންނެވެ.
ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގޮތުން ޑިމޮކްރެޓްސްއިން ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުން ފުރަތަމަ ހުށަހެޅި ތާރީހަކީ މި މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމަށެވެ.
އެކަމަކު ރައްޔިތުންނާ އަހަންވީ ކޮން ސުވާލެއް ކަން އެ ގަރާރުން ސާފު ނުވާތީ އެކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިހުގެ އިދާރާ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެ ކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައި، ގަވައިދު ހަދައި ބަޖެޓު ހޯދުމަށްޓަކައި އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ސިޓީގައި ބުންޏެވެ.
"...މި އެންމެހާ ކަންކަމަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ މުއްދަތުތަކަށް ބަލާއިރު، އެންމެ އަވަހަށް ވޯޓު ނެގުން ކުރިއަށް ގެންދެވޭނެ ތާރީހު ތިޔަ އިދާރާއަށް ފަހުން އަންގާނެ ކަމުގައި ދަންނަވަން،" މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވި ސިޓީގައި އީސީން ބުންޏެވެ.
އެ ސިޓީ އާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ޑިމޮކްރެޓްސްގެ މެމްބަރުން ވެސް ވަނީ އަވަސް އަރުވާލައިގެން މި މަސް ނިމުމުގެ ކުރިން ވޯޓެއް ނަގަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
04 October 2023
މަލްޓިޕާޓީ ޑެމޮކްރެޓިކް ނިޒާމެއްގައި ވެރިކަންހިންގުމަށް ދުނިޔޭގައިއޮތް އެންމެކާމިޔާބު އަދި ދުނިޔޭގެކުރިއަރާފައިވާ އިޤްތިސޯދީޤައުމުތަކާއި، ތަހުޒީބު ހުރިހާ ދައުލަތްތަކެއްގައިވެސް "އެންމެރަނގަޅު ނިޒާމުގެގޮތުގައި ބަލަމުންއަންނަ Parliamentary System އަކީ ވެރިކަންކުރާން ރަނގަޅުނިޒާމެއް ނޫންކަމަށް" އެމްޑީޕީ ޤައުމީމަޖިލީހާއި އެޕާޓީގެ މެންބަރުންގެ ގޮތުގައިތިބި "ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މެންބަރުން" ނިންމިނިންމުމަކީ ވަރަށްވިޔާނުދާ ނިންމުމެއް ނޫންތޯ.
ބްރޯސް
04 October 2023
7% އަށް މިގައުމުގައި ދެން ވެރިކަމެއް ނުކުރެވޭނެ. ހަޖަމް.
ސީނު9
04 October 2023
ބަރުލަމާނީ ހިފައިގެން އަންނި އޮވޭ ގޭގަ ދެން. ރައްޔިތުން މިހާރު ބަލައެއްނުގަނޭ އަންނިއެއް.
ބަރުދަމާނީއަށް ނޫނެކޭ
04 October 2023
ކުރިމަތީގައި އޮތް ސުވާލަކީ ބަރު ދަމާނީހޭ ނުވަތަ ބަރު ނުދަމާނީހޭ. މަށެއް ބޭނުމެއްނޫން ބަރުދަމާކަށް.
ރަދީފު ބިން ރަފައިދާ
04 October 2023
ނަޝީދަށް ދަޅަދައްކާ އޭނާ ހައްދާބަހައްޓާފާ އޭނާއަށް ދިން ބޮނޑި ބަލާލަބަލަ. އިބުރަތަކަށް ފުދޭހާވަރުވޭ.
ޑަލޭކަ
04 October 2023
ވަރަށް ދެރަ ރޮޒޭ ވެސް ދެން މަޖިލީހަކަށް ނުހޮވޭނެ ވިއްޔާ..ހެހެ
މމާޝިތާ
04 October 2023
ހެޔޮނުވާނެ ތިރޮޒޭނާ މޑޕ އިން ބޭރުކޮއްބަލަ! މޑޕ ގެ ހަލާކު ތީ!
ހުވާކޮށްފަ މިބުނަނީ
04 October 2023
ﷲ ސުބްހާނަހޫ ވަތައާލާ ޤަންދީ ހުވާކޮށްފަ މިބުނަނީ. އަޅުގަނޑަކީ މިވީހާތަނަށް ސިޔާސީ ކަމެއްގައި އެއްވެސް މިންވަރަކަށް ދުވަހަކުވެސް އުޅެފައިހުރި މީހެއް ނޫން. އެކަމަކު ކެނަރީގެ ނަޝީދާއި ނަޝީދު ފޮލޯ ކުރާ ތިޔަ ކަލްޓުން ކުރަންތިޔަ އުޅޭ ކަންތަކާ ދެކޮޅަށް އަޅުގަނޑަށްވީ އެންމެ ބޮޑަކަށް މަސައްކަތްކުރާނަން.
ބަޑިތަކުރު
04 October 2023
އަލްޙަމްދުލިއްލާހި.
ވަހީދުބެ
04 October 2023
ރައްޔިތުންގެ ވޯޓަކަށް އަހާނަމަ އަހަންވީ މަޖިލީހުގެ މެމްބަރުންގެ ދާއިރާތަކާއި ނުވަތަ މެމްބަރުންގެ އަދަދު ކަނޑައެޅުމަށާއި މެމްބަރުންގެ މުސާރަ ކަނޑައެޅުމަށް. އަދި މިފަހަރު ގިނަ ކެނޑިޑޭޓުން ވައުދުވާންޖެހުނު ކަންކަމުގެ ތެރެއިން ގާނޫނަކުން ކަށަވަރުކުރަންވީ ކަންތައް ތަކަކީ ކޮބާތޯ ބަލަން. އޭރުން ދެންއަންނަ ދައުރެއްގެ އެކަންކަމަށް ވައުދު ވާކަށް ނުޖެހޭނެ. މިސާލަކަށް އަލަތު ކައިވެންޏާއެކު ފުލެޓު. ގެދޮރު ހިޔާވަހިކަން ހުރިހާ ދިވެހިންނަށް.
ރަންނަ
04 October 2023
އިބުރޭ ބުނިއެތި އެއްކޮށް ނުލިޔުނީ ކީއްވެ؟ އޭނާބުނީ "އަޅުގަނޑުމެން މިއަދު ބޭނުމެއްނުވޭ ދިވެހި ރާއްޖެ އަށް ރަނގަޅު ގޮތެއް ބަލާކަށް، އަޅުގަނޑުމެން ބޭނުންވަނީ ބަރުލަމާނީ ނޫން ގޮތެއް،"