06 އޮކްޓޯބަރ 2023 - 18:56
ސިނަމާލެ ބްރިޖުގެ ހައިވޭގައި މިއަދު ހަވީރު ހަތަރު ކާރު އެކްސިޑެންޓުވެ, ހައިވޭ ގިނަ އިރުތަކަކަށް ބަންދުވެއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ހަތަރު ކާރެއް ޖެހި އެކްސިޑެންޓުވުމުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެކްސިޑެންޓާ ގުޅިގެން ބްރިޖުގެ ޓްރެފިކް ވަރަށް ބޮޑަށް ބަންދުވެފައިވާ ކަމަށް ވެސް ބުންޏެވެ.
އެކްސިޑެންޓަކާ ގުޅިގެން ކުރިމަތިވި ޓްރެފިކް ތޮއްޖެހުން މިހާރު ވަނީ ހައްލުކުރެވިފައި.
— Maldives Police (@PoliceMv) October 6, 2023
އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު ދަންނަވަން. https://t.co/xzC8bzJhL3
ކާރުތައް އެކްސިޑެންޓުވުމުގެ ކުރިން ވެސް ބައެއް އެކްސިޑެންޓުތައް މިއަދު ހިނގާފައި ވާތީ ކުރިން ވެސް އޮތީ ބްރިޖާއި ހައިވޭގެ ޓްރެފިކަށް ބާރު ބޮޑުވެފަ އެވެ.
ކާރުތަކުގެ އެކްސިޑެންޓަށް ފަހު ޓްރެފިކް ކޮންޓްރޯލްކޮށް އަލުން ދަތުރުތައް ކުރެވޭ ވަރުވީ ދެ ގަޑިއިރު ވާން އުޅެނިކޮށެވެ. އެކަމަކު އަދިވެސް ޓްރެފިކް ފެންނަނީ ބާރު ބޮޑުކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރޯ
07 October 2023
ތިބުރިޖު ހަދާފަ އޮތީ ތިވަރު ނުބަލާ ތީ މުއިއްޒުވެފަ އޮތް ތަނެއް
މާދުރު.
07 October 2023
ތިޔަ ބުރިޖުގައި 25 ލޭނު އެޅިޔަސް ދިވެހިންގެ ތެރޭގައި ދުއްވުމުގެ އަހްލާގު ނެތިގެން ދިމާވާ ކަންކަން ނުހުއްޓޭނެ.
5789
07 October 2023
ހައިވޭގަ ކާރު އޯވަރ ޓޭކް ކުރާ މައްސަލައަކީ ބޮޑު މައްސަލައަކަށްވެއްޖެ. މިކަން ހުއްޓުވޭނީ ވަރުގަދަ އަދަބެއް ދެވިގެން. އެތައް ބައެއްގެ ފުރާނައަށް ނުރައްކާ ކުރަމުން ދުއްވަނީ އަވަހަށް ދަތުރު ނިންމާލަން. އެހެން އުޅެގެން އަވަހަށް ނިންމޭނީ ހަޔާތުގެ ދަތުރު.
އޮނަރަބްލް އަފީފު ދީދީ
07 October 2023
މާލެކޮޅުން ބުރިޖަށްއަރާފޭބުމަށް ހަމައެކަނި ބޭނުންކުރާނީ ބޮޑުތަކުރުފާނު މަގުކަމަށާއި، އަދި އަމީނީމަގާއި މޫންލައިޓްހިގުމާއި ދެމެދުއޮތް މަގު އެއްކޮށް ބަންދުކޮށްފައި، މޫންލައިޓްހިގުމަކީ އެއްކޮޅަށް (ދެކުނުން އުތުރަށް) ދުއްވާމަގެއްކަމަށް ކަޑައަޅާ މިސަރަޙައްދުގެ ޓްރެފިކަށް ބަދަލުގެންނާންޖެހޭ. # މިދެންނެވި ބަދަލާއިއެކު ދަރުބާރުގެ އާއި ސްޓެލްކޯއާއި ދޭތެރޭގައިއޮތް ގޯޅި 3 ގުނަ ފުޅާކޮށް އަމީނީމަގާއި ބޮޑުތަކުރުފާނު މަގަށް ވަދެނިކުތުމަށް ފަސޭހަކޮށްލެވިދާނެ.
އަލިމަތާ.
07 October 2023
އޭއި ދީދީ ތިޔަބުނާގޮތަށް މޫންލައިޓް ހިގުމުން ދުއްވާފައިގޮސް ބުރިޖަށް ނޭރޭގޮތަށް ހެދުން ރަނގަޅު. އެކަމަކު ބުރިޖުން ފައިބައިގެން މޫންލައިޓް ހިގުމަށް ނޭލޭގޮތަށް ހަދައިފިނަމަ ކާނިވާ ސަރަހައްދަށް އަންނަ ބަހަށް ވާނެގޮތެއް ބުނެދީބަލަ.
ނިމާން
07 October 2023
ބާރަށް ދުއްވުން އެކަންޏެއް ނޫން މައްސަލައަކީ. ސައިކަލު ލޭނުގަ ތިބޭ ބައެއް ސައިކަލުތައް ދުއްވާއިރު ލޭނު މެދާށްވާ ގޮތަށް މުޅި ލޭނު ފުރާލާފަ ތިބޭ އަދި ބައެއް ސައިލަކީ ލޯގަނޑު ނަމަކަށް ހުންނަ ސައިކަލު. އެއް ފަޅީގަ އިނދެ އަނެއް ފަޅިއަށް އަޅާނީ ސިގުނަލް ނުދީ ކުއްލިއަކަށް ކިތަންމެ މަޑުން ދުއްވާ މީހަކަށް ވިޔަސް ހަރުފަ ދުޅައަށް މަގަށް ބެލުމެއް ސިގުނަލް ދިނުމެއް ނެތި ދުއްވާނަމަ އެކްސިޑެންޓްވާނެ
ނިންމު
07 October 2023
އެއާ ޓެކްސީ އިންޖީނު މައްސަލަ ޖެހިގެން މާ ތިރިން އޭތި ދަތުރު ކުރުމުގެ ސަބަބުން ވީކަމެއްކަމުގައި ކިޔާ އުޅޭ. އޭގެ ކުރިން ހިނގީ ކޮން އެކްސިޑެންޓެއްތޯ؟ މިހާރުން މި ފެންވަރަށް ރިޕޯޓުކުރަން ފެށީ ކޮން އިރަކުތޯ؟
ކަމަނަ.
07 October 2023
ބަލަގަ އެއަރޓެކްސީތަ އެކްސިޑެންޓްވެގެން މިއުޅެނީ ؟
ޝަރީފާއްތަ
07 October 2023
ހުރިހާ ވެސް މައްސަލައަކީ ޓްރެފިކް އިތުރުވާވަގުތު ބަޔަކު ބަލަހައްޓަން ނުތިބޭކަން. އަދި ހޭބޯ ނާރާ ދުއްވާމީހުން ނުހުއްޓުވާތީ.
ސަލީމު އިދުރީސް
07 October 2023
މައްސަލަޔަކީ 100 ކމ ނުދުއްވޭ މަގަކައް ހައިވޭކިއައި މާހައި ވޭވެގެން އުޅުން! އަސްލުހައިވޭގަ 60 ވުރެ މަޑުން ނުދުއްވޭނެ އަދި 80 ވެސް ހައިވޭއަކައް މަޑު! މަޑުން ދުއްމަކީ ތިފަދަ ހާދިސާތަކައް މަގުފަހި ކުރާކަމެއް! އަޅުގަނޑު ލިންކު ރޯޑެއްގަވެސް އިރުއޮސް ފުހޭއިރުއާ އިރު އަރާވަގުތު ނުނީ 90 ވުރެމަޑުން ނުދުއްވަން! އެހެންއެއްޗެއް އަޅުގަނޑު ދުއްވާ އުޅަދު އޯވަޓޭކު ކުރެވޭނީ ހުއްދަ މިންގަނޑައް ވުރެ ބާރައް ދުއްވައި ގަވައިދާ ހިލާފު ވެގެން!
ކިމް
07 October 2023
ކިޔާ ނަމުގެ މައްސަލައެއްނޫން މީކީ. ދީފައިންނަ ލިމިޓަކަށް ބަލައިގެން ދުއްވީމަ އެ ވީ.
ޙަސަންތަކުރުފާނު
06 October 2023
ކާރުތައް އެކްސިޑެންޓް ވަނީ ބާރުދުވެލީގައި އޮވަރޓޭކް ކުރުމުން. ޢާއްމުގޮތެއްގައި ކާރުތައް ދުއްވަނީ ސްޕީޑް ލިމިޓަށްވުރެން ބާރުމިނުގައި 70 އާއި 80 ކިލޯމީޓަރ ބާރުމިނުގައި. ދުނިޔޭގެ އެހެނިހެން ޤައުމުތަކުގައި ހައިވޭ އަށް އަރާ އުޅަނދުތަކުން ފީނަގާ ފީނުނަގާތީ ބްރިޖް ފުރިބާރުވެފައި އޮންނަނީ. ޙުކުރު ހޮނިހިރުގައި ތޮއްޖެހިފައި އޮންނަނީ. މިކަމާމެދު ސަރުކާރުން ވިސްނަންޖެހޭ.
ދިރާސާކޮށްފަ ބުނިމީހާ
06 October 2023
ހުޅުލޭއިން ބްރިޖްއަށް އަރަން އޮންނަ މަގުގައި މިހާރަށްވުރެ ބަންޕަރު އިތުރުކުރަން ފެނޭ. އެ މަގުން ނުކުންނަ އުޅަނދާ ބްރިޖް ހައިވޭ ދަތުރުކުރާ އުޅަނދާ ޖެހި އަބަދު އެކްސިޑެންޓް ހިނގާ ތަނެއް ތިއީ.
ދުއްވާ މީހާ
06 October 2023
ތިގޮތަށް ދެ ވެހިކަލްއަށް ވުރެ ގިނައިން އެއް އެކްސިޑެންޓެއްގައި ވެހިކަލް ގިނަވެއްޖެ ނަމަ ކިޔަނީ "ޕައިލްއަޕް" ޕައިލްއަޕް ވަނީ ދުއްވާ ސްޕީޑަށް ބަލާފައި ކުރީގައި އޮންނަ ވެހިކަލްގެ ފުލާއި ފަހަތުގައި އޮންނަ ވެހިކަލްގެ ކުރީކޮޅާއި ދޭތެރޭގައި ސޭފް ޑިސްޓަންސް ނުބަހައްޓާތީއެވެ. މީ ވަރަށް ރަނގަޅަށް ރާއްޖޭން ބޭރުގައި ލައިސަންސް ނަގާއިރު އޮޅުންފިލުވާ ދޭކަމެކެވެ. ރާއްޖޭގައި ވެސް އައްޑޫ، ލ އަތޮޅު އަދި ބްރިޖްމަތީގައި ދުއްވާ މީހުންނަށް ޓްރާންޕޯޓް އޮތޯރިޓީން މިކަހަލަ ކަންކަން ޑްރައިވަރުންނަށް ކިޔާދޭން ފަށާނީ ކޮންއިރަކުން ބާވައެވެ.
އިންތ8
07 October 2023
ރަށްރަށު ކައުންސިލް އެކަމަށް މަސައްކަތް ކުރެވިދާނެ. މިނިސްޓްރީ އިން ބަޔަކު ނަޔަސް